ހުލާސާކޮށް އިއްޔެ: މިނިވަން މީޑިއާ ނައްތާލާ ބިލް ފާސްކުރިޔަސް ތަންފީޒެއް ނުކުރެވޭނެ

Sep 1, 2025, 1:41 AM
މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ މީޑިއާ އެންޑު ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާމެދު ބްރޯޑްކާސްޓިން ކޮމިޝަންގެ ހިޔާލު ހޯދަން ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ މީޑިއާ އެންޑު ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާމެދު ބްރޯޑްކާސްޓިން ކޮމިޝަންގެ ހިޔާލު ހޯދަން ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ޑްރާފްޓު ކުރުމުގެ ކުރިން ދިރާސާއެއް މަޝްވަރާއެއް ކޮށްފައި ނުވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން އިއްޔެ ފާޅުކުރި އެވެ. އަދި އެ ބިލް މިހާރު އޮތް ގޮތަށް ފާސްކޮށް ގާނޫނަކަށް ހެދިޔަސް ތަންފީޒު ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހުށަހެޅުމުގެ ކުރިން މަޝްވަރާ ނުކުރާތީ ބްރޯޑްކޮމްގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ އެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަމުންނެވެ.

ކޮމިޓީގައި ވާހަކަަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސް, ސަފާ ޝަފީގު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނާ ބައްދަލު ކޮށްފައި ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއް ރެގިއުލޭޓަރީ ބޮޑީ، އަޅުގަނޑުމެންނާ ހަމަ ގައިމުވެސް ކޮންސަލްޓެއް ނުކުރައްވާ އިނގޭތޯ؟ އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ކަހަލަ ނޭޝަންވައިޑް ރީސާޗެއް ނޫނީ ސްޓޭކް ހޯލްޑާސްއާ އެއްވެސް ވަރަކަށް ބައްދަލު ކުރި ހެނެއް، އެހެންވީމާ މިއީ ހަމަ އަޅުގަނޑު ހިތާމަ ކުރާ ކަމެއް،" ސަފާ ވިދާޅުވި އެވެ.

ނޫސްވެރިންނާއި އަދި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރި ނަމަ މީޑިއާތައް ރެގިއުލޭޓު ކުރުމުގައި ދިމާވާ ހަގީގީ މައްސަލަތައް ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދަން ފަސޭހަވީސް ކަމަށް ސަފާ ވިދާޅުވި އެވެ. އެގޮތުން މީޑިއާތައް ރެގިއުލޭޓު ކުރާ ބިލެއް ޑްރާފްޓު ކުރުމުގެ ކުރިން މީޑިއާތައް މިހާރު ރެގިއުލޭޓު ކުރަމުންދާ ބްރޯޑްކޮމް އާއި މޯލްޑިވްސް މީޑިއާ ކައުންސިލާ މަޝްވަރާ ކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސޭ އެއް [ބަހެއް] ވަރަށް މުހިންމުވާ ސަބަބަކީ އަޅުގަނޑުމެންނަށް މިހާރު އެނގޭނެ އަޅުގަނޑުމެންނަށް މިހާރު ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، އަޅުގަނޑުމެންނަށް ބައެެއް މަސައްކަތްތައް ލަސްވެގެން ދަނީ ނުކުރެވިގެން ދަނީ ކޮން ސަބަބުތަކަށްޓަކައިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ، އިމްޕްލިމެންޓު ކުރަން ތިބި ބަޔަކަށް އެނގޭނީ މިކަން ނުކުރެވޭ ސަބަބަކީ ކޮބައިކަން،" ސަފާ ވިދާޅުވި އެވެ.

މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ކަން ކުރާ ގޮތް ވެސް ބަލައި ދިރާސާ ކުރުން މުހިންމު ކަމަށް ސަފާ ވިދާޅުވި އެވެ. އެގޮތުން ބޭރު ގައުމުތަކުގައި މީޑިއާތައް ރެގިއުލޭތު ކުރަން ގެންގުޅޭ ނިޒާމުތައް ރާއްޖެއަށް ގެނެސްގެން ނުކުންނާނެ ނަތީޖާއާ މެދު ވެސް ވިސްނަންޖެހޭ ކަމަށް ސަފާ ވިދާޅުވި އެވެ.

"ސެލްފް ރެގިއުލޭޓަރީ ސިސްޓަމަކަށްތޯ އަޅުގަނޑުމެން ދާންވީ، ހުރިހާ މެންބަރުންނަކީ ވޯޓު ލައިގެން ކަނޑައަޅާ ސެލްފް ރެގިއުލޭޓަރީ ސިސްޓަމަކަށްތޯ ދާންވީ ނޫނީ ކޯ ރެގިއުލޭޝަންއަށްތޯ؟ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މީތި ވެސް ހަމަ އެކަޑެމިކަލީ ކޮލިފައިޑް ބައެއްތޯ ހަމަ ކުރީގައި ދެންނެވިހެން ބަލާފައި މެޖޯރިޓީ އޮފް ދަ ޖާނަލިސްޓުންނަކީ ސެލްފް ޑިސިޕްލިންޑު ބައެއްތޯ ބެލުން ވަރަށް މުހިންމޭ،" ސަފާ ވިދާޅުވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާމެދު މަޖިލީހުން ކޮންމެ ގޮތަކަށް އަމަލު ކުރި ނަމަވެސް އެ ބިލު މިހާރު އޮތް ގޮތަށް ބަލާއިރު، އެ ބިލުގައި ހުރި ކަންކަން ތަންފީޒު ކުރަން ފަސޭހަ ނުވާނެކަމަށް ސަފާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ވެސް ބްރޯޑްކޮމްއަށް ދީފައި އޮންނަ ބަޖެޓު ކުޑަވުމާއި އެކަށީގެންވާ މޮނިޓަރިން ނިޒާމެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ. ކަންކަން އެހެން ހުރި ނަމަވެސް، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބްރޯޑްކާސްޓިން މީޑިއާތަކުގެ އިތުރުން ޕްރިންޓް އަދި އޮންލައިން މީޑީއާތަކާއި ރީބްރޯޑްކާސްޓިން މީޑިއާ އަދި އޯޓީޓީ ޕްލެޓްފޯމްތައް އެއްކޮށްލަން ނިންމާފައިވުމުން އެ ގޮންޖެހުންތައް އިތުރުވެގެންދާނެކަން ސަފާ ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން މީޑިއާތައް ރެގިއުލޭޓު ކުރުމަށް އުފައްދާ ކޮމިޝަނުގައި ތިއްބަވާނެ މެންބަރުންގެ ޝަރުތުތައް ކަނޑައެޅުމުގައި ވެސް ހުރި ކަންބޮޑުވުންތައް އޭނާ ފާހަގަކުރެއްވި އެވެ.

ސަފާގެ ވާހަކަތަކަށް އެ ކޮމިޝަނުގެ އެހެން މެންބަރުން ވެސް ތައީދު ކުރެއްވި އެވެ.

ނަމާދު ވަގުތު

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox