ޓީ20 ކޮލިފައިން އަށް ގައުމީ ކްރިކެޓް ސްކޮޑު އިއުލާނުކޮށްފި

Sep 23, 2021, 4:40 AM
ޓީ20 ކޮލިފައިން އަށް ގައުމީ ކްރިކެޓް ސްކޮޑު އިއުލާނުކޮށްފި

އަންނަ މަހު ކުޅެން ނިންމާފައިވާ ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި މެޗުތަކަށް އެކުލަވާލި ގައުމީ ކްރިކެޓް ސްކޮޑު އިއުލާނުކޮށްފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ގައުމީ ކްރިކެޓް ސްކޮޑު އެކުލަވާލާފައިވަނީ އަންނަ މަހު ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު އަމާޒެއްގައި މަސައްކަތް ކުރުމަށެވެ.

މިއީ ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހިފައިވަނީ ގަތަރު، ސައުދީ އަރަބިއާ، ކުވައިތު އަދި ބަހްރެއިން އެވެ. މި ޒޯންގެ ކޮލިފައިން މެޗުތައް ކުރިއަށްދާނީ ގަތަރުގެ ދޯހާގަ އެވެ. މެޗުތައް ތާވަލުކޮށްފައިވަނީ އަންނަ މަހު 19-30 އަށެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މުހައްމަދު މަހަފޫޒް އެވެ. އަދި ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާން ފަރުހަތު އެވެ.

ގައުމީ ކްރިކެޓް ސްކޮޑު:

މުހައްމަދު މަހަފޫޒް (ކެޕްޓަން)، ޔޫސުފް އަޒްޔާން ފަރުހަތު، އަހުމަދު ހަަސަން، އާދަމް ނާސިފް އުމަރު، މުހައްމަދު އައްޒާމް، ހަަސަން އިބްރާހިމް، އިބްރާހިމް ނަޝާތު، އިބްރާހިމް ރިޒާން، ހަސަން ހާޒިގް ރަޝީދު، އަހުމަދު އަމީލް މައުރޫފް، ލީމް ޝަފީގް، ޑަބްލިއުޖޭ މަލިންދާ، މުހައްމަދު އިވާން، މުހައްމަދު ރިޝްވާން

ޓީ20 މުބާރާތަށް އެކުލަވާލި ކްރިކެޓް ޓީމާއި ސީބީއެމްގެ އިސް ވެރިން ފޮޓޯ އަކަށް ހުއްޓިގެން.

ކްރިކެޓް ޓީމާ މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު، ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ވަނީ މުހިއްމު ކަންތައްތަކެއް ފާހަގަކުރައްވައިފަ އެވެ. ހާއްސަކޮށް ފައިސަލް އަލިއަޅުއްވާލެވީ މޮޅު ކުޅުންތެރިއަކަށް ވުމަށްޓަކައި ޑިސިޕްލިން ހިފެހެއްޓުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

"ފާހަގަކޮށްލަން ޖެހޭ ކަމަކީ ވަރަށް މޮޅެތި ކުޅުންތެރިން ވެސް ޑިސިޕްލިން ނުހިފެހެއްޓިގެން އެބަހުރި ކުރިއަށް ނުދެވިފައި. އެހެންވީމަ ކޮންމެ ކުޅުންތެރިއަކު ވެސް ޑިސިޕްލިންއާ އެކު ކުރިއަށް ދިއުން މުހިއްމު،" ފައިސަލް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި ޓީމުގެ ކޯޗު އަހުމަދު ނީޝަމް ނާސިރު އާއި އެސިސްޓަންޓް ކޯޗު އިސްމާއިލް ނިހާދު ކުރި މަސައްކަތަށް ސީބީއެމް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ގައުމީ ކްރިކެޓް ޓީމުގެ މެނޭޖަރަކަން ހަމަޖައްސާފައިވަނީ އަލި މުހައްމަދު މަނިކު (އަލިބެ) އެވެ. އޭނާ އަކީ 2005 ވަނަ އަހަރު ރާއްޖޭން ފުރަަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ މެނޭޖަރުގެ ޒިންމާ އަދާކުރި ފަރާތެވެ.

ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކްރިކެޓް ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ކްރިކެޓް ބޯޑް ހިންގުމުގައި މިހާރު އޮތް ލީޑަޝިޕުން ކްރިކެޓްގެ މުސްތަގުބަލަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓްތަކުގެ މައިގަނޑު އަމާޒަކަށްވެފައި އޮތީ ގައުމީ ޓީމުގެ ނަތީޖާ ރަނގަޅު ކުރުމަށެވެ. އެ ގޮތުން ގައުމީ ޓީމާ ހަމައަށް ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން ރަނގަޅަށް ޓްރެއިނިން ދީގެން ގެންދިއުމަކީ މިހާރު އޮތް ސީބީއެމްގެ ލީޑަޝިޕުން ގެންގުޅޭ ތަސައްވުރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox