މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލާ ބިލާއެކު، ތިންވަނަ ދައުރަށް މުހިންމު ބިލުތަކެއް

ބަންޑަރަނައިބު އިބްރާހިމް ރިފްއަތު މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: މަޖިލިސް

ބަންޑަރަނައިބު އިބްރާހިމް ރިފްއަތު މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: މަޖިލިސް

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ބިލާއެކު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިން ދައުރަށް މުހިންމު ބިލުތަކެއް ހުށަހަޅަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ބަންޑަރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު، އިއްޔެ ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި، އިގުތިސޯދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެ އެވެ.

އެގޮތުން، މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން އުފައްދައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން، ހެއްކާބެހޭ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިޕްލޮމެޓިކް އިމްތިޔާޒްތަކާ ބިލު ވެސް މި ދައުރަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ވިޔަފާރީގެ ދާއިރާއިން ބަލާއިރު، ފޮރިން އިންވެސްޓްމަންޓުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާއި، ކުންފުނިތަކާއި ޓްރޭޑްމާކުގެ ބިލެއް ވެސް ފާހަގަކޮށްލެވެ އެވެ.

އޭޖީ އޮފީހުގެ ލިސްޓަށް ބަލާއިރު، މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލެއްގެ އިތުރުން ކުނި މެނޭޖްކުރުމަށްވެސް ހާއްސަ ބިލެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ބިލަކީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލެވެ. މިއީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ހާއްސަކޮށްގެން ފަރުމާކުރާ ބިލެކެވެ.

އެ ލިސްޓު ރައީސް އޮފީސް މެދުވެރިކޮށް ލިބިވަޑައިގެންފައިވާކަން މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.

އެގޮތުން، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން އެ މަސައްކަތްތައް މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އީވާ ދެއްވި އެވެ.

ކޮވިޑުގެ ހާލަތު އޭރު ގޯސްވުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުން، ނިމުނު ދެވަނަ ދައުރުގައި މަޖިލީހުން ކުރި މަސައްކަތްތައް ނިސްބަތުން ދަށެވެ.

އެގޮތުން، ފުރަތަމަ ދައުރުގައި ނުނިމި ހުރި 25 ބިލަކާއި ދެވަނަ ދައުރުގައި ހުށަހެޅުނު 16 ބިލަކާއެކު ޖުމްލަ 41 ބިލެއްގެ މަސައްކަތް ކުރެވުނުއިރު، އެ ދައުރުގެ ތެރޭގައި ނިންމިފައިވަނީ ނުވަ ބިލެއްގެ މަސައްކަތެވެ.

އެ ނުވަ ބިލުގެ ތެރޭގައި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށަހަޅުއްވައި، އަނބުރާ ނެންގެވި ދެ ބިލެއް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox