ޑްރަގް އެތެރެކުރި މީހާއާ ސުވާލުކުރަން ޕޯޗުގީސް ތަރުޖަމާނެއް ހޯދަނީ

Aug 18, 2021, 7:48 AM
އަތުލައިގެން މަސްތުވާތަކެތި ބަންދުކޮށްފައިވާ ޕެޖޭކް. --ފޮޓޯ: ކަސްޓަމްސް

އަތުލައިގެން މަސްތުވާތަކެތި ބަންދުކޮށްފައިވާ ޕެޖޭކް. --ފޮޓޯ: ކަސްޓަމްސް

ދިވެހިރާއްޖެ އަށް 15.9 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އެތެރެކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ ބްރެޒިލް މީހާއާ ތަހުގީގުގެ ބޭނުމަށް ސުވާލުކުރުމަށްޓަކައި ޕޯޗުގީސް ބަސް އެނގޭ މީހެއްގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

އެ މީހާ އަށް އިނގިރޭސި ބަހެއް ނޭގެ އެވެ. އޭނާ އަށް އެނގެނީ ބްރެޒިލްގެ ރަސްމީ ބަސް ކަމަށްވާ ޕޯޗުގަލް ބަހެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ހިނގަމުންދާ ތަހުގީގަކަށް ޕޯޗުގީސް ތަރުޖަމާނެއްގެ ހިދުމަތް ހޯދަން މަސައްކަތްކުރާ ކަމަށެވެ. "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ ބްރެޒިލް މީހާގެ ތަހުގީގެވެ.

ފުލުހުން އެ ޓްވީޓްކުރުމުން އާއްމު މީހަކު ވަނީ، ފައިސާ ދީގެން ތަރުޖަމާނެއް ހޯދުމުގެ ބަދަލުގައި ގޫގަލް ޓްރާންސްލޭޓާ އެޕްލިކޭޝަން ބޭނުންކުރަން ގޮވާލައިފަ އެވެ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ތައި ތަރުޖަމާނެއް ހޯދަން ފުލުހުން 2019 ވަނަ އަހަރު އިއުލާންކުރުމުން ގޫގަލް ޓްރާންސްލޭޓަރުގެ ވާހަކަ އައުމުން ފުލުހުން އޭރު ބުނީ "ގޫގަލް ޓްރާންސޭލަޓަރަކަށް ބަޔާނުގައި ސޮއިނުކުރެވޭ ކަމަށާއި" އަދި ކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަނޭޅޭނެ" ކަމަށެވެ. މާނައަކީ ތަރުޖަމާކުރާ މީހާ، އެ މީހާ ދިން ބަޔާން ތެދުކަމަށް ސޮއިކުރަން ޖެހުމެވެ.

ފުލުހުން 2019 ވަނަ އަހަރު ވެސް ޕޯޗުގީސް ތަރުޖަމާނެއް ހޯދަން މަސައްކަތްކުރި އެވެ. މި ފަހަރު މި ތަހުގީގުކުރާ އުމުރުން 31 އަހަރުގެ ބްރެޒިލް މީހާ އަތުން މަސްތުވާތަކެތި ފެނުނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނި ގޮތުގައި މިދިޔަ ހުކުރު މެންދުރުފަހު އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބިއިރު އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ލަގެޖް ބަލާފާސްކުރުމުން ކަމަށެވެ. އެތަކެތީގައި 3.197 ކިލޯގެ ބަރުދަން ހުއްޓެވެ.

"ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓުކުރިއިރު މަސްތުވާތެކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވްވެފަ އެވެ," ކަސްޓަމްސް އިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox