ބަޝުންދަރާ ކަޓުވާލައި އޭޓީކޭ އަނެއް ބުރަށް

އޭޓީކޭގެ ވިލިއަމްސް (ވ) ބަޝުންދަރާގެ ބަސޭރާ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްސީ

އޭޓީކޭގެ ވިލިއަމްސް (ވ) ބަޝުންދަރާގެ ބަސޭރާ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންްގްސްއާ 1-1 އިން އެއްވަރުކޮށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާން މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

އޭޓީކޭ ދެން ވާދަކުރާނީ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލްގަ އެވެ. ޒޯން ޕްލޭއޮފް ފައިނަލުގައި އޭޓީކޭ ކުޅޭނީ ސެންޓްރަލް އޭޝިއާ ޒޯން އުޒްބެކިސްތާންގެ ނަސާފް އާއި ތުރުކުމެނިސްތާންގެ އަހާލް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ އޭޓީކޭ އިން އިންޓަ ޒޯން ޕްލޭއޮފް ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ހޮން ކޮންގްގެ ލީ މޭންއާ އެވެ.

ދެކުނު އޭޝިއާ ގްރޫޕުން އަނެއް ބުރަށް ހޮވޭނީ އެއް ވަނަ ޓީމެވެ. އެ ގޮތުން ގްރޫޕް ޑީގެ އެއް ވަަނަ އޭޓީކޭ އަށް ލިބުނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ބަޝުންދަރާ ދެ ވަނަ އަށް ދިޔައިރު އެ ޓީމަށް ލިބުނީ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އިންޑިއާގެ ބެންގަލޫރާއި ހަތަރެއްގައި އޮތް ރާއްޖޭގެ މާޒިޔާ މިރޭ ކުޅޭނެ އެވެ. އެއީ ގްރޫޕްގެ ފަހު މެޗެވެ. ބެންގަލޫރު މި ވަގުތު ތިނެއްގައި އޮތީ އެއް ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް މާޒިޔާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިއަދުގެ މެޗަށް އޭޓީކޭ އިން ނުކުތްއިރު އެ ޓީމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ދެ ކާޑު ހަމަވުމުގެ ސަބަބުން ފްރާންސްގެ މިޑްފީލްޑަރު ހޫގޯ ބޯމަސް ސަސްޕެންޑް ވެފައިވުމެވެ. ބަޝުންދަރާ އިން މި މެޗުގައި ނުކުތީ ދެ ފުލްބެކުން ލައިގެން އެޓޭކިން ގޭމަކަށް ވިސްނައިގެންނެވެ. އެއީ މޮޅުވެގެން ނޫން ގޮތަކަށް އަނެއް ބުރަށް ދެވެން ނެތުމުންނެވެ.

ބަޝުންދަރާ އިން މެޗު ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ބަޝުންދަރާގެ ބްރެޒިލް ފޯވާޑް ރޮބީނިއޯ އާއި ކެޕްޓަން ޓޯޕޫ ބަރްމަން އަށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ބޯޅަތައް އޭޓީކޭގެ ޑިފެންޑަރުން ބްލޮކްކުރި އެވެ. އަދި ބަޝުންދަރާގެ އާޖެންޓީނާ ފޯވާޑް ރައުލް ބަސޭރާ ޖެހި ބޯޅައެއް އޭޓީކޭގެ ގޯލު ރޮނގުމަތިން ސަލާމަތްކުރީ އެ ޓީމުގެ އަޔަލެންޑް ޑިފެންޑަރު ކާލް މެކްހިއު އެވެ.

ބަޝުންދަރާގެ ސުޝާންޓޯ (ވ) އަތުން ބޯޅަ ހޯދަން އޭޓީކޭގެ ދީޕަކް މަސައްކަތްކުރަނީ.

އޭޓީކޭ އިން ފުރަތަމަ ފުރުސަތު ތަނަވަސްކުރީ މެޗުގެ 17 ވަނަ މިނިޓްގަ އެވެ. ބަޝުންދަރާ ޑިފެންސް ތެރެއިން ދޫވި ބޯޅައެއް އޭޓީކޭގެ އޮސްޓްރޭލިއާ ފޯވާޑް ޑޭވިޑް ވިލިއަމްސް އަށް ލިބުމުން އޭނާ ޖައްސާލި ބޯޅަ އެ ޓީމުގެ ލިސްޓަން ކޮލާސޯ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފިޒިކަލް ގޭމެއް ފެނިގެންދިޔައިރު، ގިނަ ކުޅުންތެރިންތަކެއް ވަނީ ފައުލްތަކެއް ކޮށްފަ އެވެ. ދެ ޓީމުގެ ބެންޗުން ކާޑު ދައްކަން އެޕީލްކުރަމުން ދިޔައިރު، މެޗުގެ ރެފްރީ އޮމާންގެ ގާސިމް މަތާރު ވަނީ ބައެއް ކުޅުންތެރިންނަށް ކާޑު ދައްކައިފަ އެވެ.

މެޗުގައި އޭޓީކޭގެ ދެ ވަނަ ފުރުސަތު ލިބުނީ އެ ޓީމުގެ ކެޕްޓަން ފިޖީގެ ފޯވާޑް ރޯއީ ކްރިޝްނާ އަށެވެ. މެޗުގެ 22 ވަނަ މިނިޓްގައި ކޮލާސޯ ނެގި ހުރަހަކުން އޭރިއާ ތެރެއިން މަންވީރު ސިންހް ދިނީ ކްރިޝްނާ އަށެވެ. އޭނާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލަނޑު ޖެހުމަށް ފަހު ބަޝުންދަރާގެ ފެނާންޑޭސް (ކ) އެ ޓީމުގެ އޮފިޝަލުންނާ އެކު އުފާފާޅުކުރަނީ.

ބަޝުންދަރާ އިން ލީޑުނެގީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ އެޓޭކިން މިޑްފީލްޑަރު ބްރެޒިލްގެ ފެނާންޑޭސް ޖެހި ބޯޅަ ގޯލުގެ ކައިރީ ކަނަށް އަމާޒުވިއިރު، އޭޓީކޭގެ ކީޕަރު އަމްރިންދަރު ސިންހަށް އެ ބޯޅަ މަތަކުރެވޭ ގޮތެއް ނުވި އެވެ. ފެނާންޑޭސް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ހަނި އޭންގަލުންނެެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން އޭޓީކޭގެ ކްރިޝްނާ ޖެހި އެއް ބޯޅަ ބްލޮކްވިއިރު، އޯވަހެޑް ކިކަކުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އަދި އޭރިއާބޭރުން ވިލިއަމްސް ޖެހި ބޯޅަ ބަޝުންދަރާ ގޯލުގައި ހުރި ގޯލްކީޕަރު އަނީސުރް ރަހްމާން ޒީކޯ ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ބަޝުންދަރާ އަށް އެންމެ ބޮޑު މައްސަލަ ދިމާވީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެ ޓީމުގެ ފުލްބެކް ސުޝާންޓޯ ޓްރިޕޫރާ އަށް ދެ ވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. ފުރަތަމަ ހާފުގައި ސުޝާންޓޯ ވަނީ ގިނަ ފައުލުކުތަކެއް ކޮށްފަ އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ތަކުރާރުކޮށް ކުރި އެކި ފައުލުތަކަށް އިންޒާރު ދިނުމަށް ފަހު އެވެ.

ދެ ވަނަ ހާފް ފަށައިގެން ބަޝުންދަރާ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔައިރު، އޭޓީކޭ އިން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަަގައިފަ އެވެ. ބޯ ވިއްސާރައިގެ ތެރޭގައި ކުޅެމުންދިޔައިރު، ބަޝުންދަރާ ފަހަތުން ލިބޭ ޖާގަތަކުން އޭޓީކޭ އަށް އެންމެ ރަނގަޅު އެޓޭކް ކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މެޗުގެ 58 ވަނަ މިނިޓްގައި އޭޓީކޭގެ ސުބަޝިޝް ބޯސް ނެގި ހުރަހެއް ޖަހަން އަރައިހުރި ކްރިޝްނާ ފައިގައި ލައްވާލާގޮތެއްނުވި އެވެ.

ލަނޑު ޖެހުމަށް ފަހު އޭޓީކޭ ކުޅުންތެރިން އުފާފާޅުކުރާއިރު ބަޝުންދަރާ ކުޅުންތެރިން ހުއްޓިގެން.

އޭޓީކޭ އިން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. ކޮލާސޯ މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ދިން ބޯޅަ ވިލިއަމްސް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ މި ފަހަރުގެ އޭއެފްސީ ކަޕްގައި ބަޝުންދަރާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ. އޭގެ 10 މިނިޓް ފަހުން އޭޓީކޭ އަށް ލީޑުނަގައިދޭން ވިލިއަމްސް އަށް ލިބުނު ފުރުސަތުގައި އޭނާ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ބަޝުންދަރާ އިން ވަނީ ގޯލެއް ޖަހަން ފަހު 15 މިނިޓް ތެރޭ ގިނަ ބަދަލުތަކެއް ކޮށްފަ އެވެ. އަދި ކުރިއަށް ކުޅުންތެރިން ގިނަކޮށްގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. އޭގެ ފަހުން ބަޝުންދަރާގެ ރޮބީނިއޯ ނެގި ހުރަހެއް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި މިރޭ މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox