އާ ސީޕްލޭން ޓާމިނަލްގެ އެގްޒެކެޓިވް ލައުންޖް ހިންގާނެ ބަޔަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް: އަހަރުގެ ނިމުމުގެ ކުރިން މި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް އެމްއޭސީއެލްއިން ލަފާކުރޭ. -- ފޮޓޯ: ޑައިނަމީސްޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް: އަހަރުގެ ނިމުމުގެ ކުރިން މި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް އެމްއޭސީއެލްއިން ލަފާކުރޭ. -- ފޮޓޯ: ޑައިނަމީސްޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ އެގްޒެކެޓިވް ލައުންޖް ހިންގާނެ ބަޔަކު ހޯދަން އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް) އިން އިއުލާނުކޮށްފި އެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން ކުރި އިއުލާނުގައި ބުނީ މި ލައުންޖަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރިސޯޓުތަކާއި، ސީޕްލޭން އޮޕަރޭޓަރުންނާއި، ޓުއާ އޮޕަރޭޓަރުންނަށް ކަމަށެވެ. އަދި މީގެ ތެރެއިން ލައުންޖް ހިންގަން ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށައެޅުމަށް ވަނީ ހުޅުވާލާފަ އެވެ.

މި އެގްޒެކެޓިވް ލައުންޖް އެމްއޭސީއެލްއިން ދޫކުރަނީ ގޮޅިތަކަށް ބަހާލައިގެންނެވެ. އަދި އެމްއޭސީއެލްގެ އިރުޝާދާ އެއްގޮތަށް މި ގޮޅިތަކުގައި އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ނިންމާ، ހިންގަން ޖެހެނީ އެ ގޮޅި ލިބޭ ފަރާތުންނެވެ. އަދި އެއް ގޮޅިޔަށް ވުރެ ގިނަ ގޮޅިޔަށް ވެސް އެއް ފަރާތަކަށް ހުށައެޅި ދާނެ އެވެ.

އެމްއޭސީއެލްއިން ބުނީ މި ލައުންޖްތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން 12 ސެޕްޓެމްބަރުގެ ކުރިން ބިޑު ހުށައަޅަން ރަޖިސްޓްރީ ވުމަށް ފަހު، 27 ސެޕްޓެމްބަރުގެ ކުރިން ބިޑު ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި އެދޭ ކޮންމެ ގޮޅިޔަކަށް ބިޑް ސެކުއިރިޓީގެ ގޮތުގައި 10،000 ޑޮލަރު (154،200ރ.) ދައްކަން ޖެހެ އެވެ.

މީގެ ކުރިން ވެސް އެމްއޭސީއެލްއިން އާ ޓާމިނަލުގައި ލައުންޖްތައް ހިންގަން ހުޅުވާލި އެވެ. އަދި އެކަމަށް ގިނަ ފަރާތްތަކަކުން ކުރިމަތިލި އެވެ. މިއީ އެ ބިޑުތައް ކެންސަލް ކުރުމަށް ފަހު އަލުން ހުޅުވާލި ޖާގައެއްތޯ ނޫނީ މުޅިން އާ ޖާގަތަކެއްތޯ އެމްއޭސީއެލްއިން އޮޅުންފިލުވަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، 55 މިލިއަން ޑޮލަރު (850 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރާ ތަނެކެވެ. ހަތަރު ފަންގިފިލާގެ މި ޓާމިނަލަކީ މިހާރު ބޭނުންކުރާ ޓާމިނަލަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ ވަސީލަތްތައް ހުންނަ ޓާމިނަލެކެވެ.

އެމްއޭސީއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ކުރިޔަށްދަނީ ޓާމިނަލު ނިންމުމުގެ ކުރިން ނިންމަން ޖެހޭ އެންމެ ފަހު މަސައްކަތްތަކެވެ. އަދި އެއްކޮށް ޓާމިނަލް ހަވާލުކުރާނީ އެ މަސައްކަތް ނިމުމުން ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެ އެވެ. އެކަމަކު ކުއްޔަށް ދޫކޮށްފައިވާ ލޯންޖުތަކުގެ ފިނިޝިން އާއި އެހެނިހެން މަސައްކަތްތައް ނިންމުމަށް ޓާމިނަލް ބޭނުންކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox