ފާޑުކިޔުންތަކާއެކު ވެސް "ދެވި" ގެ ޖާދޫގައި ބެލުންތެރިން ޖެހިއްޖެ؛ ޓިކެޓްތައް ހަލުވިކަމާއެކު ވިކެމުންދަނީ!

Oct 12, 2026, 9:14 PM
"ދޭވި" އިން ފެނިގެންދިޔަ އައްޒަގެ އެކްޓިން އާއި ވީއެފްއެކްސް އަށް ތައުރީފު

"ދޭވި" އިން ފެނިގެންދިޔަ އައްޒަގެ އެކްޓިން އާއި ވީއެފްއެކްސް އަށް ތައުރީފު

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ހޫނުކޮށް ދެކެވެމުންދާ އެއް ވާހަކައަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ޕްރިމިއާ ކުރި ސުޕަނެޗުރަލް ބިރުވެރި ފިލްމު "ދެވި" ގެ ވާހަކަ އެވެ. އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ނަމަވެސް، ފިލްމު ބަލަން ވަންނަ ބެލުންތެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ސޯޝަލް މީޑިއާގެ ފޯރިން ފެށިގެންގޮސް ސިނަމާގެ ސްކްރީނާ ހަމައަށް، "ދެވި" ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އުފައްދާފަ އެވެ.

އައްޒަގެ ޑަބަލް ރޯލު އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ފުރަތަމަ ފިޔަވަޅު

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ އެކްޓްރެސް މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމަށް ވުމާއެކު، މިއީ އޭނާގެ ކާމިޔާބު ކެރިއަރުގެ ފާހަގަކޮށްލެވޭ އުފެއްދުމެކެވެ.

ފިލްމުގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫހާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ ބިރުވެރި މަސައްކަތްތަކެކެވެ. މި ފިލްމުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ "މާޝީ" އަދި "މާހީ" ގެ ގޮތުގައި އައްޒަ ދައްކައިދިން މުޅިން ތަފާތު ދެ ސިފައެވެ.

އެކަކު އަނެކަކާ މުޅިން ތަފާތު ދެ ކެރެކްޓަރެއްގެ ގޮތުގައި އައްޒަ ދެއްކި ހުނަރަކީ ބެލުންތެރިންގެ އެންމެ ބޮޑު އެއް ވާހަކަ އެވެ.

ސޭންޑީގެ ފަންނުވެރިކަން

މަޝްހޫރު ފެޝަން ޑިޒައިނަރު ހުސެން ހާޒިމް (ސޭންޑީ) އަދި ޝަހުދު ގުޅިގެން ސްކްރީންޕްލޭ ލިޔެ، ސޭންޑީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އުފެއްދުންތެރިކަމުގެ އިންތައް ފަހަނައަޅައިދިޔަ މަސައްކަތެކެވެ. ވީއެފްއެކްސް، ޕްރޮސްތެޓިކް މޭކަޕް، ސައުންޑް ޑިޒައިން އަދި ޕޯސްޓް-ޕްރޮޑަކްޝަންގައި ފަންނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައިގެން އުފެއްދި މި ފިލްމުން ސޭންޑީގެ ބިރުވެރި ތަސައްވުރު ވަރަށް ފުރިހަމައަށް ބޮޑު ސްކްރީނަށް ވަނީ ގެނެސްދީފަ އެވެ. އެކި ސަރަހައްދުތަކުގައި ފިލްމުގެ ޓީމުން ކުރި ބުރަ މަސައްކަތް ފިލްމުގެ ކޮންމެ މަންޒަރަކުންވެސް ފެނިގެންދެ އެވެ.

ބެލުންތެރިންގެ ޝުއޫރުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް

"ދެވި" އާ ގުޅޭގޮތުން ދިވެހި ފިލްމީ ދާއިރާގައި ބޮޑު ބަހުސެއް އުފެދިފައިވީ ނަމަވެސް، ބެލުންތެރިންގެ ޝުއޫރުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ފިލްމުގެ ރަސްމީ ޕޭޖުގައި އާންމުކޮށްފައިވާ ހަގީގީ ވީޑިއޯ ޓެސްޓިމޯނިއަލްތަކުން ފެންނަނީ ފިލްމަށް އޮތް ބޮޑު ތަރުހީބެވެ. ޓްރެއިލާއިން ފެނުނު ބިރުވެރިކަމާއި ލޯބީގެ މަންޒަރުތަކުގެ ފުރިހަމަކަން ފިލްމުން ފެނި، ގިނަ ބަޔަކު އަންނަނީ މިއީ ކަމުދިޔަ، ތަފާތު ފިލްމެއްކަމަށް ބުނެ ތައުރީފުކުރަމުންނެވެ.ފިލްމު އެޅިތާ ދުވަސްކޮޅެއް ވެފައިވީނަމަވެސް ޓިކެޓްތައް އަދިވެސް ވަރަށް ބާރުބޮޑެވެ. ހަލުވިކަމާއެކު ޓިކެޓް ވިކެމުންދާއިރު، "ދެވި" އަކީ ދިވެހި ސިނަމާގައި ކޮންމެހެންވެސް ބަލާލަންޖެހޭ ފިލްމެއްކަން މިވަނީ ސާބިތުވެފައެވެ.  

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox