އިންފޮމޭޝަން ކޮމިޝަނަރުކަމަށް އާހިދު އައްޔަނުކުރަން ކޮމިޓީން ނިންމައިފި

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން ރައީސް ނަން ފޮނުއްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރަނީ. -ފޮޓޯ: މަޖިލިސް

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން ރައީސް ނަން ފޮނުއްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރަނީ. -ފޮޓޯ: މަޖިލިސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިންފޮމޭޝަން ކޮމިޝަނަރުކަމަށް އަހްމަދު އާހިދު ރަޝީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުނުކުރެވި އެތައް މަހެއް ހޭދަވެފައިވާއިރު، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ނަމެއް މަޖިލީހަށް ފޮނުއްވި އެވެ.

އެގޮތުން، ކޮމިޝަނަރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވީ އާހިދުގެ އިތުރުން އަޒްލީމާ އަހްމަދާއި، ޝިހާމް މުހައްމަދު ވަހީދާއި މަރިޔަމް އަލީމްގެ ނަމެވެ.

އޭގެ ތެރޭގައި ހިމެނޭ ޝިހާމާއި އާހިދުގެ އިތުރުން މަރިޔަމް އަލީމް އަކީ މީގެ ކުރިން ވެސް ރައީސް ސޯލިހު ފޮނުއްވި ތިން ބޭފުޅުންނެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދުގައި އިންނަ ބޮޑު ބާގަނޑެއްގެ ތެރެއިން، ކޮމިޓީގެ ބައެއް މެމްބަރުން ވަކި ބޭފުޅަކު ނަގަން މަސައްކަތް ކުރި ކަމުގެ ތުހުމަތާއެކު، އެއްވެސް ނަމެއް ތަޅުމާ ހަމައަށް ގެންދެވޭ ކަމަކަށް ނުވި އެވެ.

ފަހުން ފޮނުއްވި ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ކޮންމެ ބޭފުޅަކަށް ރުހުން އޮތްތޯ ވަކިވަކިން ވޯޓަށް އަހާފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އާހިދު އައްޔަން ކުރަން ކޮމިޓީން މިއަދު ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ނިންމުމާއެކު ކޮމިޝަނަރު ކަމަށް އާހިދު އައްޔަނުކުރެވޭނީ މަޖިލީހުގެ ތަޅުމުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ.

މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އާއްމުކޮށް އިއުލާނުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަދުވެގެން އެއް ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން ފާސްކުރުން ލާޒިމެވެ.

ނަމަވެސް، އެ މަގާމުގައި މީގެ ކުރިން ހުންނެވި ހުސެއިން ފިޔާޒް މޫސާ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން އައިކޮމް ދައުލަތުގެ އެފަދަ އެހެން މުއައްސަސާތަކާ ތަފާތެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން، ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއް އާއްމުކޮށް ގިނަ ވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ހޯދަން އެދުނު ފަރާތަކަށް ފޯރުކޮށްދޭންޖެހެ އެވެ.

އެކަމަކު އެފަދަ މައުލޫމާތެއް ދޫނުކުރެވޭ ކަމަށް ބުނެ އުފެދޭ ހިލާފަކާ މެދު ގޮތް ނިންމާނީ ސީދާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އެ މަގާމުގައި މީހަކު ނެތުމުން މުޅި ގާނޫނު ހުއްޓޭ ސަބަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox