ޕްރޮޓޮކޯލާ ހިލާފުވި ކުޅުންތެރިން ނުލައި ބެންގަލޫރު އަލުން ރާއްޖެ އަށް

ޕްރޮޓޮކޯލާ ހިލާފުވި ޕާޓަލޫ: އޭނާ އަދިވެސް ބެންގަލޫރުގެ ކޮންޓްރެކްޓްގައި ހުރި ނަމަވެސް ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު ވެސް ނުލިބޭ.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ޕްރޮޓޮކޯލާ ހިލާފުވި ޕާޓަލޫ: އޭނާ އަދިވެސް ބެންގަލޫރުގެ ކޮންޓްރެކްޓްގައި ހުރި ނަމަވެސް ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު ވެސް ނުލިބޭ.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް އަށް ވަންނަން ކުޅެން ޖެހޭ ޕްލޭއޮފް މެޗަށް އިއްޔެ އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އަތުވިއިރު، މިދިޔަ މެއި މަހު އެ ޓީމުން މާލޭގައި ތިބިއިރު، ޕްރޮޓޮކޯލާ ހިލާފުވި އެއްވެސް ކުޅުންތެރިއަކު ނުގެނެ އެވެ.

ބެންގަލޫރުން މިދިޔަ މެއި މަހު ހަތް ވަނަ ދުވަހު އޭއެފްސީ ކަޕްގައި އީގަލްސްއާ ކުޅޭ މެޗަށް ރާއްޖެ އައީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަަވަޅުތަކަށް ސަމާލުކަން ދީގެންނެވެ. އެކަމަކު، މާލެ އައިސް ހޮޓެލް ޖެންގައި ތިބިއިރު ބެންގަލޫރުގެ ދެ ކުޅުންތެރިން ކަމަށްވާ އޮސްޓްރޭލިއާގެ މިޑްފީލްޑަރު އެރިކް ޕާޓަލޫ އާއި ސްޕެއިން ޑިފެންޑަރު ހުއާނާން އަދި ގޯލްކީޕަރު ކޯޗު ހުލެން އެސްނައޯލާ ވަނީ ޕްރޮޓޮކޯލް މުގުރާލައި މަގު މައްޗަށް ނުކުމެފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އޭއެފްސީއާ ގުޅިގެން ހަދާފައިވާ ޕްރޮޓޮކޯލްގައިވާ ގޮތުން އޭއެފްސީ ކަޕްގެ މުއްދަތުގެ ތެރޭގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޭރަށް ނުކުމެވޭނީ ހަަމައެކަނި ޕްރެކްޓިހާއި މެޗަށް އެކަންޏެވެ. އެކަމަކު، ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ބެންގަލޫރަށް ދެން ރާއްޖޭގައި މަޑުނުކުރެވޭނެ ކަމަށާއި އެ ޓީމު ރާއްޖެ ދޫކޮށްދާން އަންގައިފަ އެވެ. އެހެންވެ، އޭރު މެޗުތައް ނުކުޅެވި، މާލީ ގޮތުން އެތައް ބުރައެއް ޓީމުތައް އުފަލަން ޖެހޭ ގޮތަށް މެޗުތައް ޖެހުނީ ފަސްކުރާށެވެ. އެ މެޗުތައް ތާވަލުކުރީ މި މަހު ތެރޭގައި މާލޭގައި ކުޅޭ ގޮތަށެވެ. އެއީ އަލުން ބިޑަށް ހުޅުވާލައިގެން ރާއްޖޭން އަނެއްކާ ވެސް ބިޑް ކާމިޔާބު ކުރުމުންނެވެ.

ޕްރޮޓޮކޯލާ ހިލާފުވި ފަރާތްތަކަށް އަދަބުދޭނެ ކަމަށް އެ ކްލަބުގެ ސީއީއޯ ޕާތު ޖިންދާލް ވަނީ އޭރު ވިދާޅުވެފަ އެވެ.

މިދިޔަ މަހު އޭއެފްސީ ކަޕަށް ބެންގަލޫރުން ޓީމު އެކުލަވާލާ ޕްރެކްޓިސް ފެށިއިރު ވަނީ ރާއްޖޭގައި ޕްރޮޓޮކޯލް މުގުރާލި ތިން މީހުން ވެސް ޓީމާ ދުރުކޮށްފަ އެވެ. ރަސްމީކޮށް ހުއާނާން ވަނީ ބެންގަލޫރުގެ ކޮންޓްރެކްޓް އުވާލައި ހައިދްރަބާދު އެފްސީއާ ގުޅިފަ އެވެ. ގޯލްކީޕަރު ކޯޗަކަށް އެސްނައޯލާގެ ބަދަލުގައި ބެންގަލޫރުން ވަނީ ސްޓެފަން ޓޫނަން ހަމަޖައްސައިފަ އެވެ. އަދި ޕާޓަލޫގެ ކޮންޓްރެކްޓް ޓީމުގައި އޮތް ނަމަވެސް އަދިވެސް ކްލަބާ އެކު ފަރިތަކުރުމުގެ ފުރުސަތު އޭނާ އަށް ނުދެ އެވެ. އެކަމާ އޮސްޓްރޭލިއާގެ ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެންގަލޫރުގެ ވިސްނުމަކީ ހުއާނާން އާއި އެސްނައޯލާ ދޫކޮށްލި ގޮތަށް ޕާޓަލޫ ވެސް ޓީމުން ދޫކޮށްލާށެވެ. އެއީ އޭއެފްސީ ކަޕްގެ ޕްރޮޓޮކޯލް އެ މީހުންނަށް ވިސްނައިދީފައި ވަނިކޮށް ހިލާފުވެ، މާލޭގައި މަގު މައްޗަށް ނުކުތުމުންނެވެ.

އާ ޓްރާންސްފާތަކާ އެކު ބެންގަލޫރުގެ ވަރުގަދަ ޓީމެއް

ބެންގަލޫރުން ވަނީ އޭއެފްސީ ކަޕާ ދިމާކޮށް ޓީމަށް އާ ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. އޭގެ އިތުރުން ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ބެންގަލޫރަށް ސޮއިކޮށްފައިވާ ކުޅުންތެރިންނަކީ ކޮންގޯ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ، ކުރިން ޗެންނާއީން އާއި މޯހަން ބަގާން އަށް ކުޅުނު މިޑްފީލްޑަރު ޖަޔޭޝް ރާނޭ، ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ، މިދިޔަ ސީޒަނުގައި އައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި ފޯވާޑް އުމުރުން 23 އަހަރުގެ ބިދްޔާޝަގަރު ސިންހް، އީސްޓް ބެންގޯލުން އައި ކަނާތު ބެކް ސާތަކް ގޯލުއީ އާއި ފޯވާޑް ހަމަންޕްރީތު ސިންހް، ރިއަލް ކަޝްމީރު ޓީމުން ގެނައި ދާނިޝް ފާރޫގް އަދި ކެރަލާ ބްލާސްޓާސް އިން ސޮއިކުރި ޑިފެންސިވް މިޑްފީލްޑަރު ރޯހިތު ކުމާރް އެވެ.

ރާއްޖެ އަށް އިއްޔެ އައި ބެންގަލޫރު ޓީމުގައި ހިމެނެނީ 29 ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އެ ޓީމަށް އަލަށް ސޮއިކުރި ހަތް ކުޅުންތެރިންގެ އިތުރުން ބެންގަލޫރު ޔޫތު ޓީމުން ޕްރޮމޯޓްވި ހަތަރު ކުޅުންތެރިން ހިމެނެ އެވެ.

ބެންގަލޫރުގެ ކޯޗަކީ ޖަރުމަނުގެ މާކޯ ޕެޒޯލީ އެވެ. ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ޕެޒޯލީގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ހަމައެކަނި ރަަސްމީ މެޗަކީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ނޭޕާލްގެ އާމީ ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ވަނީ 5-0 އިން މޮޅުވެފަ އެވެ.

ބެންގަލޫރުން އޭއެފްސީ ކަޕްގައި މިހާތަނަށް ރާއްޖޭގެ ތިން ކްލަބަކާ ދެކޮޅަށް ޖުމްލަ 10 މެޗު ކުޅެފައިވެ އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ހަ މެޗާއި ނިއުއާ ދެކޮޅަށް ދެ މެޗާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗެވެ.

ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ވެސް ބެންގަލޫރު އޮތީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ އަތުންނެވެ.

އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއަން ސުޕަ ލީގުގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަންކަން މި ސީޒަނުގައި ވެސް ހޯދި ބަޝުންދުރާ ކިންގްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox