ޓޫރިޒަމް ދުވަސް ވަކި ރަށެއްގައި ފާހަގަނުކޮށް، ހަރަކާތްތައް އެކި ސަރަހައްދުތަކަށް

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އަދަދު

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އަދަދު

މި މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަސް މި އަހަރު ރާއްޖޭގައި ވަކި ރަށެއްގައި ފާހަގަނުކޮށް، އެކި ސަރަހައްދުތަކުގައި އެކި އެކި ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓާރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޓޫރިޒަމް ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ނިންމާފައި އޮތީ އައްޑޫ ސިޓީގަ އެވެ.

އެހެން ނަމަވެސް އެ ސިޓީގައި ހުރި ދެ ރިސޯޓް އަދިވެސް ނުހުޅުވި އޮތުމާއެކު، ޓޫރިޒަމް ދުވަސް އެ އަތޮޅުގައި ފާހަގަކުރުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް މިނިސްޓަރު މައުސޫމް "އަދަދު" އަށް ވިދާޅުވި އެވެ.

އައްޑޫގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވުމާއެކު ޓޫރިޒަމް ދުވަހަށް އެ ސިޓީގއި ރާވާފައި ހުރި ގިނަ ހަރަކާތްތަކެއްވެސް މިނިސްޓްރީން ކުރިން ވަނީ ކެންސަލް ކޮށްފަ އެވެ.

"އެއީ އައްޑޫ އަތޮޅުގައި ދެން އެހާ އުފާވެރި ހަބަރަކަށް ނުވާނެތާ، ދެ ރިސޯޓުވެސް ބަންދުކޮށްފައި އޮއްވާ ޓޫރިޒަމް ދުވަސް ފާހަގަކުރުން. އެކަމަކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އައްޑުއަށް އުފާވެރި ހަބަރަކާއެކު ދަތުރުކުރާނަން އަދި. އެ ދެ ރިސޯޓު ހުޅުވުމުގެ އުންމީދު ވެސް އެބަ އޮތް،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް ދުވަސް ރާއްޖޭގެ ވަކި ރަށެއްގައި މި އަހަރު ފާހަގަނުކުރި ނަމަވެސް، އެ ދުވަސް ރާއްޖޭގެ ގެސްޓްހައުސް ހުރި ކޮންމެ ރަށެއްގައި ފާހަގަކުރާނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު މިދަނީ ކުދި ބަޖެޓްތައްވެސް ދޫކުރަމުން އެކި ރަށްރަށަށް،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް ދުވަސް ކޮންމެ އަަހަރަކުވެސް ސެޕްޓެމްބަރު 27 ވަނަ ދުވަހު ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރާއިރު، މިދިޔަ އަހަރު ވެސް ކޮވިޑާ ހެދި މާ ކުލަގަދަކޮށް އެ ދުވަސް ރާއްޖޭގެ އިތުރުން ދުނިޔޭގައިވެސް ފާހަގަކޮށްފަ އެއް ނުވެ އެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އެ މަސައްކަތަށް ގިނަ ގުނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އައްޑޫގައި ބައިނަލްއަގްވާމީ އެއާޕޯޓަށް ފްލައިޓް ދަތުރު ފެށުމުގައި ހުރި ދަތިތަކާއި، އެ ސަރަހައްދުގައި އޮތް ދެ ރިސޯޓު ބަންދުކޮށްފައި އޮތް އޮތުން، އަދި ފަތުރުވެރިންގެ ޑިމާންޑް ދަށްވުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްތަކެއް އެޅިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox