ޕާޓީގެ އިސްވެރިން ހުރަސް އަޅާ ކަމަށް ބުނެ ވަހީދު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ނައިސް ފަހަތަށް ޖެހިއްޖެ

އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސްކަން ކުރައްވާ އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސްކަން ކުރައްވާ އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ މަގާމަށް ވާދަކުރި ދިއްދޫ ދާއިރާގެ ރައީސްކަން ކުރައްވާ އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) އަށް ޕާޓީގެ އިސްވެރިން ހުރަސްއަޅާ ކަމަށް ބުނެ އޭނާ އެ ކަމުން ދުރަށް ޖެހެން ނިންމައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުނު ކަމަށް ބުނެ ޖަލްސާ ހުއްޓާލި އެވެ. ވަގުތީ ޗެއާޕާސަނެއް އިންތިހާބުވި ކަމަށް އިއުލާނެއް ނުކުރެ އެވެ. ބައްދަލުވުން ހޫނުވީ ވަގުތީ ޗެއާއަކު އިންތިހާބު ކުރުމަށް ނެގި ވޯޓާ ގުޅިގެންނެވެ.

ނަމަވެސް، އެ އިންތިހާބުގައި ވަހީދު އަށް ބޭނުންވާ ވަރަށް ވޯޓު ލިބިފައިވާ ކަމަށް އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) މިއަދު ވަނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ރިޕޯޓެއް ފޮނުވާފަ އެވެ.

މި ރިޕޯޓަށްފަހު ވަހީދު، ޝާހިދުއަށް ފޮނުވި ސިޓީއެއްގައި އޭނާ އެ މަގާމަށް ހޮވުނު ނަމަވެސް މަގާމާއި ހަވާލުވާން ބޭނުންނުވާ ކަމަށް ވަނީ ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި ވަހީދު ދެއްކީ ޝާހިދު ހިމެނޭހެން ޕާޓީގެ އިސްވެރިން އޭނާއަށް ހުރަސްއެޅުމެވެ.

އެގޮތުން ވަގުތީ ޗެއާޕާސަނުގެ މަގާމަށް ކުރިމަތިލާން ނިންމީ އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ އެދުމަށް ކަމަށާއި އެކަން ޝާހިދު އާއި ޕާޓީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެންގުމުން ކުރިއަށް ދިޔުމަށް އެ ދެ ބޭފުޅުން ދެންނެވި ކަމަށް ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ. ތާއީދު ލިބޭނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ.

"އެހެން ނަމަވެސް، އަޅުގަނޑަށް ތާއީދުކުރައްވައި އަދި އަޅުގަނޑު އެ މަގާމަށް ނުކުތުމަށް ހިއްވަރު ދެއްވި ޕާޓީގެ ރައީސް އާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން އެ ވޯޓާއި ހަމައަށް ދިޔައިރު އަމަލުކުރެއްވި ގޮތުންނާއި، އަދި އެ ވޯޓަށްފަހު އެ ފަރާތްތަކުން އަމަލުކުރައްވަމުން ގެންދަވާ ގޮތުން އަޅުގަނޑު އެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނޭ ކަމީ މިއަދު އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން،" ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލީ އޭނާ ނޫން މީހަކު އެ މަގާމަށް ގެންނަން ކަމަށް ވެސް ވަހީދު ވަނީ ތުހުމަތުކުރައްވާފަ އެވެ.

އޭނާގެ ސިޓީ ނިންމާލީ މިކަމުގައި އަމަލުކުރި ގޮތަށް ކުރިއަށް އޮތްތަނުގައި އަމަލުނުކުރުމަށް ޝާހިދު އާއި ސޯލިހު އަދި ޕާޓީގެ ޕީޖީ ގްރޫޕަށް އިލްތިމާސްކުރަމުންނެވެ.

ވަހީދުގެ އިތުރުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ މަގާމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ ނަމެވެ.

އޭގެ ތެރެއިން އަސްލަމްގެ ނަމަށް ވޯޓަށް އަހަން ރިޔާސަތުގައި އިންނެވި އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ވަނީ ދެކޮޅު ހަދައިފަ އެވެ. ރިޔާސަަތުން ބުނީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރަންޖެހޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމަށެވެ.

ރޭގެ ޖަލްސާގައި އަަސްލަމްގެ ނަމަށް ވޯޓަށް ނުއެހުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި ދިއްދޫ ވައްޑެއަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށް ނިންމުމުން ވެސް ޖަލްސާ ވަރަށް އަޑުގަދަވި އެވެ. ވައްޑެއަށް ތާއީދު ކުރައްވާ މެންބަރުން ބުނަމުންދަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox