މާލެ-ތިލަފުށި ބްރިޖު އަޅަން އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްފި

ބްރިޖުގެ 3ޑީ ކުރެހުމެއް:

ބްރިޖުގެ 3ޑީ ކުރެހުމެއް:

ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ ރަށްތައް ގުޅާލަން ހިންގާ މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. މި ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އިންޑިއާ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލޯނުންނެވެ.

މާލެ-ތިލަފުށި ލިންކް ދަށުން މާލެ އާއި، ވިލިމާލެ އާއި، ގުޅިފަޅާއި، ތިލަފުށި ގުޅާލާނެ އެވެ. އަދި މި ލިންކު ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމު ކުރެވޭނެ އެވެ.

މި ލިންކުގައި ހިމެނޭ ކޮންމެ ބްރިޖެއްގައި ވެސް ކަނޑު އުޅަނދުފަހަރަށް ދަތުރުކުރެވޭ ގޮތަށް ނެވިގޭޝަން ބްރިޖް ބައެއް ހިމެނޭނެ އެވެ. މިއީ 70 މީޓަރު ފުޅާ 12 މީޓަރު އުސް މިނުގައި ކޮންމެ ކަނޑުއޮޅިއެއްގައި ގާއިމު ކުރެވޭ ބްރިޖްތަކެކެވެ. މިތަނުގެ ދަށުން ބޮޑެތި މަސް ދޯނިފަހަރަށާއި، މުދާ އުފުލާ ދޯނިފަހަރާއި، ބާޖުތަކަށް ދަތުރުކުރެވޭނެ އެވެ. އެކަމަކު އެއްވެސް ސައިޒެއްގެ އާގުބޯޓަކަށް ދަތުރެއް ނުކުރެވޭނެ އެވެ.

ސަރުކާރުން މި މަޝްރޫއަށް އެންމެ ބޮޑު އިސްކަމެއްދޭ ސަބަބުތަކުގެ ތެރޭގައި މާލޭ ކޮމާޝަލް ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއު ހިމެނެ އެވެ. އަދި މި ސަރަހައްދުގެ ހުރިހާ ރަށެއް ގުޅާލުމުގެ މައިގަނޑު ބޭނުމަކީ ޕޯޓުގެ މަސައްކަތް ގުޅިފަޅަށް ބަދަލުކުރުމާއި ތިލަފުށީގައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކާ ގުޅުވާލުމެވެ.

މީގެ ސަބަބުން އިގުތިސޯދަށް، ހާއްސަކޮށް އެކްސްޕޯޓާއި އިމްޕޯޓުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި ލިންކުގެ ސަބަބުން މާލޭ ސަރަހައްދުގެ ހުރިހާ ރަށްތަކެއް ގުޅާލެވުމުން އާންމުންނަށާއި ވިޔަފާރިތަކުގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިޔަށްދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ބައިގައި ހިމެނެނީ މާލެއިން ގުޅީފަޅަށް ގުޅާލުމެވެ. މި މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. ދެވަނަ ބައިގައި ހިމެނެނީ ތިލަފުށިން ގުޅިފަޅަށް ގުޅާލުމެވެ.

މި މަސައްކަތް ނިންމަން 32 މަސް ހޭދަވާނެ އެވެ. އެކަމަކު މި ދެބައިގެ މަސައްކަތް ފަށާނީ އެއްފަހަރާ އެވެ.

މި މަސައްކަތް ހަވާލުކުރި އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ މިފަދަ މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން އިންޑިއާ އަދި އެފްރިކާ ބައްރުގައި ބޮޑެތި މަޝްރޫއުތަކެއް މި ކުންފުނިން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox