ރައީސްގެ ގޮވާލެއްވުން: އަފްގާނިސްތާނަށް ހަމަޖެހުން، ފަލަސްތީނަށް މިނިވަން ދައުލަތެއް

ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އަފްގާނިސްތާނުގެ ގާނޫނީ ސަރުކާރު ވައްޓާލައި ތާލިބާނުން އެ ގައުމު ހިފި މައްސަލަ އާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން އަނިޔާވެރިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގައި މިރޭ އެކަމުގެ ހައްލަކަށް ގޮވާލައްވައިފި އެވެ.

އދ. ގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދެކުނު އޭޝިޔާގެ އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން "އަފްގާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާ" ކަމަށެވެ. އަދި "އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވުން" ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަންހެނުންނާއި އަންހެނުން ކުދިންގެ ހައްގުތަކާއި ސަލާމަތާއި ހިމާޔަތް އެ ގައުމުގައި އޮތުމަށް އެދެން. މިކަންކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކައި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް އެ ގައުމުގައި އޮތުން މުހިންމު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ތަގުރީރުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގުދުސްގައި ބިނާ ކުރުމަށް ރާއްޖޭން ކުރަމުން އަންނަ ވަކާލާތު ތަކުރާރު ކުރައްވައި، "ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން ތިބީ" ފަލަސްތީނާއެކު އެކުކަމުގެ ޔަގީންކަން އެރުއްވި އެވެ.

"އދ. ގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް އެމީހުންގެ ހައްގުތައް ވަނީ ކަށަވަރުކޮށްނުދެވި. އިޒްރޭލުން ފަލަސްތީނުގެ އަންހެނުން، ފިރިހެނުން، އަދި ކުދިބޮޑު އެތައް ބައެއްގެ ހައްގުތައް ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ،" އެކަމިނުފާނު ވިދާޅުވި އެވެ.

އާބާދީ މަދު، ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އދ. އިން ބަލައިގަނެފައިވާއިރު މިލިއަނުން އާބާދީގައި މީހުން ހިމެނޭ ފަލަސްތީނު އެއީ ދައުލަތެއްގެ ގޮތުގައި ބަލައިނުތަމުގެ އުޒުރަކީ ކޮބައިތޯ ރައީސް މިރޭ ސުވާލު އުފެއްދެވި އެވެ.

"އދ. ގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ، ފަަލަސްތީނުގެ ހައްގު،" ރައީސްގެ ތަގުރީރުގައި ވިދާޅުވި އެވެ.

"އެބަޔަކު، އަޅުގަނޑު މިތާ ހުރެ ތަމްސީލު ކުރާ ދިވެހީން ބޭނުންވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަަލަސްތީނު ބަލައިގަތުން."

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކުރައްވައި، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

"ހަރުކަށި ފިކުރުން ދީން މާނަ ކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް. ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދު މިނުގެ ދީނީ އަގީދާ ގަބޫލު ކުރާ ގައުމެއް. ނަމަވެސް ހަރުކަށި ފިކުރުން މި ކުޑަކުޑަ ރާއްޖެ ވެސް ސަލާމަތެއް ނުވި،" ރައީސް ވިދާޅުވި އެވެ. "މިފަދަ ހަމަލާތައް ދޭ ތަން ބަލަން އަދި ޅަ ކުދިންގެ ސިކުނޑިތަކުގާ ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކެން އަޅުގަނޑުމެނެއް ނުތިބޭނަން."

މީގެ އިތުރުން، ރައީސްގެ ތަގުރީރުގައި އެމަނިކުފާނު ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލު ކުރުމަށް އދ. އިން ކުޅެވޭނެ މުހިންމު ދައުރުގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox