ދާރުލްއާސާރަކާއެކު ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓު ހުޅުވުން އަންނަ މަހު

ކޯރާ ކޯރާ މޯލްޑިވްސް. ފޮޓޯ: އަގޯޑާ

ކޯރާ ކޯރާ މޯލްޑިވްސް. ފޮޓޯ: އަގޯޑާ

ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށްފަހު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއާ ގުޅޭ އާސާރީ ތަރިކަ ފެންނަން ހުންނާނެ ދާރުލްއާސާރަކާއެކު ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓު އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

އެ ރިސޯޓަކީ ރ. އަތޮޅުގެ މާމިގިލީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެކެވެ. އަންނަ މަހު އެ ރިސޯޓު ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެ ރިސޯޓާ ގުޅޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ރިސޯޓުގައި ހުންނަ ކޯރާ ކޯރާ މޯލްޑިވްސް މިއުޒިއަމް އެވެ.

އެ ދާރުލްއާސާރަކީ، ރިސޯޓުން ބުނާ ގޮތުގައި ނަމަ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ދާރުލްއާސާރެވެ. މިއީ ރާއްޖޭގެ ރިސޯޓެއްގައި މިފަދަ ދާރުލްއާސާރެއް ހުޅުވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެ ދާރުލްއާސާރުގައި ރާއްޖެއަށް އިސްލާމް ދީން އަައުމުގެ ކުރިން، އަދި އޭގެ ފަހުން އިސްތިއުމާރީ ބާރުތަކުގެ ދަށުގައި އޮތް ޒަމާންތަކުގައި ވެސް ބޭނުންކުރި ބައެއް ތަކެތި ފެންނަން ހުންނާނެ އެވެ. އަދި ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތް ވަރަށް ފުރިހަމައަށް އެތަނުން ދައްކުވައިދޭނެކަމަށް ރިސޯޓުން ބުނެ އެވެ. އެ ދާރުލްއާސާރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޯދާފައިވާ ތަކެތި ފެންނަން ހުންނާނޭކަމަށް ވެސް އެ ރިސޯޓުން ބުނެ އެވެ.

ރިސޯޓުން ބުނި ގޮތުގައި ދާރުލްއާސާރުގައި ހުންނަ އެގްޒިބިޝަނުން މިދިޔަ 2،000 އަހަރު ތެރޭ ރާއްޖޭގައި އުޅުނު މީހުންގެ ވާހަކަތައް އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެކި ފަރާތްތަކަށް ކިޔައިދޭނެ އެވެ. އަދި އެއާ އެކު ރާއްޖޭގެ ތާރީހު މިހާރަށްވުރެ ފުޅާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކުވައިދޭނެ އެވެ.

ދާރުލްއާސާރުން ފެންނަން ހުންނާނެ ބައެއް ތަކެތީގެ ތެރޭގައި ބުދު ދީނުގެ ޒަމާނުގައި ބޭނުން ކުރި ތެޔޮ ބައްތިއެއް، ސީނު ކަރައިން ގެނެސްފައިވާ ޕޯސެލެއިން ތަށި ވެސް ހިމެނެ އެވެ. އަދި ރާއްޖެއަށް އިސްލާމް ދީން އައުމުގެ ކުރިން ރާއްޖޭގައި ގެންގުޅުނު އަށް މީޓަރުގެ ޓެމްޕަލް ޓޭންކެއް ވެސް ހިމެނެ އެވެ. އަދި ދާރުލްއާސާރަށް ބަދަލުކޮށް، ހަދާފައި ހުރި 120 އަހަރުގެ އާސާރީ ގެޔެއް ފެންނަން ހުންނާނެ އެވެ. އެ އާސާރީ ތަކެތި ބެހެއްޓިފައި ހުންނާނީ ރިސޯޓުގެ ދެ ސަރަހައްދެއްގަ އެވެ.

ރާއްޖޭގެ ގިނަ އެހެން ރިސޯޓުތަކެކޭވެސް އެއް ގޮތަށް ކޯރާ ކޯރާ މޯލްޑިވްސްއިންވެސް ގިނަ އަދަދެއްގެ އިތުރު އެހެން ހިދުމަތްތައް ލިބެން ހުންނާނެކަމަށް އެ ރިސޯޓުން ބުނެ އެވެ.

އެ ގޮތުން ބީޗް ވޮލީ، ބެޑްމިންޓަން އަދި ބާޗީ ބޯލް ފަދަ ކުޅިވަރުތައް އެ ރިސޯޓުގައި ވެސް ހުރެ އެވެ. އޭގެ އިތުރުން ޑައިވް އާއި ވޯޓާސްޕޯޓްސް ސެންޓަރެއްވެސް އެ ރިސޯޓުގައި ހުރެ އެވެ.

ކޯރާ ކޯރާ މޯލްޑިވްސްގައި އެކި ކެޓަގަރީގެ ޖުމްލަ 100 ވިލާ އަދި ސުއީޓް ހުރެ އެވެ. އަދި ހަތަރު ރެސްޓޯރެންޓާއި ކެފޭއިން ހިދުމަތް ލިބޭނެ އެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ ކުރީ ޒަމާނުގެ ސްޕައިސް ރޫޓުގެ ކެއުންތަަކަށް އިންސާފުކުރުމުގެ ފުރުސަތު ފޯރުކޮށްދޭ "ތަޒާ" ރެސްޓޯރެންޓް އެވެ. އެ ތަނުން ކުރީ ޒަމާނުގައި އަރަބި ޕެނިންސިއުލާއާއި ލުބުނާނުން ފަށައިގެން އިންޑިއާ، ސްރީ ލަންކާ އަދި ރާއްޖެއާ ހިސާބަށް ފޯރި އިގްތިސޯދުގެ ތެރެއިން ބަދަލުކުރެވުނު އެކި ކަހަލަ ސްޕައިސްތަކުގެ ފުރިހަމަ ރަހަތަށް ގެނެސްދޭ ޑިޝްތަކެއް ފޯރުކޮށްދޭނެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށްފަހު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއާ ގުޅޭ އާސާރީ ތަރިކަ ފެންނަން ހުންނާނެ ވަރުގަދަ ދާރުލްއާސާރަކާއެކު ހުޅުވާ ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓުގެ މެޕެއް. ފޮޓޯ: މޯލްޑިވްސް މެގަޒިން
ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށްފަހު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއާ ގުޅޭ އާސާރީ ތަރިކަ ފެންނަން ހުންނާނެ ވަރުގަދަ ދާރުލްއާސާރަކާއެކު ހުޅުވާ ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓުގެ މެޕެއް. ފޮޓޯ: މޯލްޑިވްސް މެގަޒިން

ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށްފަހު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއާ ގުޅޭ އާސާރީ ތަރިކަ ފެންނަން ހުންނާނެ ވަރުގަދަ ދާރުލްއާސާރަކާއެކު ހުޅުވާ ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓުގެ މެޕެއް. ފޮޓޯ: މޯލްޑިވްސް މެގަޒިން

ރ. އަތޮޅުގެ ހުޅަނގު މެދަށްވާ ގޮތަށް އޮންނަ މާމިގިއްޔަކީ ކަނޑުމަގުން އިފުރު އެއާޕޯޓާއި 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަށެކެވެ. އެ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ.

މާމިގިއްޔަކީ ކުރިންވެސް ރިސޯޓެއް ހިންގި ރަށެވެ. ކުރިން ލޯމާ މާމިގިލި މޯލްޑިވްސް ގެ ނަމުގައި އެ ރަށުގައި ރިސޯޓެެއް ހިންގިއިރު، އެ ރިސޯޓަށް ކުރިމަތިވި ދަރަނީގެ މައްސަލަތަކަކާ ހެދި އެ ރިސޯޓްގެ ސަބްލީސް ވަނީ 2017 ވަނަ އަހަރު ވިއްކާލާފަ އެވެ.

އޭރު އެ ރަށް ހިންގީ މޯލްޑިވްސް ރިސޯޓް ޑެވެލޮޕްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާ ސިންގަޕޫރުގެ ވިޔަފާރިވެރިއެއްކަމުގައިވާ ގޯ ޗިންގް ހުއާޓް އާ ގުޅިގެންނެވެ. އެހެންނަމަވެސް 77 މިލިއަނެއްހާ ރުފިޔާގެ ދަރަންޏެއްގައި އޮތް އެ ރިސޯޓަށް ލިބެމުންދިޔަ ގެއްލުން ފޫނުބެއްދުމުގެ ސަބަބުން އޭރު ވަނީ ވިއްކާލާފަ އެވެ.

މިހާރު އެ ރިސޯޓު ހިންގަމުންދަނީ ޓްރިނިޓަސް ހޯލްޑިންގްސް މޯލްޑިވްސް ނަމަކަށްކިޔާ ކުންފުންޏަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox