އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ބިލެއް

އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ބިލެއް

ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރާ މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލުގެ ފުރަތަމަކިޔުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގައި އިއްވާފައިވާއިރު، އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމްކޮށް ޓްރަސްޓް ހިދުމަތްތަކުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގައި އިލެކްޓްރޯނިކް މުއާމަލާތްތައް ބަޔާންކޮށްފައިވާއިރު، މައުލޫމާތެއް އޮންނަންވާނީ ލިޔުމުންކަމަށް އެއްވެސް ގާނޫނަކުން ލާޒިމުކޮށްފައިވާ ހާލަތެއްގައި، ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާ ނަމަ، އެ މައުލޫމާތެއް ލިޔުމުން އޮތުމުގެ ގާނޫނީ ޝަރުތު އެ ޑޭޓާ މެސެޖުގައި ފުރިހަމަވާނެކަމަށް ބުނެފައި ވެ އެވެ.

ޑޭޓާ މެސެޖު ހެކީގެ ގޮތުގައި ބަލައިގަތުން

އެ ބިލު ފަރުމާކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ޑޭޓާ މެސެޖުތައް ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ގޮތަށެވެ.

އެގޮތުން، ހެކީގެ ގޮތުގައި ބަލާނީ ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާނަމަ އެވެ.

އަދި ޑޭޓާ މެސެޖެއް ބެހެއްޓިފައިވަނީ އެ މެސެޖު ޖެނެރޭޓުކުރެވުނު، ފޮނުވުނު ނުވަތަ ލިބުނުއިރު އޭގައިވާ މައުލޫމާތު ލިބުނުގޮތަކަށް ޔަގީންކަމާއެކު ދައްކުވައިދޭނެ ފޯމެޓެއްގައި ކަމަށްވާންޖެހޭނެ އެވެ.

titledesc

އޭގެ އިތުރުން ޑޭޓާ މެސެޖުގައި ހިމެނޭ މައުލޫމާތު ބެހެއްޓިފައިވަނީ، އެ މެސެޖު ޖެނެރޭޓުކުރެވުނު ތަނާއި ރައްދުވި ތަން އަދި އެ ޑޭޓާ މެސެޖު ފޮނުވުނު ނުވަތަ ރައްދުވި ތާރީހާއި ވަގުތު ދެނަގަނެވޭނެފަދަ ގޮތަކަށް ކަމަށްވާ ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އިލެކްޓްރޯނިކް އެއްބަސްވުންތަކާއި ޓްރަސްޓުގެ ހިދުމަތް

އެ ބިލުގައި ބުނާ ގޮތުން ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ފުރިހަމަވާންޖެހޭ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެ ފަރާތުން އެއްބަސްވާ ނަމަ، އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރިއްޔާއިން އެއްބަސްވުންތައް އެކުލަވާލެވިދާނެ އެވެ.

އެފަދަ އެއްބަސްވުންތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސޮއި ބަލައިގަނެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައި ކަނޑައަޅާފައި ވެ އެވެ.

އެގޮތުން ސޮއިގެ ކްރިއޭޝަން ޑޭޓާއަކީ ހަމައެކަނި އެ ސޮއިކުރި ފަރާތާ ގުޅުވައިދޭ ޑޭޓާއަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އޭގެ އިތުރުން އިލެކްޓްރޯނިކް ސޮޔާ ގުޅޭ ސެޓްފިކެޓް ދޫކޮށް އަދި ބެލެހެއްޓުމަށް ޓްރަސްޓުގެ ހިދުމަތެއް ބޭނުންކުރެވޭނެ އެވެ.

އެގޮތުން ރާއްޖޭން ބޭރުގެ އެފަދަ ހިދުމަތްދޭ ފަރާތްތައް ވެސް ބޭނުންކުރެވޭއިރު، ރާއްޖޭގައި އެ ހިދުމަތްތައްދޭ ފަރާތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓްކޮށް އާންމުކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ލާޒިމުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox