އައްޑޫ ސިޓީގައި ފްލެޓެއް ތެރޭގައި ވަޅިން ހަމަލާ ދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ.
އެމީހާއަށް ހަމަލާ ދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 12:08 ހާއިރު ކަމަށް ފުލުހުން ވަނީ މައިލޫމާތު ދީފަ އެވެ.
ހަމަލާގައި ޒަހަމްވި މީހާއަށް މިހާރުއައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު މާރަމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަމަލާގެ ފޮޓޯތައް ދައްކާގޮތުގައި ޒަހަމްވި މީހާއަށް ހަމަލާދީފައިވަނީ ބޮލަށެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި, އެމީހާގެ ބޮލަށް ގިނަ ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އޭނާއަށް މިހާރު އެމަޖެންސީގައި ފަރުވާދީ, މޮނީޓާކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.













