ގައުމީ މަޖިލީހުގައި ބައިވެރިނުވެ، ހަމަލާގެ އަޑުކަނޑުވާލަން އުޅޭ ކަމުގެ ތުހުމަތު!

މީގެ ކުރިން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި މެމްބަރުން ވޯޓު ދެއްވަނީ. -ފައިލް ފޮޓޯ: އެމްޑީޕީ

މީގެ ކުރިން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި މެމްބަރުން ވޯޓު ދެއްވަނީ. -ފައިލް ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާ އޮއްބާލައި، އެމަނިކުފާނު ޕާޓީން އެކަހެރިކުރަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު އެ ޕާޓީގެ އެންމެ މުހިންމު ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ރޭ ކޮށްފި އެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާފައި ވަނީ އެމްޑީޕީގެ ތެރޭގައި ރެނދުލައިގެން، ކޯޅުމެއްގެ މަލަމަތި ފެންނަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް ހަމަލާއަށްފަހު އެ ރެނދު ވަނީ ފުޅާވެ، ޕާޓީގެ ތެރޭގައި ވަނީ ރަނގަޅަށް ވެސް ދެ ފެކްޝަނެއް އުފެދިފަ އެވެ.

ނަޝީދުގެ ފަޅީގައި ތިއްބެވި ޕާޓީގެ އިސް ބޭފުޅުން ދަނީ ސަރުކާރަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. އެ ހަމަލާގެ ތަހުގީގާމެދު ހިތްހަމަނުޖެހޭކަން ފާޅުކޮށް، އެ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ފޮރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތާއެކު އެވެ.

އެއާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ "މެއި6"ގެ ނަމުގައި ކޮމިޓީއެއް އުފައްދައި، އެ ތަހުގީގުގެ ކަންކަން ދާ ގޮތެއް ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.

ހަފްތާއެކު އެއް ފަހަރު އެ ކޮމިޓީން ހޯދުނު މައުލޫމާތު ގައުމީ މަޖިލީހާ ހިއްސާކުރާ ގޮތަށް ގަރާރެއް ފާސްކުރި ނަމަވެސް، އެ ބައްދަލުވުންތަކުގެ ބައިވެރިވުން ކުޑަ އެވެ.

ރޭ ބޭއްވުނު ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކަން އެންމެ ފުރަތަމަ ފާހަގަކުރެއްވީ މަކުނޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަހުމަދު މައުސޫމެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ރާއްޖޭން ބޭރުގައި ހުންނަވައިގެން ނަޝީދު ފަރުވާ ހޯއްދަވަމުންދާއިރު، އެމަނިކުފާނަށް އަދިވެސް މަރުގެ އިންޒާރުތައް ދަނީ ލިބެމުން ކަމަށެވެ.

ނަމަވެސް، އެ އިންޒާރުތަކަށް ފުލުހުންގެ ތެރެއިން ވެސް މާބޮޑު ސަމާލުކަމެއް ނުލިބޭއިރު، އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވެސް ކަންބޮޑުވެގެން އުޅޭތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކީއްވެގެންތޯއޭ ޕާޓީގެ މެމްބަރުން ކަންބޮޑުނުވާންވީ؟ އެ ތަދު އަޅުގަނޑުމެންނަށް އިހުސާސެއް ނުކުރެވޭނެ. އެކަމަކު އަޅުގަނޑަށް ހިއެއް ނުވޭ ޕާޓީގެ ލީޑަޝިޕުގެ ބޭފުޅުން ނަޝީދަށް އެވަރުގެ އަނިޔާއެއް ލިބުނީމާ އެކަންކަން ދޫކޮށްލުން އެއީ އެހާ ރަނގަޅުކަމެއްހެން ހެނެއް؟" މައުސޫމް ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިވާ މެމްބަރުންގެ އަދަދު ދަށް ކަން އޭނާ ފާހަގަކުރެއްވިއިރު، 140 އަށް ވުރެ ގިނަ މެމްބަރުން ތިބޭ މަޖިލީހުގައި އެ ވަގުތު ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެ ތިބީ އެންމެ 38 މެމްބަރުންނެވެ.

ގައުމީ މަޖިލީހުގެ ހަމައެކަނި ކޯރަމް ހަމަވާން މަދުވެގެން 37 މެމްބަރުން ބޭނުންވެ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ މައުލޫމާތު ލިބެން ގައުމީ މަޖިލިސް ވަރަށް މުހިންމު ކަމަށެވެ.

ނަމަވެސް، އެފަދަ ބޮޑު ކަމެއް އާދައިގެ ކަމެއްގެ ގޮތުގައި ދައްކައިގެން، އެކަމުގައި ނަޝީދުގެ އަޑު ކަނޑުވާލައި، އެކަހެރިކުރަން އުޅޭކަމަށް ތުހުމަތު ކުރައްވައި އޭނާ ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ގައުމީ މަޖިލީހުގައި ބައެއް ކެބިނެޓު މިނިސްޓަރުން ތިއްބަވާއިރު، ބައްދަލުވުންތަކުގައި އެ ބޭފުޅުން ބައިވެރިނުވާކަމުގެ ޝަކުވާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި އެވެ.

އަދި އެ ސަބަބު ސާފުކޮށްދެއްވުމަށް ޕާޓީގެ ޗެއާޕާސަންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.

"އެ މަގާމުތަކުގައި އެ ބޭފުޅުން އެ ތިއްބަވަނީ އެ ބޭފުޅުންގެ ގާބިލުކަމުން ނޫނީ މޮޅު ކަމަކުން ނޫން. އެ ހިސާބަށް އެ ބޭފުޅުންނަށް ދެވުނީ އެމްޑީޕީގެ އާންމު މެމްބަރު ކުރި މަސައްކަތުން. ދެން އެ މަގާމުތަކަށް އާދެވުނު ގޮތް ހަނދުމަފުޅު ނެތުމަކީ އާންމު މެމްބަރުންނަށް ހަޖޫ ޖެހުން،" މީކާއިލް ވިދާޅުވި އެވެ.

މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ ނަޝީދަށް ދިން ހަމަލާގެ ހަގީގަތް ހޯދަން ގައުމީ މަޖިލީހުން ނުކުރި މަސައްކަތެއް އެހެން ބަޔަކު ނުކުރާނެ ކަމަށެވެ.

އެގޮތުން، އެ ހަމަލާގެ މައުލޫމާތު ހިއްސާކުރެވޭ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިނުވަނީ ގަސްދުގައި އެކަމުގެ ސީރިއަސްކަން ކަނޑުވާލަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިއީ ހީލަތްތެރި ވިސްނުމެއްގެ ތެރެއިން ނަޝީދު މި ޕާޓީގެ ފުހެލުމަށްޓަކައި ކުރަމުންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަގުސަދު ހާސިލުނުވާތީ، ގައުމީ މަޖިލީހުގެ ބައްދަލުވުންތައް މެމްބަރުން ހާޒިރުވެގެން ބޭއްވުމުގެ އިތުރުން މެއި6 ކޮމިޓީން އެމްޑީޕީގެ ހަރުގޭގައި މަހަކު ދެ ފަހަރު ބައްދަލުވުމެއް ބާއްވައި، އާންމު މެމްބަރުންނަށް އެ މައުލޫމާތު ހިއްސާކުރަން ރޭގެ ބައްދަލުވުމަށް ހުށަހެޅުނެވެ.

އެ ހުށަހެޅުންތައް ސާފުކޮށް، ވޯޓަށް އަހަން ޗެއާޕާސަން ހަސަން ލަތީފް ތައްޔާރުވަނިކޮށް ރޭގެ ބައްދަލުވުމުގެ ކޯރަމް ގެއްލުނެވެ.

ރޭގެ ބައްދަލުން މެދުކަނޑާލަންޖެހުނީ އެ ހުށަހެޅުމަށް ވޯޓަށް ނޭހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox