އޭއެފްސީ ކަޕް މިގޮތަށް ގެންދިއުން ރަނގަޅެއް ނޫން: ބެންގަލޫރު ކޯޗު

ގޯއާގައި ކުރިއަށްގެންދިޔަ ބެންގަލޫރުގެ ޓްރެއިނިންގެ ތެެރެއިން ޕެޒޯލީ

ގޯއާގައި ކުރިއަށްގެންދިޔަ ބެންގަލޫރުގެ ޓްރެއިނިންގެ ތެެރެއިން ޕެޒޯލީ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މިހާރު އޭއެފްސީ ކަޕް ކުރިއަށް މި ގެންދާ ގޮތް ރަނގަޅެއް ނޫން ކަމަށް ބެންގަލޫރު އެފްސީގެ ޖަރުމަނު ކޯޗު މާކޯ ޕެޒޯލީ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފަހު ޖާގަ ހޯދަން މާދަމާރޭ ގަލޮޅު ދަނޑުގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް ވާދަކުރާނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގްރޫޕް ޑީ އިން ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއަން ސުޕަ ލީގުގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ގްރޫޕްގެ މެޗުތައް އޮތީ ވެސް މާލޭގަ އެވެ.

ބެންގަލޫރާއި އީގަލްސް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ރޭވީ މިދިޔަ މެއި މަހު މާލޭގައި ކުޅޭށެވެ. އެ މެޗު ކުޅެން ރާއްޖެ އައިސް ހުރިއިރު، ބެންގަލޫރުގެ ދެ ކުޅުންތެރިންނާއި އޮފިޝަލަކު ތިބި ހޮޓަލުން ނުކުމެ ޕްރޮޓޮކޯލާ ހިލާފުވުމުން ރާއްޖޭގެ ސަރުކާރުން ނިންމީ އޭރު އޭއެފްސީ ކަޕް ނުބޭއްވޭނެ ކަމަށެވެ. އެހެންވެ، އޭއެފްސީން ވެސް މުބާރާތް ފަސްކުރީ އެވެ. އަލުން ޖޫން މަހުގެ ފަހު ކޮޅަށް މެޗުތައް ތާވަލުކުރި ނަމަވެސް ހޯސްޓެއް ނުލިބި ޖެހުނީ ދެ ވަނަ ފަހަރަށް ފަސްކުރާށެވެ. މި މަހު މެޗުތައް ކުޅެން އަލުން ބިޑަށް ހުޅުވާލުމުން ރާއްޖޭން ބިޑް ކާމިޔާބުކުރީ އެވެ.

އީގަލްސްއާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންގަލޫރުގެ ކޯޗު ޕެޒޯލީ ވަނީ އޭއެފްސީ ކަޕްގެ މެޗުތައް މިހާރު ކުރިއަށް ގެންދިއުމަށް ރޭވިފައި މި ހުރި ގޮތްތަކާ މެދު އޭނާގެ އަމިއްލަ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޑިއާގެ ލީގު ފެބްރުއަރީ މަހު ނިމުނުއިރު، ދެން އަލުން ފަށަނީ ނޮވެމްބަރު މަހު އެވެ. މިއީ އެ ގައުމުގެ ކުޅުންތެރިންގެ އޮފް ސީޒަން މުއްދަތަށް ވުމުގެ އިތުރުން ބައިނަލްއަގުވާމީ މެޗުތައް ކުޅެން ވެސް ދަތުރުކުރަން ޖެހޭ ވަގުތުތަކެއް ކަމަށްވާއިރު، މި ވަގުތު އޭއެފްސީ ކަޕް ކުޅެން ޖެހުމުން އެއީ ކުޅުންތެރިންނަށް ދިމާވާ ދައްޗެއްގެ ގޮތުގައި ޕެޒޯލީ ވަނީ ފާހަަގަކޮށްފަ އެވެ.

"މިއީ އަހަރެންގެ އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކަ. އަހަރެން އޭއެފްސީ އަށް ދޭން ބޭނުންވާ މެސެޖަކީ މި އަށް ވުރެ ރަނގަޅަށް ދަތުރު ފަތުރުކުރުމެއް ނެތި މެޗުތައް ކުޅެވޭނެ ގޮތެއް ރޭވުން މުހިއްމު. އެއީ ދަތުރުކޮށްފިނަމަ މި ޖެހެނީ ކަރަންޓީނުވާން ނޫނީ ލޮކްޑައުނެއްގެ ތެރޭގައި އުޅެން. އެކަހަަލަ މި ކަހަލަ ކަންތައް. އޭއެފްސީ ކަޕަށް ވާނެ ގޮތެއް ނޭނގިގެންނާއި ލީގަށްޓަކައި އަހަރެމެން އަހަރެއްހާ ދުވަހު އާއިލާއާ ދުރުގައި ބަބްލްއެއްގެ ތެރޭގައި މި އުޅެނީ،" ޕެޒޯލީ ބުންޏެވެ.

"މި އުނދަގޫ ހާލަތުގައި ވެސް އަހަރެމެންގެ ކުޅުންތެރިން މި ކުރާ މަސައްކަތް އަހަރެން ފާހަގަކުރަން،"

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕެޒޯލީ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

އޭއެފްސީން ވަނީ މެޗުތައް ހޯސްޓްކުރާނެ ގައުމެއް ނުލިބުނު ގްރޫޕްތައް ކެންސަލް ކޮށްލައިފަ އެވެ. ދެކުނު އޭޝިއާގެ ގްރޫޕް ވެސް ކެންސަލްކޮށްލަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ފަހުން ހޯސްޓެއް ލިބުމުން މެޗުތައް ކުރިއަށްގެންދާ ގޮތަށް ރޭވީ އެވެ. ރާއްޖޭން ބިޑް ކާމިޔާބުކުރީ ބަންގްލަދޭޝްއާ ވާދަކޮށެވެ.

ޕެޒޯލީ ބުނީ އޭއެފްސީ ކަޕްގެ ގްރޫޕެއް ކެންސަލް ކުރާނަމަ އެއީ އޭއެފްސީގެ ނިންމުމެއް ކަމަށާއި މީގެ ހުރިހާ އިހުތިޔާރެއް އޮންނަނީ އޭއެފްސީގެ އަތުގައި ކަމަށެވެ.

ޕެޒޯލީ ވަނީ އޭއެފްސީ ކަޕް ކުރިއަށްގެންދަން އޭނާގެ ވިސްނުމެއް ވެސް ހިއްސާކޮށްފަ އެވެ. އެ ގޮތުން އޭނާ ބުނީ މިދިޔަ އަހަރު ކޮވިޑް ތެރޭ ޔުއެފާ ޗެމްޕިއަންސް ލީގު ކުރިއަށް ގެންދިޔަ ގޮތަށް ހުރިހާ ޓީމެއް އެއް ގައުމަކަށް ގެންގޮސްގެން އޭއެފްސީ ކަޕް މެޗުތައް ވެސް ރޭވުން އެއީ ރަނގަޅު ގޮތެއް ކަމަށެވެ. އޭރުން އެންމެނަށް އެއް ހަމައަކުން ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކޮށްފައި ވެސް މެޗުތައް ކުޅެވޭނެކަމަށް ޕެޒޯލީ ބުންޏެވެ.

އީގަލްސް އަށް ޕެޒޯލީގެ އިހުތިރާމް

މިއީ ބެންގަލޫރަށް އުނދަގޫ ހާލަތެއް ނަމަވެސް މެޗަށް ކުޅުންތެރިން ވަރަށް ފޯކަސްކޮށް ތިބި ކަމަށް ޕެޒޯލީ ވަނީ ބުނެފަ އެވެ. ޕެޒޯލީ ހަވާލުވި ފަހުން ބެންގަލޫރު ރަސްމީ މެޗަކަށް ކުޅުނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބާ ދެކޮޅަށެވެ. އެ މެޗުން ބެންގަލޫރު މޮޅުވީ 5-0 އިންނެވެ.

އޭގެ ފަހުން ބެންގަލޫރުން ރަސްމީކޮށް އަދި މެޗެއް ނުކުޅެ އެވެ. ޕެޒޯލީ ބުނީ މެޗުތަކެއް ނުކުޅެ މި ވަރުގެ މެޗެއް ކުޅެން ނުކުތުމުގެ އުނދަގޫ ބެންގަލޫރުގެ އިތުރުން އީގަލްސް އަށް ވެސް އެބައޮތް ކަމަށެވެ.

"އަހަރެމެންގެ އެބަތިބި މިދިޔަ ފެބްރުއަރީ މަހު އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނު ކުޅުންތެރިން. ދެން އީގަލްސްގައި ވެސް އެބަތިބި ނުކުޅެ ގިނަ ދުވަސްވީ ކުޅުންތެރިން. އެކަމަކު އީގަލްސް އަށް އޮތް ފަސޭހަ އަކީ މެއި މަހުގެ ކުރިން ކުޅެފައި އެ މީހުން ވަނީ،" ޕެޒޯލީ ބުންޏެވެ.

"އަހަރެެމެން މަސައްކަތް މި ކުރަނީ އީގަލްސްގެ މައްޗަށް ކުރިހޯދައި އަނެއް ބުރަށް (ގްރޫޕް ސްޓޭޖަށް) ދާން،"

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބެންގަލޫރަށް ސޮއިކޮށްފައިވާ ކުޅުންތެރިންނަކީ ކޮންގޯ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ، ކުރިން ޗެންނާއީން އާއި މޯހަން ބަގާން އަށް ކުޅުނު މިޑްފީލްޑަރު ޖަޔޭޝް ރާނޭ، ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ، މިދިޔަ ސީޒަނުގައި އައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ފޯވާޑް އުމުރުން 23 އަހަރުގެ ބިދްޔާޝަގަރު ސިންހް، އީސްޓް ބެންގޯލުން އައި ކަނާތު ބެކް ސާތަކް ގޯލުއީ އާއި ފޯވާޑް ހަމަންޕްރީތު ސިންހް، ރިއަލް ކަޝްމީރު ޓީމުން ގެނައި ދާނިޝް ފާރޫގް އަދި ކެރަލާ ބްލާސްޓާސް އިން ސޮއިކުރި ޑިފެންސިވް މިޑްފީލްޑަރު ރޯހިތު ކުމާރް އެވެ.

އަނިޔާގެ ސަބަބުން ބެންގަލޫރުގެ ބިދޭސީ ކުޅުންތެރިޔާ އިބަރާ އާއި ހަމަންްޕްރީތަށް އީގަލްސްއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އެކަމަކު، އަލަށް ޓީމާ ގުޅުނު ބައެއް ކުޅުންތެރިން އެކަށީގެންވާ ވަރަށް ވުރެ އަވަަހަށް ޓީމުގެ ސްޓައިލަށް ހޭނެމުން އަންނަކަން ޕެޒޯލީ ވަނީ ފާހަގަކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox