ވެލިފިނޮޅު ހިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިގެންފި

ވެލިގަނޑު ރިސޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. -- ފޮޓޯ: ހުސެއިން އަރުސަލާން

ވެލިގަނޑު ރިސޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. -- ފޮޓޯ: ހުސެއިން އަރުސަލާން

އއ. އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުން މަޑިވަރު ފަޅުގެ ބައެއް ގަވައިދާ ހިލާފަށް ހިއްކަމުންދާތީ އެކަން ހުއްޓުވައި ދިނުމަށް ގޮވާލައި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި ހަދާފައިވާ ވެލިފިނޮޅު ބޮޑުކުރަން ފަޅު ހިއްކުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުންވަމުންދާ ކަަމަށް ރަސްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ރަސްދޫގެ ބަޔަކު މުޒާހަރާކުރަން ފެށުމާ ގުޅިގެން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިވަގުތަށް ހުއްޓުވާފަ އެވެ.

Advertisement

ނަމަވެސް، އެ މަސައްކަތް ދާއިމީކޮށް ހުއްޓުވައި ދިނުމަށް ގޮވާލައި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ޑައިވިން އަދި ސްނޯކްލިންއަށް މަގުބޫލު ޕޮއިންޓުތަކެއް އެ ފަޅުގައި ހިމެނޭއިރު، ވެލިގަނޑު ރިސޯޓުން ހިއްކުމަށް ކުރާ މަސައްކަތްތަކުން އެ ސަރަހައްދަށް ގެއްލުންވަމުންދާ ކަމަށެވެ.

އަދި އެ މަޝްރޫއުއަށް ވެލި ނަގަމުންދަނީ، އީޕީއޭއިން މީގެ ކުރިން ވެލި ނެގުން މަނާކޮށްފައިވާ ސަރަަހައްދަކުން ކަމަށާއި ހުއްދަ ދީފައިވާ ސަރަހައްދުގެ ބޭރުން ބޮޑު ބައެއް ވެސް އެ ރިސޯޓުން ހިއްކާފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައި ވެ އެވެ.

އެހެންކަމުން، އެ މަޝްރޫއު ހުއްޓުވައި ދިނުމަށް ކަމާގުޅޭ އިދާރާތަކަށް އެ މައްސަލައިގައި ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލަ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގެންފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޑިވަރު ފަޅު ސަރަހައްދު ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ އޮކްޓޯބަރު 7، 2018 ގަ އެވެ. އެ ފަހުން 2019ގައި އެ ފަޅު ކައިރި ރަށްރަށުގެ މީހުން ވިޔަފާރި އުސޫލުން ވެލިނަގައިގެން ވިއްކުމާއި އެ ރަށްރަށު މީހުން އަމިއްލަ ބޭނުމަށް މަޑިވަރު ފިނޮޅާ ދުރުން ވެލި ނެގުމުން، ވެލިގަނޑާއި މަޑިވަރާ ދޭތެރޭގެ އެއްވެސް ސަރަހައްދަކުން ވެލި ނެގުމަކީ މަނާ ކަމަށް އީޕީއޭއިން ވަނީ އަންގާފަ އެވެ.

މި މައްސަލައިގައި އީޕީއޭން ބުނީ ވެލިގަނޑު ރިސޯޓުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުން ރިޒޯޓުގެ ފަޅުން ބޭރަށް ސެޑިމެންޓް ޕްލޫމް ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް ސެޑިމެންޓްގެ އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައް އެ އޭޖެންސީއަށް ލިބިފައިވާ ކަމަށެވެ. ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު، އެމައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭ އިން ބުންޏެވެ.

"އެ ސެޑިމެންޓްގެ އަސަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި، މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލަން މި އެޖެންސީން ވަނީ އަންގާފައި،" އީޕީއޭ އިން ބުންޏެވެ.

އެ މަޝްރޫއު ވަގުތީ ގޮތުން ހުއްޓުވާފައިވީ ނަމަވެސް، އެ މަސައްކަތް އަލުން ފަށައިފިނަމަ، އަލުން މުޒާހަރާކުރާނެ ކަމަށް އެކަމުގައި އުޅޭ މީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox