ކާބުލް އެއާޕޯޓު އަލުން ހުޅުވަން ތާލިބާނާއެކު ގަތަރާއި ތުރުކީން މަސައްކަތް ފަށައިފި

ކާބުލް އެއާޕޯޓުގެ ރަންވޭގައި ތާލިބާނުންގެ އިސްވެރިން.-- ފޮޓޯ: އޭއެފްޕީ

ކާބުލް އެއާޕޯޓުގެ ރަންވޭގައި ތާލިބާނުންގެ އިސްވެރިން.-- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ސެޕްޓެމްބަރު 2) - އެމެރިކާގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދިޔަ ފަހުން ބަންދުކޮށްފައިވާ ކާބުލް އެއާޕޯޓު އަލުން ހުޅުވަން ތާލިބާނާއެކު ގަތަރުން މަސައްކަތް ފަށައިފި އެވެ.

އެމެރިކާގެ ފައުޖުތައް ފުރި ފަހުން އެއާޕޯޓަށް ޖެއްސި އެންމެ ފުރަތަމަ ފްލައިޓަކީ ޓެކްނީޝަނުންގެ ޓީމެއް ގޮވައިގެން އައި ގަތަރު އެއާވޭޒްގެ ފްލައިޓެކެވެ. ގަތަރުގެ ދޯހާއަކީ އަފްގާނިސްތާނު ދޫކޮށް ދިޔަ ގިނަ ރެފިއުޖީން ތިން ވަނަ ގައުމެއްގައި ދިރިއުޅުން ފެށުމުގެ ކުރިން މަޑުކުރާ ޕޮއިންޓެވެ.

ގަތަރުން ބުނީ ކާބުލް އެއާޕޯޓުގެ އޮޕަރޭޝަންތައް އެއްވެސް މައްސަލައެއް ނެތި އަވަހަށް ފެށުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އުއްމީދަކީ ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމާ އެއާޕޯޓު އޮޕަރޭޓް ކުރަން ފެށުން،" ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުލް ރަހްމާން އަލް ސާނީ ވިދާޅުވި އެވެ.

އޯގަސްޓު 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުންނާއި ގަތަރުގެ ސަރުކާރާ މެދު ގާތް ގުޅުމެއް އޮވެ އެވެ.

"އަފްގާނިސްތާނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ގައުމުން ފުރުމުގެ ހުއްދަ ދިނުމާއި ދަތުރު ކުރުމުގެ މިނިވަންކަން ދޭނެ ކަމަށް ތާލިބާނުން ވެފައިވާ ވައުދު ތަންފީޒު ކުރާ މަންޒަރު ފެނުން ވަރަށް މުހިއްމު".

ޝެއިހް މުހައްމަދު އިތުރަށް ވިދާޅުވީ އެއާޕޯޓު އަލުން ހުޅުވުމާ ގުޅޭ މަޝްވަރާތަކުގައި ތުރުކީން ވެސް ބައިވެރިވަމުންދާ ކަމަށާއި އެ ގައުމުން ޓެކްނިކަލް އެހީތެރިކަން ލިބޭނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ތުރުކީން ބުނީ އެއާޕޯޓާ ގުޅޭ ގޮތުން ތާލިބާނުންނާއި ބައެއް އެހެން ފަރާތްތަކުން ހުށަހެޅު ހުށަހެޅުންތައް އިވެލުއޭޓް ކުރަމުންދާ ކަމަށެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ އެއާޕޯޓުގެ ބޭރާއި އެތެރޭގެ ސެކިއުރިޓީއަށް ކަމަށެވެ.

އަފްގާން ސިވިލް އޭވިއޭޝަން އޮފިޝަލަކު ގަތަރުގެ އަލްޖަޒީރާ ނޫހަށް ބުނީ ކާބުލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"ޑޮމެސްޓިކް ފްލައިޓުތައް ހުކުރު ދުވަހު ފަށާނެ. އެކަމަކު އިންޓަނޭޝަނަލް ފްލައިޓުތައް އަލުން ފެށުމަށް ވަގުތު ނަގާނެ".

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox