ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި މައްސަލަ ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް

ދައުވާ ލިބޭ މުޖާޒް، އަދުހަމް އަދި ތަހުމީން: ބޮން ގޮއްވި މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައި ވަނީ މި ތިން މީހުންނަށް އެކަނި.

ދައުވާ ލިބޭ މުޖާޒް، އަދުހަމް އަދި ތަހުމީން: ބޮން ގޮއްވި މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައި ވަނީ މި ތިން މީހުންނަށް އެކަނި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި މޭ 6 ވަނަ ދުވަހުގެރޭ ބޮން ގޮއްވި މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

އެ މައްސަލައިގައި ޖުމްލަ 10 މީހުން ހައްޔަރު ކުރި އިރު މިހާތަނަށް ދައުވާ ކުރަން ފޮނުވާފައި ވަނީ އަހުމަދު އަދުހަމް، 23، އާއި މުޖާޒް އަހްމަދު، 21 އަދި އިތުރުން ތަހުމީން އަހްމަދު، 32، ގެ މައްޗަށެވެ.

ބ. ދަރަވަންދޫން ފުލުހުން ހައްޔަރު ކުރި އަދި ކުރިން އެ އިދާރާގެ ޖާސޫސީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަހުމަދު ފާތިހު، 23، ގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ފޮނުވި އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވީ އޭނާގެ މައްޗަށް މިވަގުތު ދައުވާ ނުއުފުލުމަށެވެ.

ބޮން ގޮއްވި މީހުންގެ މައްސަލަތައް ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާކަން ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ މުހައްމަދު އިބްރާހިމް "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް މައްސަލަތައް ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ހާމައެއް ނުކުރައްވަ އެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން އަދުހަމަކީ ފާރަލުމަށްފަހު ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާ އެވެ. މުޖާޒްއަކީ އޭނާ ފިލުވުމަށް އެހީތެރިވެދިން މީހާ އެވެ. އަދި ތަހުމީނަކީ ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ވެރި މީހާ އެވެ.

އޭގެ ތެރެއިން ބޮން ގޮއްވާލި އަދުހަމް ކުށަށް އެއްބަސްވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށްދާން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. އެފަދަ އެއްބަސްވުމަށް ގޮސްފި ނަމަ އޭނާގެ އަދަބު ކުޑަކުރުމަށް ދައުލަތުން އެދޭނެ އެވެ.

ކޯޓުގައި މައްސަލަ އޮތް ތިން މީހުންނާއި ފާތިހުގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އަދި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.

އޭގެ ތެރެއިން ތަސްލީމަކީ 2017 ވަނަ އަހަރު މާލޭގެ އޮފީހެއްގެ ތެރޭގައި ބޮމެއް ހެދި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކުރި އިރު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައި ވަނީ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް ހަމައަށް ވަޑައިގެންނެވި ތަނުންނެވެ. ބޮން ގޮއްވާލާފައި ވަނީ އެ ހަރުކޮށްފައި އިން ސައިކަލާ ނަޝީދު އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު ރިމޯޓެއް ބޭނުންކޮށްގެނެވެ.

ބޮން ގޮވުމާއެކު އެއަށް އަޅާފައި ހުރި ބެއަރިން ބޯޅައިގެ 10 ފުށް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލި އެވެ. އަދި ބޮން ހަރުކޮށްފައި އިން ވޭވް ސައިކަލުގެ ޕްލާސްޓިކް ކޮޅެއް ވެސް އެމަނިކުފާނުގެ ހަށިގަނޑަށް ވަނެވެ. ނަޝީދުގެ ފުރާނަ ސަލާމަތްވީ މެދުނުކެނޑި 16 ގަޑިއިރު ވަންދެން އެމަނިކުފާނުގެ ހަށިކޮޅުގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރެއްވި ސާޖަރީތަކަކަށްފަހު އެވެ.

ބޮމުގެ ބައިތައް ނަޝީދުގެ ފުއްޕާމޭ، ބޯ، ބަނޑު، އަތް، އަދި ފަޔަށް ވެސް އަމާޒުވެފައި ހުރިއިރު އެމަނިކުފާނުގެ ހިތާ އެންމެ ސެންޓިމީޓަރެއް ދުރުން ވެސް ބެއަރިން ބޯޅައެއް ހަށިގަނޑަށް ވަދެފައިވެ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނަށް ބޭސް ފަރުވާއަށް ވަޑައިގެންނެވުމަށްފަހު، ފަސޭހަވަންދެން އިނގިރޭސި ވިލާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox