ގަތަރާއި ސައުދީގެ ހަކަތަ އުފައްދާ މަރުކަޒުތައް ހުއްޓުމަކަށް

Mar 2, 2026, 2:03 PM
ގަތަރާއި ސައުދީގެ ހަކަތަ އުފައްދާ މަރުކަޒުތައް ހުއްޓުމަކަށް

އިރާނުން ދިން ހަމަލާތަކަކާ ގުޅިގެން ގުދުރަތީ ގޭސް އުފެއްދުން ހުއްޓާލާފައިވާ ކަމަށް ގަތަރުގެ ދައުލަތުގެ ހަކަތަ ކުންފުނިން ބުނެފިއެވެ.

މި ހަމަލާތަކާއެކު ޔޫރަޕްގެ ބާޒާރުގައި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ހަމައެއާއެކު، ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުގައި ހުންނަ ރަސް ތަނޫރާ ތެޔޮ ރިފައިނަރީއަށް ދިން ޑްރޯން ހަމަލާއެއްގައި އަލިފާން ރޯވުމާ ގުޅިގެން، އެތަނުގެ ބައެއް ޔުނިޓްތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ގައުމުން ވަނީ އިއުލާނުކޮށްފައެވެ.

ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި އެލްއެންޖީ އުފައްދާ ގަތަރު އެނާޖީ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީ އާއި މަސައީދު އިންޑަސްޓްރިއަލް ސިޓީގައި ހުރި އެ ކުންފުނީގެ މަރުކަޒުތަކަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން، އެލްއެންޖީ އާއި އެއާ ގުޅުންހުރި އުފެއްދުންތައް އުފެއްދުން ހުއްޓާލާފައިވާ ކަމަށެވެ.

މި އިއުލާނަށް ފަހު މާގިނަ އިރުތަކެއް ނުވެ، ޔޫރަޕްގެ ބާޒާރުގައި ގުދުރަތީ ގޭހުގެ އަގު ގާތްގަނޑަކަށް 50 އިންސައްތަ އުފުލުނެވެ.

މީގެ ކުރިން ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނީ، އިރާނުން ފޮނުވާލި ދެ ޑްރޯން ހަމަލާއެއް އެ ގައުމަށް އަމާޒުވެފައިވާ ކަމަށެވެ.

"އެއް ޑްރޯން އަމާޒުވީ މަސައީދުގައި ހުންނަ ކަރަންޓު އުފައްދާ މަރުކަޒެއްގެ ފެން ޓޭންކަކަށް. އަދި އަނެއް ޑްރޯން އަމާޒުވީ ރަސް ލައްފާންގައި ހުންނަ ގަތަރު އެނާޖީގެ މަރުކަޒަކަށް،" އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނު ދެ ޑްރޯންއަކުން ރަސް ތަނޫރާ ރިފައިނަރީއަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށާއި، އެ ޑްރޯންތައް ހުއްޓުވި ނަމަވެސް އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށެވެ.

މި ހަމަލާގައި އެތަނަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކު މަރެއް ނުވެއެވެ.

ރަސް ތަނޫރާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ތެޔޮ ސާފުކުރާ ރިފައިނަރީ އެވެ. އެތަނުން ދުވާލަކު 550,000 ފީފާ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ހުރެއެވެ.

އިރާނުން މި ހަމަލާތައް ދީފައިވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ. ސައުދީގެ ހަކަތައާ ބެހޭ މިނިސްޓްރީން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށާއި، ނަމަވެސް އެ ގައުމުގެ އެތެރޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް މީގެ ސަބަބުން ބުރލެއް ނާރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox