ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކޮށްގެން 100،000 ރުފިޔާގެ އިނާމެއް

Aug 12, 2021, 5:39 AM
ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ ލީގު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައި، އެއް ވަނަ ހޯދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 100،000 ރުފިޔާ ހަމަޖައްސައިފި އެވެ.

އެފްއޭއެމުން އިއްޔެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓްގައިވަނީ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރަން ޝައުގުވެރިވާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް އެދިފަ އެވެ. ލޯގޯ ފަރުމާކުރުމުގެ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ލޯގޯ ފަރުމާކުރުން މުބާރާތެއް މެދުވެރިކޮށް ކުރިއަށް ގެންދަން އެފްއޭއެމުން ނިންމި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި އާޓް އާއި ޑިޒައިނަށް ޝައުގުވެރިވާ ގިނަ އަދަދެއްގެ މީހުން އުޅޭއިރު، މީގެ ސަބަބުން ވެސް ފުޓްބޯޅައިގެ ސަޕޯޓަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އަންނާނެ ކަމަށް އެފްއޭއެމުން އުއްމީދު ކުރެ އެވެ.

އެފްއޭއެމުން ވަނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލެއް ކަނޑައަޅައިފަ އެވެ. އެ ގޮތުން އެއް ވަނަ އަށް ދާ ފަރާތަކާ އެކު އެފްއޭއެމުން ހާއްސަ އެގްރީމެންޓެއް ހަަދައި ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމަށް ދޭ ގޮތަށް ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ލީގު، ދިވެހި ޕްރިމިއާ ލީގުގެ ނަަމަށް ރީބްރޭންޑް ކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އެންމެ ފުރަތަމަ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ނަމުން ދިރާގު ދިވެހި ޕްރިމިއާ ލީގަށް ބަދަލުވިއިރު، ވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރި ލޯގޯ ހުރީ ގާތްގަނޑަކަށް އެއް ޑިޒައިނަކަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ވީހާވެސް ގިނަ ދިވެހިން ޝާމިލުވެ، އެކި ދާއިރާތަކުގެ ހުނަރުވެރި ފަންނާނުން ބައިވެރިވެ އުޅެވޭނެ ގޮތެއް ފަހިވުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު ބޭނުމެކެވެ. އެއީ ފުޓްބޯޅައިގެ މާކެޓިން އަށް ވެސް މުހިއްމު ކަމެކެވެ. އެފްއޭއެމުން ވަނީ މިދިޔަ ސީޒަނުގައި ސަޕޯޓަރުންގެ މެދުގައި މެޗު ހަފްތާގެ އެންމެ މޮޅު ކުޅުންތެރިން ހޮވަން ފަށައިފަ އެވެ. އެއީ ސޯޝަލް މިޑިއާ ޕްލެޓްފޯމް ފޭސްބުކް މެދުވެރިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox