ރޭޕްގެ ތުހުމަތަށް ހައްޔަރުކުރި ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Sep 17, 2021, 3:52 PM
ފުލުސް މީހާއާ ދެކޮޅަށް ރޭ ކުރި މުޒާހަރާގެ ތެރެއިން: އެމީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

ފުލުސް މީހާއާ ދެކޮޅަށް ރޭ ކުރި މުޒާހަރާގެ ތެރެއިން: އެމީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

އައްޑޫގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހްމަތުކުރެވޭ ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުވާ 34 އަހަރުގެ ފުލުސް މީހާ ހައްޔަރުކުރީ ރޭ ހައްޔަރުކޮށްފައިވަނީ, އޭނާ ހައްޔަރުނުކޮށްގެން އައްޑޫގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.

އެ މުޒާހަރާ ހޫނުވެ, ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ވެސް ކޮށްފައިވެ އެވެ.

Advertisement

ރައްޔިތުން ނުކުމެ, އެ ފުލުސް މީހާއާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހުނީ އެ މައްސަލަ ނުބަލާ, އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް, ފުލުހުން ވެސް އަދި ޖެންޑާ މިނިސްޓްރީން ވެސް ބުނަމުން ދިޔައީ މައްސަލަ ބަލަމުންދާ ކަމަށެވެ.

ފުލުސް މީހާއަށް ތުހުމަތު ކުރަނީ އޭނާގެ އަނބިމީހާއާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކާ ދެ އަހަރު ވަންދެން ބެހުނު ކަމަށެވެ. އެ ކުއްޖާއަށް 14 އަހަރުގައި އޭނާ ބެހެން ފެށި ކަމަށް ތުހުމަތު ކުރެ އެވެ. ކުއްޖާއަަށް މިހާރު 16 އަހަރެވެ.

އައްޑޫގައި މި މައްސަލަ ފެންމަތިވެފައިވަނިކޮށް, މިއަދު ގދ. ތިނަދޫގައި ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑްސްތައް ރާއްޖޭގައި އުޅެނީ މަތީގަ އެވެ.

ރާއްޖޭގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ ގުޅޭ ގޮތުން ހެދި އެންމެ ފުރަތަމަ ދިރާސާގައިވާ ގޮތުން ބޮޑުވަމުންދާ ކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހެ އެވެ. ފެބްރުއަރީ 2009 ގައި ޝާއިއު ކުރި އެ ދިރާސާ ރިޕޯޓުގައި ބުނީ 20 ޕަސެންޓު އަންހެން ކުދިންނަށް އަދި 11 ޕަސެންޓު ފިރިހެން ކުދިންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox