ސްކޫލުން ކޮއްކޮއަށް ދިން ޓެބްލެޓް ވިއްކާލި އަންހެނަކު ޖަލަށް

Aug 20, 2021, 4:48 AM
ކުރިމިނަލް ކޯޓު: ޓެބްލެޓެއް ވިއްކާލި އަންހެނަކު ޖަލަށްލީ ދެ މަހަށް

ކުރިމިނަލް ކޯޓު: ޓެބްލެޓެއް ވިއްކާލި އަންހެނަކު ޖަލަށްލީ ދެ މަހަށް

ކިޔެވުމުގެ ބޭނުމަށް ސްކޫލުން ދިން ޓެބްލެޓް ވިއްކާލި އަންހެނަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ވިލިމާލޭގައި ދިރިއުޅޭ އާއިލާއެއްގެ ތެރޭ ހިނގި މި ހާދިސާގައި އަންހެން މީހާ ވަގަށް ނަގައި، ވިއްކާލާފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ޓެބްލެޓެވެ.

ކުރިމިނަލް ކޯޓުން އާންމުކޮށްފައިވާ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަށް ބަލާއިރު ޓެބްލެޓް ނަގައިގެން އަންހެން މީހާ ދިޔައިރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި، އެ ދިޔަ މަގުމަތީ އޭނާގެ ރައްޓެއްސަކަށް ޓެބްލެޓް ވިއްކާލީ 300 ރުފިޔާ އެވެ.

ޓެބްލެޓް ގެންދިޔަކަން އޭނާގެ މަންމައަށް އެނގިގެން އެކަމާ ސުވާލުކުރުމުން ބުނެފައިވަނީ މީހަކަށް ކުޅެލަން ދިނީ ކަމަށެވެ. އެ ޓެބްލެޓް އަނބުރާ ގެނައުމަށް މަންމަ އެންގުމުން، އޭނާގެ އެކުވެރިޔާ ގާތަށް ގޮސް ހުއްޓައި ފުލުހުން އެ ދެ މީހުން ހައްޔަރުކުރި އެވެ.

އޭގެފަހުން ފުލުހުން ވަނީ ޓެބްލެޓް، އަންހެންމީހާގެ މަންމައާ ހަވާލުކޮށްފަ އެވެ. އެއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ޓެބްލެޓް ވަގަށް ނަގާފައިވާތީ ދަރިފުޅަށް ދައުވާ ކުރަން ބޭނުންވާ ކަމަށް މަންމަ ވަނީ ފުލުހުން ގާތު ބުނެ ބަޔާން ދީފަ އެވެ.

އެކަމާ ގުޅިގެން އެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުން އެމީހެއްގެ މުދަލަކަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އުފުލި އެވެ.

މި ދައުވާގެ ޝަރީއަތުގައި އަންހެންމީހާ ވަނީ ޓެބްލެޓް ވިއްކި ކަމަށް އިއުތިރާފުވެފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތުގެ ދަށުން ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް މިދިޔަ ބުދަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox