ބައިނަލްއަގުވާމީ ރަން މެޑަލެއްގެ އަމާޒުގައި ގައުމީ ބީޗް ވޮލީ މުބާރާތަށް ބަދަލެއް

Sep 16, 2021, 1:27 PM
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓްގައި ރާއްޖޭގެ ޕެއާއެއް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓްގައި ރާއްޖޭގެ ޕެއާއެއް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އަންނަ މަހު ބާއްވާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި އަލަށް އުމުރުފުރާ ދެ ޑިވިޝަނެއް ކުރިއަށް ގެންދަން ނިންމުމުގެ އެންމެ ބޮޑު ބޭނުމަކީ މުސްތަގުބަލުގައި ބައިނަލްއަގުވާމީ ލެވަލްގައި ރަން މެޑަލެއް ހޯދަން ކުރާ މަސައްކަތުގެ ފެށުމެއް ކަމަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އިން ބުނެފި އެވެ.

އަންނަ މަހު 7-30 އަށް ކުރިއަށް ގެންދަން ނިންމާފައިވާ ބީޗް ވޮލީބޯޅަ މުބާރާތަށް އިތުރު ކޮށްފައިވާ ދެ ޑިވިޝަނަކީ 19 އާއި 23 އަހަރުން ދަށުގެ ޑިވިޝަނެވެ. ދެން އޮންނާނީ މިހާތަނަށް ވެސް މި މުބާރާތުގައި ބާއްވަމުން އަންނަ އޯޕަން ޑިވިޝަނެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ވަކިން އޮންނާނެ އެވެ.

ވީއޭއެމް އިން ކުރިން ހަމައެކަނި އޯޕަން ޑިވިޝަނެއް ކުޅޭ ގޮތަށް ބާއްވާ މުބާރާތް އުމުރު ފުރާ ޑިވިޝަންތަކެއް ލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖެ އަކީ ވަރަށް ގިނައިން ބައިނަލްއަގުވާމީ ލެވަލްގެ ބީޗް ވޮލީ މުބާރާތްތަކުގައި ކުޅޭ ގައުމަކަށްވާއިރު، މުސްތަގުބަލުގައި ރަނގަޅު ބީޗް ވޮލީބޯޅަ ޓީމުތަކެއް ވެސް ބޭއްވުމުގެ ބޭނުމުގަ އެވެ. އޭގެ ތެރެއިން ޓާގެޓެއް ކަނޑައަަޅައިގެން ޕްލޭނެއްގެ ތެރެއިން އެންމެ ހާއްސަ ބޭނުމެއްގެ ގޮތުގައި އޮތީ ބައިނަލްއަގުވާމީ ލެވަލްގައި ބީޗް ވޮލީބޯޅަ އިން ރާއްްޖެ އަށް ރަން މެޑަލެއް ހޯދުމަށެވެ.

ބީޗް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހު މެންދުރު 12 ޖެހުމުގެ ކުރިން ޓީމް ލިސްޓް ހުށަހަޅަން ޖެހޭނެ ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމު ލިސްޓު އޮންލައިންކޮށް ހުށަހެޅުމުގެ އިންތިޒާމް ވީއޭއެމް އިން ވަނީ ހަމަޖައްސައިފަ އެވެ.

ދާދި ފަހުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބީޗް ވޮލީން ވަނީ ރިހި މެޑަލަކާއި ލޯ މެޑަލެއް ހޯދައިފަ އެވެ. ބީޗް ވޮލީގައި ރާއްޖޭން ވަނީ މެޑަލެއް ނުލިބުނު ކަމުގައި ވިޔަސް މީގެ ކުރިން ގިނަ މުބާރާތްތަކެއްގައި ރަނގަޅު ނަތީޖާ ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox