މި ސީޒަނަށް ފަހު ދުނިޔޭގެ ޗެމްޕިއަން ރޮސީ ރިޓަޔާކުރަނީ

Aug 6, 2021, 5:03 AM
މަޝްހޫރު މޮޓޯޖީޕީ ރޭސަރު ވެލެންޓީނޯ ރޮސީ.-- ފޮޓޯ: އޭއެފްޕީ

މަޝްހޫރު މޮޓޯޖީޕީ ރޭސަރު ވެލެންޓީނޯ ރޮސީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޮގަސްޓް 6) - މި އަހަރުގެ މޮޓޯޖީޕީ ސީޒަނަށް ފަހު ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ސައިކަލް ދުއްވުންތެރިޔާ އިޓަލީގެ ވެލެންޓީނޯ ރޮސީ ރިޓަޔާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

ސްޓީރިއަން ގްރޯންޑް ޕްރީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އުމުރުން 42 އަހަރުގެ ރޮސީ ބުނީ މިއީ އޭނާ އަށް ދައްކަން އެހާ ފަސޭހަ ވާހަކައެއް ނޫން ކަމަށާއި މި ސީޒަނަށް ފަހު ރޭސް ޓްރެކުން ދެން ނުފެންނާނެ ކަމަށެވެ.

"ވަރަށް އުނދަގޫ ހިތަށް ގެންނަން ވެސް. އަންނަ އަހަރު އަހަރެން މި ރޭސް ޓްރެކަކުން ނުފެންނާނެ. ވަރަށް ބައިވަރު ފޮނި ހަނދާންތަކަކާ އެކު އަހަރެން މިކަން އިއުލާނު މި ކުރަނީ ނުހަނު ހިތާމައިގައި ހުރެ،" 25 އަހަރުގެ ދިގު ކެރިއަރު ނިންމާލުމާ ބެހޭގޮތުން ރޮސީ ބުންޏެވެ.

ރޭހެއްގެ ތެރެއިން ރޮސީ: މި ސީޒަނަށް ފަހު އޭނާ ރިޓަޔާކުރަން ވަނީ ނިންމާފައި.-- ފޮޓޯ: އޭއެފްޕީ

ރޮސީ އަކީ މޮޓޯޖީޕީގެ ގިނަ ރެކޯޑްތަކެއް އޮތް ދުވުންތެރިއެކެވެ. ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދި ރޮސީ ރޭސިން އަށް އެންމެ ފުރަތަމަ ނުކުތީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ހެދި ގިނަ ރެކޯޑްތަކުގެ ތެރެއިން އަދިވެސް ގިނަ ބަޔަކަށް އަތްނުލެވި އޮތް އެންމެ ފާހަގަކޮށްލެވޭ ރެކޯޑަކީ 125 ސީސީ އާއި 250 ސީސީ އަދި 500 ސީސީގެ ޗެމްޕިއަންޝިޕްގެ އިތުރުން މޮޓޯޖީޕީގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި މީހާގެ ޝަރަފެވެ.

ރޮސީ އެންމެ ފަހުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ދުނިޔޭގެ ދެ ވަނަ ހޯދައިފަ އެވެ. އެއީ 2014، 2015 އަދި 2016 ވަނަ އަހަރު އެވެ. ރޮސީ އަކީ ރަސްމީ ސައިކަލް ރޭސްތަކުގެ ތެރެއިން 400 ރޭހަށް ވުރެ ގިނަ އިވެންޓްތަކުގައި ބައިވެރިވި ހަމައެކަނި އެތުލީޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox