ފޭކު ބުކިންތައް ބޮޑު އަގުގައި ވިއްކަނީ، ލޭބަ ކުއާޓާތަކުގައި ވެސް ޓޫރިސްޓުން!

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި: ޓޫރިސްޓުގެ ޑިމާންޑް ވަނީ ބޮޑުވެފައި. --ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި: ޓޫރިސްޓުގެ ޑިމާންޑް ވަނީ ބޮޑުވެފައި. --ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އެ ހޮޓަލުގެ މެނޭޖަރުގެ ކަންބޮޑުވުމަކީ އޮޅުވާލައިގެން ރާއްޖެއަށް ޓޫރިސްޓުން އެތެރެކޮށް ބަޔަކު ނާޖާއިޒު ފައިދާ ނެގުމެވެ. މި ވާހަކަ "އަދަދު"ގެ ނޫސްވެރިންނާ ހިއްސާކުރަން އެތަނުގެ ރެސްޓޯރަންޓުގައި އިންނަވަނިކޮށް އޭނާ ނުދަންނަ ނަމްބަރަކުން އައީ ފޯން ކޯލެކެވެ.

އެކޮޅުގެ ވާހަކަތަކަށް ޖަވާބުދީފައި ފޯނު ބޭއްވީ "ފައިސާއަކީ އަހަރެންނަށް ހުރިހާ އެއްޗެއް ނޫން ކަމަށް" ވިދާޅުވެ އެެވެ.

އަހަރެމެންނާ ދިމާލަށް ބަލާލާފައި އޭނާ ވިދާޅުވީ "މިހާރު ވެސް އެ ގުޅީ ފޭކު ބުކިންއެއް ހަދައިދޭން އެދި" ކަމަށެވެ. އެ ހޮޓަލުގެ ނަމުގައި ފޭކު ބުކިންއެއް ދީފި ނަމަ ބޮޑު އަދަދުން ފައިސާ ދޭން ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ, ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެފައިވާ އިރު, ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ހަދައި އަންނަން ބޭނުންވާ މީހުން ގެނައުމުގެ ޖަރީމާ ހިންގާ އެއް ގޮތެވެ.

ހޮޓާތަކުގެ ނަމުގައި ފޭކު ބުކިންދީގެން ގެނައުމެވެ. މިކަމުގައި ދިވެހިންނާއި ބިދޭސީންގެ ދައުރު އޮތް ކަން އެނގުނީ މި މައްސަލައިގައި "އަދަދު"އާ ވާހަކަ ދެއްކެވި މާލޭގެ ގެސްޓް ހައުސްތައް ހިންގާ މީހުން ދެއްވި މައުލޫމާތުތަކުންނެވެ.

މިގޮތަށް އަންނަ މީހުން ގިނަވެ, މާލެ އާއި ރަށްރަށުގައި ވެސް ހޮޓާތަކާއި ގެސްޓް ހައުސްތައް މިއޮތީ ފުރިބާރުވެފަ އެވެ. ރާއްޖެ އެތެރެވާން ބޭނުންވާ ގިނަ ބަޔަކު ތިބުމުން އޭގެ ނާޖާއިޒު ފައިދާ އެއްބަޔަކު ނަގަނީ އެވެ.

ރާއްޖެ އެތެރެވުމުގެ ކުރިން ޓޫރިސްޓުން ތިބޭނެ ތަނެއް އިމިގްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ. އެހެން ހުށަހަޅާއިރު މަދު ރޫމް ހުންނަ ގެސްޓް ހައުސްތަކުގެ ނަމުގައި ދުވާލެއްގެ މައްޗަށް އެތައް ބައިވަރު މީހުން ރާއްޖެ އެތެރެވާތީ އެފަދަ ތަންތަނަށް ގުޅައި ޗެކް ކުރަން އިމިގްރޭޝަނުން މިވަނީ ފަށައިފަ އެވެ. އެގޮތަށް ޗެކް ކުރާއިރު އެނގެނީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ ނަމުގައި ފޭކް ބުކިން ހަދައިގެން އެތައް ބަޔަކު އެތެރެވާ ކަމެވެ.

ބައެއް ފަހަރަށް އަނބުރާ ފޮނުވާލަނީ އެވެ.

"މީހުން އެތެރެ ކުރަނީ ކޮންމެވެސް މޮޅު ހޮޓަލެއްގެ ނަމުގައި. އެއާޕޯޓުން އަހަރެމެންނަށް ގުޅާ އަހަނީ ތި ހޮޓަލުގެ ނަމުގައި މިވެނި ވަރަކަށް މީހުން އެބަތިއްބޭ. ދެން އެއީ އަޅުގަނޑުމެންގެ މީހުން ނޫން ކަމަށް ބުނީމައި ފޮނުވާލަނީ. މިކަން ވަރަށް ބޮޑު،" ހޮޓަލުގެ މެނޭޖަރު ބުންޏެވެ.

ވަގު ބުކިން ހައްދައިގެން ޓޫރިސްޓުން ގެނެސް މަގުމަތި ކުރާ މައްސަލަ ވެސް ބޮޑެވެ. އެކަމުގައި އިސްކޮށް ބިދޭސީން ހަރަކާތްތެރިވެ އެވެ. އެގޮތުން، އޮޅުވާލައިގެން ޓްރެފިކް ކުރި 180 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ ހޯމަ އަނބުރާ ފޮނުވާލާފައިވާއިރު، އޭގެ ކުރިން ރޭ ރާއްޖެ އައި ބަޔަކަށް ފަސް ތަރީގެ ހޮޓަލެއް ކަމަށް ބުނެ ބުކިން ހައްދާފައި އޮތީ ފަޅު ގެއެއްގެ ނަމުގަ އެވެ.

މާލޭގެ ހޮޓާތަކާއި އެޕާޓްމަންޓުތައް ހިންގާ އެހެން ކުންފުންޏެއްގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި މަހު ކުލީގެ ގޮތުގައި ޑޮލަރުން ފައިސާ ދީގެން ދިގު މުއްދަތަށް ތަންތަން ނަގަން ވެސް ބިދޭސީން އަންނަނީ ގުޅަމުންނެވެ. ނަމަވެސް އެހެން ގުޅާ ބިދޭސީން އެ މީހުން ނިސްބަތްވާ ކުންފުނިތައް ފަދަ މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހަދާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނެފިން އެކަހަލަ ކަމުނުދާ ކަންކަމުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނޭ. އެކަމަކު ޑޮލަރުން ފައިސާ ދޭން ބުނީމަ އެންމެން އެހެން ދޫކޮށެއް ނުލާނެ ދެއްތޯ،" ފުޅާ ދާއިރާގައި ހޮޓަލާއި ގެސްޓްހައުސް ހިންގާ އޯނަރު ވިދާޅުވި އެވެ.

ހުރިހާ ތަނެއް ފުލް, ކޮޓަރިއެއް ނުލިބޭ

ރާއްޖެއަކީ މިހާރު މެދުއިރުމައްޗާއި ޔޫރަޕަށް ދަތުރު ކުރާ އިންޑިއާ މީހުން ޓްރާންސިޓް ވުމާއި ކަރަންޓީން ވުމަށް މަގުބޫލު މަންޒިލެކެވެ. ހުޅުމާލޭ ގޮނޑުދޮށް ވެސް ފުރިފައި އެވަނީ އިންޑިއާގެ ޓޫރިސްޓުންނާ އެކު އެވެ.

މާލޭގައި ކަރަންޓީންވާން ފުރަތަމަ ޕެކޭޖް ވިއްކަމުން ދިޔައީ ބޮލަކަށް 450 ރުފިޔާގެ ރޭޓުން ރޫމަކަށް ދެ މީހުންނަށެވެ. މިހާރު ޑިމާންޑް ބޮޑުވެ ކަރަންޓީން ޕެކޭޖެއްގެ އަގު 1،400 ޑޮލަރު (21,588ރ.) އަށް ވުރެން މިވަނީ މަތިވެފަ އެވެ. އަދި ކުރިން ދެ މީހުން ބައިތިއްބަމުން ދިޔަ ރޫމެއްގައި މިހާރު ހަތަރު މީހުން ބައިތިއްބަ އެވެ.

އިންޑިއާއިން ގިނަ ގައުމުތަކަށް ޑައިރެކްޓް ފްލައިޓް އަދި ނުބާއްވާތީ އެ ގައުމުން ގިނަ ބަޔަކު ދަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރަމުންނެވެ. ކުރިން 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަގަކަށް ވިއްކަމުން ދިޔަ ރޫމްތައް މިހާރު ވަނީ 350 ޑޮލަރަށް ވުރެ މަތިވެފަ އެވެ.

"ހަމަ ކޮންމެ އަގެއް ޖެހިޔަސް ބަން ލައިފައި ވިކޭ. އަހަރެމެން ސުޕާ އާއި ކަރޯކޭ ރޫމް ހުސްކޮށްފައި އެތަނަށް ވެސް ބެޑް ލައިގެން މި ހިންގަނީ މިހާރު. 101 ޕަސެންޓް އޮކިއުޕެންސީގައި މިހާރު މިއޮތީ މިތަން ވެސް،" މާލޭގެ މަޝްހޫރު ހޮޓަލެއްގެ އޯނަރު ބުންޏެވެ.

ހޮޓާތަކާއި ގެސްޓް ހައުސްތައް ފުލްވެ ޖާގަ ނުލިބޭތީ ބިދޭސީ މަސައްކަތު މީހުން ތިބޭ ލޭބާ ކުއާޓާތަކުގައި ވެސް ޓޫރިސްޓުން ބައިތިއްބަން ފަށާފައިވާ ކަމަށް ގެސްޓްހައުސް ހިންގާ މީހުން ބުނެ އެވެ.

"މިއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ކިހާ ބޮޑު ހުތުރެއްތޯ؟ ބިދޭސީ ކޮށިކޮއްޓަށް ޓޫރިސްޓުން އެލަނީ. މިގެންނަނީ ކޮންމެވެސް ބޮޑު ހޮޓަލެއްގެ ނަމުގައި،" ކުރިން ވާހަކަ ދެއްކި ހޮޓަލް މެނޭޖަރު ބުންޏެވެ.

ބޭސްފަރުވާއަށް އަތޮޅު ތެރެއިން މާލެ އައިސް ތިބި މީހުންނަށް ވެސް ދުވަހުގެ ކުއްޔަށް ދޭ ކޮޓަރިއެއް ވެސް ހޯދަން ދައްޗެވެ. ކުއްޔަށް ދޫކުރާ ތަންތަން ފުރާލާފައި ވަނީ ޓްރާންސިޓަށް އައިސް ތިބި ޓޫރިސްޓުންނެވެ.

"ދިވެހިން އެބަގުޅާ 350 ޑޮލަރަށް (5,397ރ.) އަށް ރޫމް ހިފައިގެން ތިބެން. ކޮޓަރިއެއް ނުލިބިގެން،"

ޓޫރިސްޓުން ތިބޭނެ ތަނެއް ނެތިގެން ޑިމާންޑް ބޮޑުވެފައިވާއިރު މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބަހައްޓާ މައްސަލަ ވެސް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އެއާއެކު ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ އިންސްޕެކްޝަންތަކެއް ވެސް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox