ސާފް ޗެމްޕިއަންޝިޕް: މިއީ އެ ފޯރި ގެންނަން ދިވެހިންނަށް ލިބުނު ބޮޑު ފުރުސަތެއް

2016 ވަނަ އަހަރު ބޭއްވި ހާއްސަ މެޗަށް ފަހު ސަޕޯޓަރުންނާއި ކުޅުންތެރިން އުފާފާޅުކުރަނީ: މިއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ އަށް އަށް އަހަރު ފުރުން ފާހަގަކުރަން ކުޅުނު މެޗެއް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

2016 ވަނަ އަހަރު ބޭއްވި ހާއްސަ މެޗަށް ފަހު ސަޕޯޓަރުންނާއި ކުޅުންތެރިން އުފާފާޅުކުރަނީ: މިއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ އަށް އަށް އަހަރު ފުރުން ފާހަގަކުރަން ކުޅުނު މެޗެއް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެން ކަމުުގައި ވިޔަސް އެ މުބާރާތުގެ ފޮނި ހަނދާންތައް ގުޅިފައި އޮތީ ދިވެހިރާއްޖެއާ އެެވެ. މާލޭގައި ފެށި މުބާރާތުގެ ފައިނަލް މެޗު ލަންކާގެ ސުގަތަދާސާ ސްޓޭޑިއަމްގައި ކުޅެ، ވަރުގަދަ އިންޑިއާ ބަލިކޮށް ރާއްޖޭން ފުރަތަމަ ތަށި އުފުލާލި ހަނދާންތައް އަނެއްކާ ވެސް އާ ވާނެ އެންމެ ބޮޑު ސަބަބަކީ އަންނަ މަހު ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ އަށް ފުރުސަތު ލިބުމެެވެ. ހާއްސަ ކަމަކީ މި ފަހަރު މުޅި މުބާރާތް އޮތީ ވެސް ރާއްޖޭގައި ކަމަށް ވުމެވެ.

އެފްއޭއެމުން ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ ފާހަގަކުރަން 2016 ވަނަ އަހަރު އޮގަސްޓް މަހު 29 ވަނަ ދުވަހު ހާއްސަ ހަރަކާތެއް ބާއްވައިފަ އެވެ. އެ ގޮތުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ޓީމާއި 2016 ވަނަ އަހަރުގެ ގައުމީ ޓީމުގެ މެޗެއް ކުޅުނެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ އަށް އަށް އަހަރު ފުރުން ފާހަގަކުރާށެވެ. އެ މެޗު ޝަރަފްވެރިކޮށްދިނީ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި ސްޕެއިނުގެ ތަރި ޒަވީ ހެނާންޑޭޒް އެވެ. ހދ. ކުޅުދުއްފުށީ ސަޕޯޓަރުން ގަލޮޅު ދަނޑަށް ގެނެސްގެން ވަރަށް ފޯރީގައި އެ އިވެންޓް ކުރިއަށް ގޮސް ނިންމާލި އެވެ.

ދިވެހި ފުޓްބޯޅައިގެ ފޯރި ފަނޑުވެފައިވާ މި ދަނޑުވަޅުގައި އަލުން އޭގެ ފޯރި ހިއްޕާލަން ބަލާއިރު، ސާފް ޗެމްޕިއަންޝިޕެއް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިއުމަކީ ވަރަށް ބޮޑު އެހީއަކަށްވާނެ އެވެ. އެކަން އެ ހާއްސަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ އޭރުގެ ޖެނެރަލް ސެކްރެޓަރީ އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެފްއޭއެމްގެ އޭރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވެސް ވަނީ ރާއްޖޭގައި އަދި ސާފް ޗެމްޕިއަންޝިޕެއް ބޭއްވުމަކީ ދިވެހި ފުޓްބޯޅަ އަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ "ކޮންމެ ދިވެހި ފުޓްބޯޅަ ސަޕޯޓަރަކު ވެސް އެދޭނެ" ކަމެއް ކަން ތޯރިގު ވަނީ ފާހަގަކުރައްވައިފަ އެވެ.

2016 ވަނަ އަހަރުގެ މެޗަށް ފަހު ގައުމީ ޓީމުގެ ކުރީގެ ކޯޗު ޔަންކޭ އަށް ހަނދާނީ ހަދިޔާއެއް ދެނީ.-- ފޮޓޯ: އިބްރާހިމް ފާއިދު

ގައުމީ ޓީމަަށް 2008 ވަަނަ އަހަރުގެ ސާފް ތަށި ހޯދައިދިން ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް، 2016 ވަަނަ އަހަރު ކުޅުނު ހާއްސަ މެޗަށް ފަހު ދިން އިންޓަވިއުގައި ބުނީ ރާއްޖޭގެ މި ފަސްގަނޑުގައި ސާފް ތަށި ބަހައްޓަން އަބަދުވެސް ބޭނުންވާނީ ރަނގަޅު ޕްލޭންތަކެއް ކަމަށާއި ހުނަރަށް ބަލާއިރު އަބަދުވެސް ރާއްޖެ މުއްސަނދިވާނެ ކަމަށެވެ.

ސާފްގެ ކާމިޔާބީގެ އުފާފާޅުކުރުންތައް ހާއްސަ ގޮތަކަށް އެ ފަހަރު ނިންމާލިތާ ދެ އަހަރު ފަހުން ރާއްޖޭން ވަނީ ސަރަހައްދުގެ ތަށި ދެ ވަނަ ފަހަރަށް އުފުލާލައިފަ އެވެ. ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެ ވަނަ ފަހަރަށް ހޯދީ ފުރަތަމަ އެ މުބާރާތް ކާމިޔާބުކުރިތާ 10 އަހަރު ފަހުންނެވެ.

ބަންގްލަދޭޝްގެ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދީ ފުރަތަމަ ފަހަރެކޭ އެއްގޮތަށް ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ. އެކަމަކު، ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރު ހޯދި ޓީމުގެ ތަފާތަކީ އެ ފަހަރު އޮތީ ނިސްބަތުން ޒުވާން ކުޅުންތެރިންގެ ސްކޮޑެއް ކަމެވެ.

ތަށި ދިފާއުކުރަން ބަލާއިރު، ރާއްޖޭން އަންނަ މަހުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުންނާނީ، 2018 ވަނަ އަހަރުގެ ޓީމުގެ ގިނަ ކުޅުންތެރިންގެ އިތުރުން އެ ފަހަރު އެކި ސަބަބުތަކާ ހުރެ ޓީމުން ފުރުސަތު ނުދިން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ޓީމުގައި ހިމަނައިގެންނެވެ.

މުބާރާތެއް ހޯސްޓްކޮށްގެން ކާމިޔާބީ ހޯދުމުގެ އިހުސާސް ވަރަށް ތަފާތުވާނެ

ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދިއިރު ވެސް ފައިނަލް ކުޅުނީ އަމިއްލަ ގައުމުން ބޭރުގަ އެވެ. އެކަމަކު، މި ފަހަރު މުބާރާތުގެ ޝެޑިއުލް ރޭވިފައި އޮތްގޮތުން އަމިއްލަ ގައުމުގައި ފައިނަލެއް ކުޅުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ. އޭއެފްސީ ޗެލެންޖް ކަޕް 2014 ވަނަ އަހަރު ރާއްޖޭން ހޯސްޓްކުރި ނަަމަވެސް ފައިނަލަށް ދަތުރު ނުކުރެވުނީ ނަސީބުގެ އެހީވެސް ނެތި ސެމީން ބަލިވުމުންނެވެ.

ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި 2018 ވަނަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު އޭރު ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނީ ހަގީގަތުގައި ދިވެހި ޓީމަށް ބޭނުންވާނެ އެއް ކަމަކީ އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތެއް ކުޅެލުން ކަމަށެވެ. އޭގެ ސަބަބުން ކުޅުންތެރިންގެ ކެރިއަރަށް ގިނަ ފައިދާތަކެއް ކުރާނެކަން ސެގާޓް ވަނީ އެ ފަހަރު ފާހަގަކޮށްފަ އެވެ.

"ރާއްޖޭގައި އަހަންނާ ދިމާވާ ކޮންމެ މީހަކީ ފުޓްބޯޅަ ސަޕޯޓަރެއް. އެ މީހުންގެ ޓީމު (ގައުމީ ޓީމު) ކުޅޭތަން ބަލާލަން. ފައިނަލެއް ބަލާލަން ކިހާ ބޭނުންވާނެ. މިރޭ (2018 ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅުނު ރޭ) އަހަންނަށް މި ތަނުގައި ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ތިބިތަން ފެނުނަމަ ކުޅުންތެރިންގެ މޫނުމަތިން ފެންނާނެ އިހުސާސްތައް އެތައް ގުނައެއް އިތުރުވާނެ،" 2018 ވަަަނަ އަހަރު އިންޑިއާ އަތުން 2-1 އިން މޮޅުވި ފައިނަލް މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުގައި ސެގާޓް ބުންޏެވެ.

ސާފްގައި ރާއްޖެ ވާދަކުރަން ފެށިތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭން މި ފަހަރު ނުކުންނާނީ ދިވެހި ކޯޗަކާ އެކު އެވެ. ސާފް ޗެމްޕިއަންޝިޕަށް މުޅި ޓީމު، ކޯޗިން ސްޓާފުން ވެސް ހިމެނޭ ގޮތަށް ދިވެހި ކޮށްފައިވާއިރު، ޓީމުގެ ހެޑް ކޯޗަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ އެންމެންގެ އިތުރުން މީޑިއާ އާއި އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާގެ ސަޕޯޓް ވަރަށް މުހިއްމު. ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި ހުރިހާ ކާމިޔާބެއް ގުޅިފައި އޮތީ 12 ވަނަ ކުޅުންތެރިޔާއާ. އެއީ އެ ކުޅުންތެރިޔާ ނުލައި ހޯދުނު އެއްޗެއް ނެތް،" އެއްބައިވަންތަކަމާ އެކު މުޅި ގައުމުގެ ސަޕޯޓަށް ގައުމީ ޓީމުން އެދޭކަން ފާހަގަކޮށް ސުޒޭން ބުންޏެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަަސް.އެމްވީ

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ގިނަ މަސައްކަތްތަކެއް ކޮށްގެން ވެސް މި އަހަރު ބަންގްލަދޭޝްގައި މުބާރާތް ހޯސްޓްކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެހެންވެ، ޖެހުނީ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން ބިޑަށް ހުޅުވާލާށެވެ.

ސާފް ހޯސްޓްކުރަން މި ފަހަރު އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ ރާއްޖެ އާއި ނޭޕާލް އަދި އިންޑިއާ އިންނެވެ. އެކަމަކު، ރަސްމީކޮށް ބިޑްކުރީ ރާއްޖެ އާއި ނޭޕާލުންނެވެ. އެންމެ ފަހުން ސަރަހައްދުގެ ހުރިހާ ގައުމެއްގެ ތާއީދާ އެކު ރާއްޖޭގައި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ލިބުނެވެ. އެފްއޭއެމުން ބުނީ ބިޑް ކާމިޔާބު ކުރެވުމުގައި ސަރުކާރުން ދިން އެއްބާރުލުން އިސް ދައުރެއް އަދާކުރި ކަަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހު 1-16 އަށެވެ.

މިއީ ކޮވިޑްގެ ހާލަތުގެ ސަބަބުންނާއި އެެހެނިހެން ގޮތްގޮތުން ވަރަށް ގިނަ ރައްޔިތުންތަކެއް މާޔޫސްވެފައި ތިބި ދަނޑިވަޅެއްކަން ފާހަގަކޮށް މިއީ އެ އެންމެނަށް އުފާވެރިކަން ގެންނަން ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ. އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން އެ އުފާވެރިކަން ގެނެވޭނީ އެންމެން އެކައްޗެއް ކިޔައިގެންނެވެ. އަދި ކެނޑިފައި އޮތް ފުޓްބޯޅަ ފޯރި އަލުން ގެންނަން ބަލާއިރު، ސާފް ޗެމްޕިއަންޝިޕް ބާއްވަން މި ފަދަ ފުރުސަތަކަށް ރާއްޖެ އޮތީ ފެންބޮވައިގަނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox