ގިނަ މާކެޓުތައް ރަނގަޅުވެ، ފުރަތަމަ އެގާރަ ދުވަހުން ބައިލައްކަ ޓޫރިސްޓުން

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނައިރު، މުހިންމު ގިނަ މާކެޓުތަކަށް ކުރިއެރުން ލިބި މިހިނގާ އޯގަސްޓް މަހުގެ ފުރަތަމަ އެގާރަ ދުވަހު ބައިލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުދަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު، މި މަހުގެ އެހާތަނަށް ޖުމްލަ 52،792 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޓޫރިޒަމް ރަނގަޅުވާން ފަށާފައިވާއިރު، މިދިޔަ ޖުލައި މަހު ރާއްޖެއަށް ވަނީ ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރާތްކޮށްފަ އެވެ.

އެއީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލި ފަހުން އެއް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ދެ ވަނަ ފަހަރެވެ. ކުރިން މި އަދަދަށް ޓޫރިސްޓުން އައީ މި އަހަރުގެ މާޗު މަހުގަ އެވެ.

މި މަސް ދެ ބައިވުމުގެ ކުރިން ބައި ލައްކަ ހުރަސްކޮށްފައިވާއިރު، މި މަހު ވެސް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެކަމަށް ލަފާކުރެވެ އެވެ.

އޭގެ މައިގަނޑު އެއް ސަބަބަކީ ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިން މިދިޔަ މަހާ އަޅާބަލާއިރު މި މަހުގެ މިހާތަނަށް ވަރަށް ބޮޑަށް އިތުރުވެފައިވުމެވެ.

އެގޮތުން ބަލާއިރު، ޖުލައި މަހުގެ ޑެއިލީ އެވަރެޖު ހުރީ 3،284 ގަ އެވެ. ނަމަވެސް، މި މަހުގެ ފުރަތަމަ 11 ދުވަހު އެ އަދަދު ވަނީ 4،799 އަށް އިތުރުވެފަ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބުނު ސަބަބުތަކުގެ ތެރޭގައި ކޮވިޑް ނަމްބަރުތައް ތިރިވެ، ގައުމުތަކުގެ ފެހި ލިސްޓުން ރާއްޖެއިން ޖާގަ ހޯދުމާއި ރާއްޖެ އަންނަ ފްލައިޓްތައް އިތުުރުވުން ހިމެނެ އެވެ.

އަދި ބަލިފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމާ އެކު މީހުން އުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ދެވޭ ގޮތަށް ހުއްދަ ދިނުން ވެސް، މި ބަދަލުތައް އައި ސަބަބުތަކުގެ ތެރޭގައި ފާހަގަކުރެ ވެ އެވެ.

މީގެ އިތުރުން ދެކުނު އޭޝިއާ ގައުމުތަކުން ދަތުރުކުރާ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލުމާއި، ވެކްސިން ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް ދީފައިވާ ލުއިތަކުގެ ސަބަބުން ވެސް ރާއްޖެ އަންނަ ޓޫރިސްޓުން އަދަދުތައް އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން، ރާއްޖެއަށް މުހިންމު ބައެއް މާކެޓުތަކުން ވެސް ފަތުރުވެރިން އަންނަ މިންވަރު ވަނީ މައްޗަށް ގޮސްފަ އެވެ.

އޭގެ ތެރޭގައި އިރުމަތީ ޔޫރަޕާއި އެމެރިކާގެ އިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސް ޓްރަމްޕްގެ ދެކޮޅުހެދުންތަކާ އެކުވެސް އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވި ނަމަވެސް، މިއީ އިގްތިސާދީ ހަމަޖެހުމަށްޓަކައި އެޅި ޒިންމާދާރު ފިޔަވަޅެއް ކަމަށް ފެޑަރަލް ރިޒާވްއިން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox