އަދަބުދީފާނެތީ ރެފްރީގެ ވާހަކަ ދައްކަން އޮސްކާ ބޭނުމެއް ނުވި

Aug 24, 2021, 3:47 PM
އަދަބުދީފާނެތީ ރެފްރީގެ ވާހަކަ ދައްކަން އޮސްކާ ބޭނުމެއް ނުވި

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ އެއް ވަަނަ ހޯދަން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އިން މިއަދު ހަވީރު ކުުޅުނު މެޗުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ އެއްވަރުވެ، މުބާރާތުން ކެޓިއިރު، އެ މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ވާހަކަތަކެއް ދަައްކައިގެން ބޮޑު އަދަބެއް އަންނަން ބޭނުންނުވާ ކަމަށް ބަޝުންދަރާގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ގްރޫޕް ޑީން އެއް ވަނަ ހޯދާ ޓީމަކަށް އެކަނި އަނެއް ބުރުގެ ފުރުސަތު ލިބޭއިރު، އެ ޖާގަ ހޯދަން ބަޝުންދަރާ އަށް މިއަދު އޮތް ހަަމައެކަނި މަގަކީ އޭޓީކޭ ބަލިކުރުމެވެ. އެކަމަކު، އެ މެޗުން ބަޝުންދަރާ ލީޑުނަގާފައި އޮއްވައި ދެ ވަނަ ހާފްގައި އޭޓީކޭ އިން ގޯލު ޖަހައި މެޗު 1-1 އިން އެއްވަރުވުމުން މުބާރާތުގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލްގެ ޖާގަ ލިބުނީ އޭޓީކޭ އަށެވެ.

ގްރޫޕްގެ އެއް ވަނަ އޭޓީކޭ އަށް ލިބުނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ބަޝުންދަރާ ދެ ވަނަ އަށް ދިޔައިރު އެ ޓީމަށް ލިބުނީ ފަސް ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުގައި ތިން ވަނައިގައި އޮތް އިންޑިއާގެ ބެންގަލޫރާއި ހަތަރެއްގައި އޮތް ރާއްޖޭގެ މާޒިޔާ މިރޭ ކުޅޭނެ އެވެ.

ބަޝުންދަރާ އަށް މިއަދުގެ މެޗު ގެއްލުމުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ސުޝާންޓޯ ޓްރިޕޫރާ އަށް ދެ ވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ރަތް ކާޑާ ބެހޭގޮތުންނާއި ރެފްރީގެ ކަންކަމުގެ ވާހަކަ ދައްކަން ބޭނުމެއް ނުވާ ކަމަށެވެ.

"އަހަރެން ރެފްރީންނާ ބެހޭގޮތުން ވާހަކަ ދައްކައިފިއްޔާ މަދުވެގެން 35 މެޗަށް ސަސްޕެންޑްވާނެ. އެއީ އަހަރެން ރެފްރީއާ މެދު ދެކޭގޮތް ބުނެފިއްޔާ ވާނެ ގޮތް. އެހެންވީމަ އަހަންނަށް އެންމެ ރަނގަޅު ގޮތަކީ ހަމަޖެހިގެން ހުރެ މެޗުގައި ދިމާވި އެހެން ކަންތައްތަކުގެ ވާހަކަ ތަކަށް ފޯކަސް ކުރުން،" އޮސްކާ ބުންޏެވެ.

މިއަދުގެ މެޗު ކުރިއަށްދިޔައިރު ބަޝުންދަރާގެ ބެންޗުން ތަކުރާރުކޮށް ވަނީ މެޗުގެ ރެފްރީ އޮމާންގެ ގާސިމް މަތާރުގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ގިނަ ފައުލުތަކެއް ފެނިގެންދިޔަ މި މެޗުގައި އޭޓީކޭ އަށް ދެ ރީނދޫ ކާޑު ދެއްކިއިރު، ބަޝުންދަރާގެ ފަސް ކުޅުންތެރިއަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. އަދި އެއް ރަތް ކާޑު ދެއްކި އެވެ.

އޮސްކާ ބުނީ ރެފްރީގެ ކަންކަމާ ބެހޭގޮތުން ކްލަބުން ކަންތައްތަކެއް ކުރާނެ ކަމަށާއި ހަމައެކަނި މައްސަލަ ދިމާވީ އޭޓީކޭއާ އެކު ކުޅުނު މެޗުގައި އެކަނި ނޫން ކަމަށާއި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ކަންކަން ދިޔަގޮތާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ.

"ރެފްރީގެ ކަމަކީ އަހަރެމެންގެ ކްލަބުން ކޮންމެވެސް ކަމެއް ކުރަން ޖެހޭ ކަމެއް. އެއީ ހަމައެކަނި މިއަދު ދިމާވި ކަމެއް ނޫން. ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދިމާވި ހަމަ އެކި ކަންކަން،" ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

ރަތް ކާޑަށް ފަހު ބަޝުންދަރާގެ ގޭމަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި އެ ހިސާބުން އޭޓީކޭ އަށް އޮތް އެޑްވާންޓޭޖް އިތުރުވިކަން އޮސްކާ ފާހަގަކުރި އެވެ. އޮސްކާ ބުނީ ކުޅުންތެރިއަކު މަދުކޮށް ވެސް ދެ ވަނަ ހާފަށް ނުކުތީ ވަރަށް ބޮޑު އިތުބާރަކާ އެކު ކަމަށާއި ހެދުނު އެންމެ ގޯހަކުން އޭޓީކޭ އިން ގޯލު ޖެހީ ކަމަށެވެ.

"އެ މީހުން އޭގެ ބޭނުން ހިފީ އެ ގޮތަށް ފުރުސަތު ލިބުނު ހަމައެކަނި ބޯޅައިގައި. އެއީ އެ ގޮތަށް އެ މީހުންނަށް މުޅި މެޗުގެ 90 މިނިޓްގައި ހުސްކޮށްދިޔަ ހަމައެކަނި ބޯޅައޭ ވެސް ބުނެވިދާނެ،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޯހަން ބަގާން އިން ކުރި މަސައްކަތަށް ތައުރީފް ކުރަން ޖެހޭ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ 21 ދުވަހުގެ ތައްޔާރީ އަށް ފަހު ގްރޫޕް ސްޓޭޖު ކުޅެން އައިސް 72 ގަޑިއިރުން މެޗެއް ކުޅެން ޖެހުނުއިރު ވެސް އެެއްވެސް ޝަކުވާއެއް ނެތި ފޯކަސްކޮށްގެން ޓާގެޓްކުރި ކަންތައް ހާސިލްކުރުމުން ކަމަށް އޮސްކާ ބުންޏެވެ.

މިއީ ބަޝުންދަރާ ކިންގްސް އިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެއް ފުރިހަމަަކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ބަޝުންދަރާ އިން ފުރަތަމަ މެޗުގައި ވަނީ ރާއްޖޭގެ ޓީސީ އަތުން 5-1 އިން މޮޅުވެފަ އެވެ. އެކަމަކު ފަހުން އެ މުބާރާތް އޭއެފްސީން ވަނީ ކޮވިޑްގެ ސަބަބުން ކެންސަލްކޮށްފަ އެވެ.

ބަންގްލަދޭޝްގެ ޗެމްޕިއަންކަން ހޯދައިގެން މި ފަހަރުގެ އޭއެފްސީ ކަޕާ ކުރިމަތިލި ބަޝުންދަރާ ފުރަތަމަ މެޗުގައި މާޒިޔާ އަތުން 2-0 އިން މޮޅުވި އެވެ. ދެ ވަނަ މެޗުގައި ބެންގަލޫރާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފަހު މެޗުގެ ބޮޑުބައިގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ވެސް އެ މެޗު އެއްވަރުކުރި އެވެ. މުބާރާތުން ކެޓި ނަމަވެސް ބަޝުންދަރާ އިން ގްރޫޕް ސްޓޭޖު ނިންމާލީ ބައްޔެއް ނުވެ އެވެ.

އޮސްކާ ބުނީ ޖުމްލަކޮށް ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި މި ތަޖުރިބާގެ އަލީގައި ކުރިއަށް އޮތްތަނުގައި ބަޝުންދަރާ އަށް އިތުރު ކަންކަން ހާސިލްކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox