އިންޑިއަން ސުޕަ ލީގުން އޭޝިއާ ކުޅުންތެރިންނަށް ފުރުސަތު އެބައޮތް

Aug 24, 2021, 5:08 AM
ލަނޑު ޖެހުމަށް ފަހު ސުބަޝިޝް (މ) އޭޓީކޭގެ ރޮޑްރިގޭޒް (ވ) އާއި ބޯމަސް (ކ)އާ އެކު އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު ސުބަޝިޝް (މ) އޭޓީކޭގެ ރޮޑްރިގޭޒް (ވ) އާއި ބޯމަސް (ކ)އާ އެކު އުފާފާޅުކުރަނީ

ވަރުގަދަ ލީގެއްގެ ގޮތުގައި ބޮޑު އިންވެސްޓެއް ކޮށްގެން ކުރިއަށްގެންދާ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އިން އޭޝިއާގެ މޮޅެތި ކުޅުންތެރިންނަށް ވެސް ފުރުސަތު އެބައޮތް ކަމަށް އޭޓީކޭ މޯހަން ބަގާން އަށް ކުޅޭ ފުލްބެކް ސުބަޝިޝް ބޯސް ބުނެފި އެވެ.

އިންޑިއާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ސުބަޝިޝް ސުޕަ ލީގުގެ އޭޓީކޭ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ މުމްބާއީ ސިޓީ، ބެންގަލޫރު އެފްސީ އަދި ސްޕޯޓިން ގޯއާ އަށް ކުޅެފަ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ އެއް ވަނައިގައި އޮތް އޭޓީކޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސުބަޝިޝް ވަނީ އިންޑިއާ ލީގުން އޮތް ފުރުސަތާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ސުބަޝިޝް ބުނީ އޭޝިއާ ކުޅުންތެރިއަކު ވިޔަސް އެ ކުޅުންތެރިއަކު ކިބައިގައި ފެންވަރު ހުރެފައި މެނޭޖްމަންޓާއި ކޯޗުން އެ ކުޅުންތެރިއަކާ މެދު ގަޔާވާނަމަ އެ ކުޅުންތެރިއަކު ގެންނަން ނިންމާނެ ކަމަށެވެ. އަދި ޓީމުގައި ތިބި ކުޅުންތެރިން ވެސް އެ ކަމަށް މަރުހަބާ ކިޔާނެ ކަމަށް އޭނާ ބުންޏެވެ.

"އިންޑިއާގައި ޔޫރަޕް ކުޅުންތެރިން އައިސް މިދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރު އިންޑިއާ ކުޅުންތެރިންނާ އެކު ކުޅުނީމަ އިންޑިއާ ޕްލޭޔަރުން ވަރަށް ރަނގަޅުވޭ. އިންޑިއާ ފުޓްބޯޅަ ވެސް އޭޝިއާގެ ފުޓްބޯޅަ ވެސް ކުރިއަރާނެ މި ގޮތަށް ދަންޏާ. ފެންވަރު ހުރި އޭޝިއާ ކުޅުންތެރިންނަށް އިންޑިއާ އަށް އައިސް ނޫނީ އެހެން ގައުމެއްގެ ލީގަކަށް ގޮސް ވެސް ކުޅެވޭނެ،" ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުބަޝިޝް ބުންޏެވެ.

ސުބަޝިޝް މީގެ ކުރިން ވަނީ އޭއެފްސީ ކަޕްގައި ބެންގަލޫރުގައި ހުރިއިރު، ރާއްޖޭގެ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެފަ އެވެ. މި ފަަހަރުގެ އޭއެފްސީ ކަޕްގައި ބެންގަލޫރުގެ މައްޗަށް އޭޓީކޭ އިން 2-0 އިން ކުރިހޯދި މެޗުގައި އޭޓީކޭގެ ދެ ވަނަ ގޯލު ޖެހީ ސުބަޝިޝް އެވެ.

"ކުރިއާ މިހާރާ ވަރަށް ތަފާތު. ޓީމު ބަދަލުވެއްޖެ. މިހާރު އަހަރެން ތަންކޮޅެއް މެޗުގެ ހާލަތްތަކަށް ތައްޔާރު. އެންމެ ފަހުން ދެ މެޗުން މޮޅުވެފައި އޮތީމަ ވަރަށް ޕޮޒިޓިވް މެންޓަލިޓީ އެއް މި އޮތީ. އަހަރެމެން ބޭނުމީ ކުރިއަށް އޮތް މެޗުން (ބަޝުންދަރާ އަތުން) މޮޅުވެގެން އަނެއް ބުރަށް ދާން،" ސުބަޝިޝް ބުންޏެވެ.

އޭޓީކޭގެ ކޯޗު ސްޕެއިންގެ އެންޓޯނިއޯ ލޮޕޭޒް ހާބާސް ބުނީ އިންޑިއަން ސުޕަ ލީގުގެ ސަބަބުން އިންޑިއާ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފި ކަމަށާއި އެ ތަފާތު ކުޅުންތެރިންގެ ކިބައިން ވެސް ފެންނަން ފަށައިފި ކަމަށެވެ.

އޭއެފްސީ ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ހާބާސް ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްސީ

ފުޓްބޯޅައިގައި ފޭވަރިޓެއް ނޯންނާނެ: ހާބާސް

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ އެއް ވަނައިގައި މި ވަގުތު އޭޓީކޭ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ބަޝުންދަރާ އެވެ. ގްރޫޕްގެ އެއް ވަނަ އަށް އެކަނި އަނެއް ބުރުން ފުރުސަތު ލިބޭއިރު، އެ މަގާމަށް ވާދަކުރަނީ ބަޝުންދަރާ އާއި އޭޓީކޭ އެވެ. ބާކީ މެޗެއް އޮއްވައި ބެންގަލޫރާއި މާޒިޔާ ވަނީ ކަޓައިފަ އެވެ.

ބަޝުންދަރާ ކައިރިން އެއްވަރުކޮށްލައިގެން ވެސް އޭޓީކޭ އަށް އެއް ވަނައިގެ ގޮތުގައި އަނެއް ބުރަށް ދެވޭނެ އެވެ. އެއީ މެޗަށް ނުކުންނައިރު އެ ޓީމަށް އޮތް އެޑްވާންޓޭޖެއް ނޫންތޯ ސުވާލުކުރުމުން ހާބާސް ބުނީ އޭނާގެ ނަޒަރުގައި ފުޓްބޯޅައިގައި ފޭވަރިޓެއް ނޯންނާނެ ކަމަށެވެ.

"މި 90 މިނިޓަށް ނެތް ފޭވަރިޓެއް. އަހަރެން ބޭނުމެއް ނޫން ފޭވަރިޓެކޭ ނޫނީ ފޭވަރިޓެއް ނޫނޭ ބުނާކަށް. ފުޓްބޯޅައިގައި ވަރަށް ގިނަ ކަންކަން ހިނގާނެ. ތެދެއް. މި ވަގުތަށް އަހަރެމެންނަށް އެބައޮތް ފުރުސަތު އެ މީހުންނަށް ވުރެ ބޮޑަށް. އެއް ޕޮއިންޓުން ވެސް އަހަރެމެންނަށް ފަރުޖައްސާލެވިދާނެ. ފުޓްބޯޅައިގައި އަހަރެން ވަކި ސްކޯ އަކަށް ބެޓެއް ނުކުރާނަން. މެޗު ކުޅެގެން މޮޅުވުން މުހިއްމީ. ދެން ވާހަކަ ދައްކާނީ،" ހާބާސް ބުންޏެވެ.

ގްރޫޕްގެ ކޮންމެ ޓީމެއް ފަހު މެޗަށް ނުކުންނައިރު އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑެއް އޮތީ ބަޝުންދަރާގެ އެވެ. އެ ޓީމު ކޮޅަށް ގޯލެއް ވަދެފައިނުވެ އެވެ. މިއީ އޭޓީކޭ އިން ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ހާބާސް ނުދެކެ އެވެ. އޭނާގެ ނަޒަރުގައި ގޯލެއް ނުވަދެ އޮތުމަކީ އަދި ޑިފެންސް އެންމެ ފުރިހަމަވުމެއް ނޫނެވެ.

"އެންމެ މޮޅު ޑިފެންސަކީ ގޯލު ނުވަނުމެއް ނޫން. މޮޅު ޑިފެންސަކީ އެހާ ގިނަ ކޯނަރުތަކާއި އޭރިއާ ކައިރިން އެހާ ގިނަ ފައުލުކުރުމެއް ނޫން. ރަނގަޅު ޑިފެންސަކީ އިދިކޮޅު ޓީމަށް ފުރުސަތެއް ނުދީ ކުޅޭ ޑިފެންޑަރުން. އަހަރެމެންނަށް އެނގޭ އެ މީހުން (ބަޝުންދަރާ) އަކީ ބަންގްލަދޭޝްގެ ޗެމްޕިއަނުންކަން،" ހާބާސް ބުންޏެވެ.

އޭޓީކޭ އިން ފުރަތަމަ މެޗުގައި ބެންގަލޫރު ބަލިކުރިއިރު އެ ޓީމުގެ ތަރި އަކީ ފްރާންސްގެ މިޑްފީލްޑަރު ހޫގޯ ބޯމަސް އެވެ. ދެ ވަނަ މެޗުގައި މާޒިޔާ އަތުން ފަހަތުން އަރައި އޭޓީކޭ މޮޅުވިިއިރު، އެ މެޗުގައި ތަފާތު ދެއްކީ ފަހު 30 މިނިޓަށް ކުޅެން އެރި ބޯމަސް އެވެ. ފުރަތަމަ ދެ މެޗުގައި ދެއްކި ރީނދޫ ކާޑުތަކުގެ ސަބަބުން ބޯމާސް ހުރީ މިއަދުގެ މެޗަށް ސަސްޕެންޑްވެފަ އެވެ.

ބޯމާސް ނެތުމުން ޓީމަށް އުނިކަމެއް އަންނާނެތޯ ސުވާލުކުރުމުން ހާބާސް ބުނީ ނެތް ކުޅުންތެރިއަކުގެ ވާހަކަ ދެއްކުން އެއީ ބޭކާރު ކަމެއް ކަމަށާއި މުހިއްމީ ތިބި ކުޅުންތެރިންނާ އެކު ރަނގަޅު ނަތީޖާ ނެރެން ފޯކަސް ކުރުން ކަމަށެވެ.

އޭއެފްސީ ކަޕްގައި އޭޓީކޭ އާއި ބަޝުންދަރާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox