ގިނަ ރައްޔިތުން އެދޭނަމަ ނިޒާމުގެ ވޯޓަކަށް ސަރުކާރުން ދާނެ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ

Aug 23, 2021, 1:21 PM
މަބްރޫކް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތް ހޯދުމަށް ރައީސް ސޯލިހު ހުރަސްނުއަޅުއްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މަބްރޫކް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތް ހޯދުމަށް ރައީސް ސޯލިހު ހުރަސްނުއަޅުއްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އެކަށީގެންވާ އަދަދެއްގެ ގިނަ ރައްޔިތުން އެދޭ ނަމަ ވެރިކަން ހިންގުމުގެ ނިޒާމާމެދު އާންމު ރައްޔިތުންގެ ވޯޓަކަށް ދިޔުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގޮވާލާ މިހާރު ސޮއި ކުރަމުންދާ ޕެޓިޝަންގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއި ކޮށްފި ނަމަ, އެ މަސައްކަތަށް ރައީސް ހުރަސްނުއަޅުއްވާނެ ކަމަށެވެ.

ޕެޓިޝަން ރައީސް އޮފީހަށް ފޮނުވައިފި ނަމަ އެއާމެދު އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"އެއީ އަދި ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަން ކުރެވިގެން އައި ކަމެއް ނަމަވެސް ރައީސް ގަބޫލު ކުރައްވަނީ ރައްޔިތުންގެ ރިފަރެންޑަމަކުންނޭ ގޮތެއް ނިންމަންޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ހިންގާ ނިޒާމު ބަދަލު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަމުންދާއިރު އެމްޑީޕީގެ ވަރަށް ގިނަ އާންމު މެމްބަރުންނާއި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ މެމްބަރުން ގެންދަނީ ސޮއި ކުރަމުންނެވެ. ޕެޓިޝަން ތައްޔާރު ކުރާ ފަރާތްތަކުން ބުނަނީ އަމާޒަކީ އެ ޕެޓިޝަނަށް 100،000 ސޮއި ހޯދުން ކަމަށެވެ.

އެ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ މި ހިނގާ ރިޔާސީ ދައުރުގެ މެދު ތެރެއިން ނިޒާމުގެ ވޯޓަކަށް ގޮސް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި އޮއްވަ އެވެ.

ބަރުލަމާނީ ނިޒާމަށް ހިންގުން ބަދަލު ކުރުމަށް ގޮވާލެއްވުމަށްފަހު ނަޝީދު ވަނީ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަން ވެސް އިއުލާން ކުރައްވައިފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް ހެއްދެވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިހާރު ވެރިކަން ހިންގާ އެމްޑީޕީގެ ފަރާތުން ނެރުނު މެނިފެސްޓޯގައި ބުނެފައި ވަނީ ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރާނެ ކަމަށެވެ.

"... ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހު އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖްލިސް ތެރެއިން. މިހެން މި ބަދަލު ގެނައުމުން ސަރުކާރުގެ މަތިބަރުކަން މާބޮޑަށް ކުޑަ ކުރެވިގެންދާނެ،" އެ މެނިފެސްޓޯގައިވެ އެވެ.

އޭގެ އިތުރުން ކޯލިޝަން މެނިފެސްޓޯގައި ވެސް ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމުގެ ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން "ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން" އެއީ ކުރާނެ މަސައްކަތެއްގެ ގޮތުގައި އެ މެނިފެސްޓޯގައި ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox