އައްޒަ މި ކިޔައިދެނީ "ސްޓެޕް ފެމިލީ" އެއްގެ ހަމަޖެހުމާއި ކާމިޔާބީގެ ހަތް ސިއްރު

އައްޒަ މި ކިޔައިދެނީ "ސްޓެޕް ފެމިލީ" އެއްގެ ހަމަޖެހުމާއި ކާމިޔާބީގެ ހަތް ސިއްރު

ކުރިން ކައިވެންޏެއް ކޮށް، ދަރިން ލިބިފައިވާ ދެ މީހަކު، އަލުން އެހެން ކައިވެންޏެއް ކުރާ އިރު، ހިތްހަމަޖެހުމާއި އުފާވެރިކަމާ އެކު ކައިވެނި ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދަން ކުރަންޖެހޭ މަސައްކަތް ގިނަވާނެ އެވެ. މިފަދަ ދެ މީހެއްގެ ގުޅުމުގެ ބިންގާ ވެއްޓުނަ ނުދީ ހިފަހައްޓައިދޭނެ އެންމެ މައި ދެ ތަނބަށް ވާނީ، ދެމީހުން އެކަކު އަނެކަކަށް ކުރާ ފުރިހަމަ އިތުބާރާއި، ދެމެދުގައި އޮންނަ ވާހަކަ ދެއްކުމާއި ހިޔާލު ފާޅުކުރުމުގެ ވިސްނޭ އާދަ އެވެ. މިއީ "ނުއުފަންނަ އާއިލާ" އެއް، ނުވަތަ އިނގިރޭސި ބަހުން ބުނާ ނަމަ "ސްޓެޕް ފެމިލީ" އެއް ދުޅަހެޔޮގޮތުގައި ގެންގުޅުމުގެ ޒިންމާ ނަގާ ކައިވެންޏެއްގައި އުފެދޭ މައްސަލަތަކާއި އަރާ އޮޅުންތަކުން ގުޅުމުގައި ޖެހެން އަންނަ ކުނި މިލަ ފިލުވައިދޭނެ އެންމެ މުހިއްމު ދެ ކޮލިޓީ ވެސްމެ އެވެ.

ނުއުފަންނަ އާއިލާ އެއްގެ ބިންގާ ދުޅަހެޔޮ ގޮތުގައި އެޅިއްޖެނަމަ ހީވެސް ނުކުރާހާ ގިނަ އުފަލާއި ހިތްހަމަޖެހުން ހާސިލް ކުރެވިދާނެ އެވެ. ކުރިން ކުރި ކައިވެނި ރޫޅުމާއި، ތަޖުރިބާކުރި ހިތްދަތި ކަންތައްތަކުން އަރައިގަތުމާ އެކު ދިރިއުޅުމާ މެދު ތަފާތު ހެޔޮ ނަޒަރަކުން ވިސްނުމުގެ ފުރުސަތު ލިބޭނެ އެވެ. ނު އުފަންނަ ނުވަތަ ދޮންދަރި އަކަށް ޝަރުތެއް ނެތި ލޯބި ދޭ ވަރަށް ހިތުގެ ޖާގަ ބޮޑުކޮށްލެވުމުން ނަފްސުގެ ހިތްހަމަޖެހުމާއި ކާމިޔާބީ އިހުސާސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ހިމަނާލަނީ، މިފަދަ ކައިވެންޏެއްގެ ކާމިޔާބީ އާއި، މިބުނި ހުރިހާ ފޮނިމީރުކަމެއް ތަޖުރިބާކުރަމުން އަންނަ މަޝްހޫރު ފިލްމީ ތަރި، މަރިޔަމް އައްޒަގެ ބައެއް ޓިޕްސް އާއި ސްޓެޕް އާއިލާއެއްގެ ކާމިޔާބު ކަމުގައި އައްޒަ ގަބޫލުކުރާ ހަތް ސިއްރެވެ.

މުއާ އާއި އައްޒަ ދެމީހުންގެ ކުރީގެ ކައިވެނިން ލިބުނު ދެ ކުދިންނާ އެކު
މުއާ އާއި އައްޒަ ދެމީހުންގެ ކުރީގެ ކައިވެނިން ލިބުނު ދެ ކުދިންނާ އެކު

މުއާ އާއި އައްޒަ ދެމީހުންގެ ކުރީގެ ކައިވެނިން ލިބުނު ދެ ކުދިންނާ އެކު

އުންމީދުތައް ސެޓް ކުރުން

އައްޒަ ގަބޫލުކުރާ ގޮތުގައި، ސްޓެޕް ފެމިލީ އަކުން ނިކުމެދާނެ މައްސަލަތަކާ މެދު މާބޮޑަށް ވިސްނުން ނުހިންގައި ކުރިއަށް ދާން ހިފައިފިނަމަ ހަގީގަތް އޮޅޭ ކަހަލަ ގޮތެއް ވެދާނެ އެވެ. ދެމީހުންގެ ދަރިންނާ އެކު އުފެދޭ އާއިލީ ގުޅުމަކީ ހުރިހާ ގޮތަކުން އާ، މުޅިން ތަފާތު ގޮތަކަށް ބިނާވެގެން އަންނަ ގުޅުމެއްކަން އެނގިގެން އެކްސްޕެކްޓޭޝަން ތައް ސެޓްކުރުން މުހިއްމު ކަމަށް ވެސް ބުންޏެވެ.

"މިސާލަކަށް، މުއާ އަކީ ވަރަށް ރެސްޕޮންސިބަލް ބައްޕަ އެއް. އެހެން ކަމަށް ވާނަމަ އައްޒަގެ އެކްސްޕެކްޓޭޝަންގައި އިނދެގެން ނުވާނެ މުއާގެ ކުރީގެ ޕާޓްނާ އާ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް. އެއީ ވެސް މުއާގެ ދިރިއުޅުމުން އިގްނޯ ކޮށްލެވޭނެ ބައެއް ނޫންކަން އައްޒަ އަށް ގަބޫލުކުރެވެންވާނެ،" އައްޒަ ބުންޏެވެ.

އެގޮތަށް ވިސްނުން ބެހެއްޓުމުން، އައްޒަގެ ނަޒަރުގައި އާއިލާ ދުޅަހެޔޮކޮށް ބިނާކުރަން ރަނގަޅު މާހައުލެއް ފަހިވެގެންދާނެ އެވެ.

އަބަދުވެސް ވާހަކަ ދައްކަން ވާނެ، އެންމެ މުހިއްމީ ވާހަކަ ދެއްކުން

ވާހަކަ ދައްކައިގެން ހައްލު ނުކުރެވެން ހުންނާނީ ވަރަށް މަދު ކަންތަކެކެވެ. އެހެންވީމަ "ސްޓެޕް" ފެމިލީ އަކަސް، "ބްލެންޑެޑް" ނުވަތަ ދެމަފިރިންގެ އަމިއްލަ ދަރިންނާއި ދެމަފިރިންގެ ދޮން ދަރިން ވެސް ހިމެނޭ އާއިލާ އަކަސް، މިނިވަންކަމާ އެކު ހިޔާލާއި ވާހަކަ ހިއްސާކުރެވޭ މާހައުލެއް ބިނާކުރެވިއްޖެ ނަމަ ވަރަށް ގިނަ ކަންތައްތައް ފަސޭހަވެގެންދާނެ އެވެ.

"މުއާ އަކީ މިޒާޖަށް ބަލާނަމަ، އެހާ ރުޅި މަޑު މީހެއް ވެސް ނޫން. އެކަމަކު މުއާ އާއި އައްޒަ އާއި ދެމެދު ނުދެއްކޭނެ ވާހަކަ އެއް ނޯންނާނެ. ރުޅި އަންނަ ކަމެއް ވިޔަސް، މުއާ ވެސް އައްޒަ ވެސް ވާހަކަ ދައްކާނެ. އެކަކު އަނެކަކު އެވޮއިޑް ކޮށް މައްސަލަ އިގްނޯ ކޮށްލައިގެން ނުތިބެން،" އައްޒަ ބުންނެވެ.

ދަރިންގެ ކަންތައްތަކުގައި، އައްޒަ އާއި މުއާގެ ކުރީގެ އަންހެނުންނާ ވެސް ސުލްހަވެރިކަމާ އެކު ވާހަކަ ދެކެވޭ ވަރުގެ ރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށް އައްޒަ ބުންޏެވެ.

އައްޒަ، މުއާގެ ދަރިފުޅު ރޫބީ އާ އެކު: އައްޒަ ބުނީ ރޫބީ އަށް ފަސޭހަ މާހައުލަކަށް އެ ދެމަފިރިންގެ މާހައުލު ހެދުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް
އައްޒަ، މުއާގެ ދަރިފުޅު ރޫބީ އާ އެކު: އައްޒަ ބުނީ ރޫބީ އަށް ފަސޭހަ މާހައުލަކަށް އެ ދެމަފިރިންގެ މާހައުލު ހެދުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް

އައްޒަ، މުއާގެ ދަރިފުޅު ރޫބީ އާ އެކު: އައްޒަ ބުނީ ރޫބީ އަށް ފަސޭހަ މާހައުލަކަށް އެ ދެމަފިރިންގެ މާހައުލު ހެދުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް

"ދެން، ކުދިންނާ ވެސް ވަރަށް އޮޕަން ކޮށް ވާހަކަ ދެކެވޭ. މިސާލަކަށް، ރޫބީގެ ހިތުގައި އައްޒަ އާ މެދު ނެގެޓިވް ވިސްނުމެއް ނު އުފައްދަން އައްޒަމެން އިހްތިޔާރުކުރީ، ކައިވެނި ކުރުމުގެ ކުރިން މުއާ، ރޫބީ އަށް ވާން އުޅެނީ ކޮން ކަމެއް ކަން ކިޔާދޭން. އައްޒަ އަކީ ކާކު ކަމާއި މުއާގެ ދިރިއުޅުމަށް އަންނަން އުޅޭ ބަދަލަކުން ރޫބީގެ މުހިއްމުކަން ވަކި ކުޑަ ނުވާނެކަން ވިސްނަ ދިނުން،" އައްޒަ ބުންޏެވެ.

މިފަދަ ވާހަކަތަކަށް އާއިލާ ތެރޭގައި ޖާގަ ދެވުމާއެކު، ވާހަކަ ދެއްކުމުގައި އެކަކު އަކެކަކަށް ދޭންޖެހޭ އިހުތިރާމް ހިފެހެއްޓުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އައްޒަ ގަބޫލުކުރެ އެވެ.

"މިސާލަކަށް، ރޫބީ އާއި ވާހަކަ ދައްކާއިރު އައްޒަ ދައްކާ ވާހަކައަކުން ރޫބީގެ މަންމަ އަށް ދެރަ ބަހެއް ލިބޭ ގޮތަށް ވާހަކަ ނުދެއްކުން، މައްސަލައެއް ޖެހިގެން މުއާ އާއި ދެކެވޭ ވާހަކައެއްގައި ގަދަރު ކަނޑާލާފައި ވާހަކަ ދެއްކުން، މިއީ ވާހަކަދައްކާއިރު ވިސްނަން ޖެހޭ ކަންކަން."

ވަކިންނެއް ނޫން، ދަރިން ބަލަންވާނީ އެންމެން ގުޅިގެން

އަމިއްލަ އުފަން ދަރިން ދެކެ ވާ ލޯތްބަކީ އެއާ މެދު ޝައްކުކުރުމުގެ ޖާގައެއް އޮންނަ ލޯތްބެއް ނޫނެވެ. އެކަމަކު ދޮން ދަރިން ބެލުމާއި އެކުދިންނާ ދެމެދު އޮންނަ ގުޅުން ބަދަހިވާން ވަގުތު ނަގާނެ އެވެ. އެއީ މަސައްކަތުން ދުވަހުން ހޯދޭނެ އިތުބާރަކާއި ލޯތްބެކެވެ. ސްޓެޕް ފެމެލީ އެއްގައި އުޅޭއިރު، ކުދިންގެ ދިރިއުޅުމުގައި ދެމީހުން އަދާކުރާނެ ރޯލު ވަރަށް ބޮޑަށް ސާފުވެފައި އޮތުން މުހިއްމެވެ.

"މިސާލަކަށް، ރޫބީގެ ދިރިއުޅުމުގައި އައްޒަ އަދާކުރަނީ ރޫބީގެ މަންމައެއްގެ ރޯލެއް ނޫން. ޝީ ހޭސް ހާ މަދާ. އެކަމަކު އައްޒަ މަސައްކަތް ކުރަން ރޫބީ އައްޒަގެ ކައިރީގައި އެ ހޭދަކުރާ ވަގުތަކީ ރޫބީ ހިތްހަމަޖެހޭ ގޮތަށް، ކޮމްފޮޓަބަލްކޮށް ހޭދަވާ ވަގުތަކަށް ހަދަން. އައި ވޯންޓު ބީ ދެއާ ވެން ޝީ ނީޑްސް މީ،" އައްޒަ ބުންޏެވެ.

އައްޒަ ބުނީ، ކުދިންގެ ކަންތައްތައް ހަތަރު މީހުންނަށް އެނގިގެން ގުޅިގެން ކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ.

އާއިލާ ތަފާތުކޮށްދޭ ހާއްސަ ކަންތައްތަކެއް ނުވަތަ ސިސްޓަމެއް ގެންގުޅުން

"މިސާލަކަށް ވަރަށް ފަހުން އައްޒަ އާއި މުއާ މި އައީ މުއާ މެންގެ ރަށަށް ގޮސްފައި. ރޫބީ އާއި އީތަން ވެސް ގޮވައިގެން ދިޔައީ. ދެކުދިން ވަރަށް މަޖާ ކުރި އެ ދަތުރުގައި ވެސް،" އައްޒަ ކިޔައިދިނީ އާއިލާ އެއްގެ ގޮތުގައި ހާއްސަ ހަނދާންތަކެއް ކްރިއޭޓްކުރުމުގެ މުހިއްމުކަމެވެ. އެކަމަށް އެ ދެމަފިރިން އިސްކަންދޭ މިންވަރެވެ.

މިސާލަކަށް ވީކެންޑް ތަކުގައި އެއްކޮށް ދިމާވެލުން ފަދަ ސެޓް ކަންތައްތަކެއް އާއިލާއެއްގެ ގޮތުގައި ކުރުމަށް މުހިއްމުކަން ދިނުމުން އަބަދުވެސް ގުޅުން ނުކެނޑި ތާޒާކޮށް އޮތުމަށް ހިއްވަރު ލިބޭ ކަމަސް އައްޒަ ގަބޫލުކުރެ އެވެ.

"މިސާލަކަށް، ދިމާނުވެ ގިނަ ވަގުތު ހޭދަވަންޏާ އައްޒަ ރޫބީ އަށް ގުޅާލަން. ރޫބީ އަކީ ވެސް އެގލޮތަށް ވަރަށް ލޯބި ކުއްޖެއް. ފޮޓޯ އެއް ފެނިގެން ވިޔަސް، ކަމެއް ވެގެން ވިޔަސް ހަނދާން ވެއްޖިއްޔާ ގުޅާލާފަ ބުނެލާނެ އައްޒަ ދައްތަ މަތިން މިސްވީއޭ،"

އައްޒަ ފާހަގަކުރީ މިކަހަލަ ދުޅަހެޔޮ އާދަތަކެއް އާއިލާ ތެރޭގައި އަށަގެނުމުވުމުގެ މުހިއްމު ކަމެވެ.

އައްޒަ، ދަރިފުޅު އީތަން އާއި މުއާގެ ދަރިފުޅު ރޫބީ އާ އެކު ނަގާފައިވާ ފޮޓޯ ކޮލާޖެއް

ބައިވެރިޔާ އާ އެކު ހޭދަކުރާ ވަގުތު މަދުކޮށްގެން ނުވާނެ

ކުދިންނާ ގުޅިފައިވާ ކަންތައްތަކުގައި ހުރިހާ ވަގުތެއް ހޭދަކުރުމުގެ ބަދަލުގައި، ދެމީހުންގެ އަމިއްލަ ހުވަފެންތަކާއި ލޯތްބާއި އިހުސާސްތަކަށް ގިނައިން ވަގުތު ހުސްކުރުމަކީ މުހިއްމު ކަމެކެވެ. އެކަކު އަކެކަކަށް ދޭ މުހިއްމުކަމާއި ސަމާލުކަން ފަނޑުވިޔަ ނުދިނުމަކީ އައްޒަމެން އަބަދުވެސް ކުރަން އިސްކަންދޭ ކަމެއކެވެ.

"އީތަން ވެސް، ރޫބީ ވެސް އެހާ ކުޑައެއް ނޫން މިހާރު. އަބަދު ޕޭރެންޓެއްގެ ބޭނުން އެވަރަކަށް ނުވާ އޭޖްވީމަ އެގޮތަށް އަދި ވަރަށް ފަސޭހަ. އައްޒަވެސް، މުއާ ވެސް ވަރަށް އިސްކަންދެން ދެމީހުން ސެލެބްރޭޓްކުރަން. ދެމީހުން ޑޭޓްތަކަށް ވެސް ދަން. މޫވީ ޑޭޓްވެސް ހަދާލަން ހަމަ ދޭތެރެއަކުން،" އައްޒަ ބުންޏެވެ.

ކައިވެންޏެއްގައި، ހާއްސަކޮށް ކުދިން ލިބޭ ފަހުން ކުރާ ކައިވެނިތަކުގައި އެކަކު އަނެކަކަށް ވަގުތު ހުސްކުރުމަކީ މުހިއްމު ކަމެއް ކަމަށް އައްޒަ ދެކެ އެވެ.

މުއާއްޒަ؛ ކައިވެނީގެ ރިސެޕްޝަންގެ ފޮޓޯއެއް
މުއާއްޒަ؛ ކައިވެނީގެ ރިސެޕްޝަންގެ ފޮޓޯއެއް

މުއާއްޒަ؛ ކައިވެނީގެ ރިސެޕްޝަންގެ ފޮޓޯއެއް

ކެތްތެރި ވާން ވާނެ، އަންޑަސްޓޭންޑް ވާން ވާނެ

ކޮންމެ ކައިވެންޏެއްގައި ވެސް މައްސަލަ ޖެހޭނެ އެވެ. އުނދަގޫ އިހުސާސްކުރެވިދާނެ ހާލަތުތައް އައިސްދާނެ އެވެ. އެފަދަ ވަގުތުތަކުގައި ކަންކަން ދަސްކުރަންވާނީ ކެތްތެރިކަން އިސްކޮށްގެންނެވެ. މިސާލަކަށް ފިރިމީހާގެ ދަރިފުޅަށް އުނދަގޫވާ ޒާތުގެ އެއްޗެއް ބުނެވިއްޖެ ނަމަ އެކަން މައްސަލަ އަކަށް ހެދުމުގެ ބަދަލުގައި ލުއި ގޮތަކަށް ހެންޑްލް ކޮށްލާނީ އެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ދެމީހުންގެ ހިޔާލާތު ތަފާތުވާނަމަ، މަޑުމައިތިރިކަމާއެކު ތެދުވެރިކަމާއި އިހުތިރާމާއެކު އެވާހަކަ އެއް ދައްކާނީ އެވެ.

"އައްޒަ އާއި މުއާގެ ލައިފްގަ ކުދިންނާ ގުޅިގެން އެކަހަލަ ވަގުތު ތައް ވަރަށް ނާދޭ. ކަމެއް ވެއްޖިއްޔާ ވެސް ކުރިން ބުނިހެން ވަރަށް ވާހަކަ ދައްކާނެ. ވާހަކަ ދައްކައިގެން ދެމީހުން އެއް ނިންމުމަކަށް އަންނާނީ،" އައްޒަ ބުންޏެވެ.

ދޫނުދީ ހިއްވަރުކޮށްލަން ޖެހޭނެ

އުނދަގޫވާ ކަންކަން ދިމާވުމުން ދެމީހުން ގުޅެން ނިންމި މަގްސަދާއި ކުދިންނާއި ދިރިއުޅުމާ މެދު ކުރި ޕްލޭންތަކާއި އުންމީދުތަކުން ހިއްވަރު ހޯދަން ވާނެ އެވެ. އެއް ކަންތައް ފޭލުވުމުން ދެން ހުރި ކަންކަން ހާސިލްކުރަން ހިއްވަރު އެލުވާނުލައި މަސައްކަތް ކުރަންވާނެ އެވެ. ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ނުދާނެ ކަން ދަތުން މުހިއްމެވެ.

ގޮންޖެހުންތަކުން އަރައިގަނެ ހާސިލްވާ ކާމިޔާބީ އާއި އުފާވެރިކަމުގެ އިހުސާސް މާ ފޮނިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުސްކުޅިވުމުން ދުޅަހެޔޮކޮށް ހުރުމަށް ތިރީހުގެ އަހަރުތައް މުހިންމު

އުމުރުން 30 ގެ އަހަރުތަކުގައި ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ނިދި ހަމަކުރުން ފަދަ ރަނގަޅު އާދަތައް އަށަގަންނުވައިފިނަމަ، މުސްކުޅިވާއިރު ދިމާވާ ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް، އުމުރުން 90 އަހަރާ ހަމައަށްވެސް ތަކުލީފެއް ނެތި ދިރިއުޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ރޭގަނޑު ހަމަނިދި ހޯދުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ހަމަނިދި ހޯދުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކެއުންބުއިމުގެ އާދަތައް ބެހެއްޓުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަންކަމެވެ. ރޭގަނޑު އިތުރަށް ނިދުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" ނީލަން ކިޔުމުގެ ކުރިން ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކާލުމުގެ ދަތުރު ލަންޑަނުން ފަށައިފިއެވެ. މި ހެދުން އަންނަ ޑިސެމްބަރު މަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މިއީ ޑަޔާނާ އަވަހާރަވުމާ ގުޅޭގޮތުން ކިންގް ޗާލްސްގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox