ގެސްޓްހައުސްތަކާއި ސަފާރީތަކަށް އެހީވާން އީޔޫން 2 މިލިއަން ޔޫރޯ

ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫން ދިން ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާރު. -ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫން ދިން ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާރު. -ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކޮވިޑުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާ ޓޫރިޒަމް ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދެ މިލިއަން ޔޫރޯ (36.2 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ފޯރުކޮށްދީފި އެވެ.

އެ އެހީގެ އެއްބަސްވުމުގައި އީޔޫގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ އެމްޑީ ހަސަން މަނިކެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތައް ކޮވިޑުގެ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިގުތިސޯދު ސިންދަފާތު ކުރުމަށް އެހީތެރިވެދިނުން ކަމަށް އީޔޫން ބުންޏެވެ.

އެގޮތުން، މައިގަނޑު ދެ ބަޔަކަށް ބެހިފައިވާ މި މަޝްރޫއުގެ ދަށުން 1.4 މިލިއަން ޔޫރޯ ފައިސާގެ އެހީގެ ގޮތުގައި ވިޔަފާރިތަކަށް ފޯރުކޮށްދެވޭއިރު، ބާކީ 600،000 ޔޫރާ ބޭނުންކުރާނީ ތަމްރީން ޕްރޮގްރާމްތަކަށް ހާއްސަކޮށްގެންނެވެ.

ވިޔަފާރިތަކަށް ހިންގޭ ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި ވިޔަފާރި ހިންގުމާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުން ވެސް ހިމެނޭނެ ކަމަށް ވެސް އީޔޫއިން ބުނެފައި ވެ އެވެ.

ކޮވިޑުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާގައި ހިމެނޭ ގެސްޓްހައުސްތަކާއި ސަފާރީ ފަދަ ކުދި ވިޔަފާރިތަކަށެވެ.

އެގޮތުން، 40 އެނދަށް ވުރެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާވާފައިވާ މި މަޝްރޫއުގެ ދަށުން 600 އަށް ވުރެ ގިނަ ގެސްޓްހައުސްތަކާއި ސަފާރީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އީޔޫން ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އީޔޫން މީގެ ކުރިން ވެސް ރާއްޖެއަށް ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ.

އެގޮތުން، ސިއްހީ ދާއިރާއަށް ފޯރުކޮށްދިން އެއް މިލިއަން ޔޫރޯގެ އިތުރުން އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު މެދުވެރިކޮށް ހަމަޖައްސައިދިން 20 މިލިއަން ޔޫރޯގެ ލޯނެއް ވެސް ވަނީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox