އުސޫލާ ހިލާފަށް ޓޫރިސްޓުން ގެންނަ މައްސަލަ ބޮޑުވެ، އިންސްޕެކްޓުކުރަން ފަށަނީ

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގެނައި ބިދޭސީންތަކެއް މަގުމަތިވެފައި: އިއްޔެ  އެކަނި ވެސް 180 މީހުން ފޮނުވާލި --

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގެނައި ބިދޭސީންތަކެއް މަގުމަތިވެފައި: އިއްޔެ އެކަނި ވެސް 180 މީހުން ފޮނުވާލި --

ކޮވިޑާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް މީހުން ދިރިއުޅޭ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެންނަ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އިންސްޕެކްޝަނަށް ނުކުންނަން ނިންމައިފި އެވެ.

އެޗްޕީއޭ މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެއާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން އާދެވޭނީ ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑު ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީހަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް އަންގާފައިވާ ކަމަށެވެ.

އަދި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާއި، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ 60 ޕަސަންޓަށް މަތިވެފައިވާނަމަ ކަމަށް އިއުލާން ކޮށްފައި ކަމަށެވެ.

ނަމަވެސް އެ އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ، އުސޫލާ ހިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މާދަމާ އިން ފެށިގެން އިސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

"މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޯކަލް ގަވަމަންޓް އޮތޯރިޓީ އަދި މިއެޖެންސީ ގުޅިގެން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މި އިންސްޕެކްޝަން ކުރިއަށް ގެންދެވޭނެ އެވެ،" އެ އިއުލާނުގައި އިތުރަށް ބުނެފައި ވެ އެވެ.

ގެސްޓްހައުސްތައް އިންސްޕެކްޓް ކުރަން އެޗްޕީއޭއިން ނިންމާފައި މި ވަނީ، ފަހަކަށް އައިސް އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިން އެތެރެކުރަމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

އެގޮތުން، އޮޅުވާލައިގެން ޓްރެފިކް ކުރި 180 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ އިއްޔެ އަނބުރާ ފޮނުވާލާފައިވާއިރު، އޭގެ ކުރިން ރޭ ރާއްޖެ އައި ބަޔަކަށް ފަސް ތަރީގެ ހޮޓަލެއް ކަމަށް ބުނެ ބުކިން ހައްދާފައި އޮތީ ފަޅު ގެއެއްގެ ނަމުގަ އެވެ.

އެ 27 މީހުންނަށް މިހާރު ކަމާގުޅޭ އިދާރާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ މައްސަލައިގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެއީ ޓުއަރިޒަމް ނޫން ކަމަށާއި އެއީ އިންސާނީ ވަގުފާރި ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox