ނަޝީދުގެ ބަޔާނެއް މުހިއްމުވާތީ ވަކީލަކަށް ނާޒިމް

ނަޝީދާއި ނާޒިމް އެކުގައި: ވަކީލަކު އައްޔަންކުރެއްވީ ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ވިދާޅުވަމުން އަންނާތީ. ފޮޓޯ/ފޭސްބުކް

ނަޝީދާއި ނާޒިމް އެކުގައި: ވަކީލަކު އައްޔަންކުރެއްވީ ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ވިދާޅުވަމުން އަންނާތީ. ފޮޓޯ/ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް މުހިއްމު ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާތީ ވަކީލަކަށް, ނާޒިމް ސައްތާރު ހަމަޖައްސަވައިފި އެވެ.

ނަޝީދު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ކޮއްކޯފުޅު ނާޒިމް, ވަކީލަކަށް ހަމަޖެއްސެވިކަން ސިޓީކުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އަންގަވައިފަ އެވެ.

ނާޒިމް "އަދަދު"އަށް ވިދާޅުވީ ބަޔާން ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ މައްސަލައިގެ ލިއުންތައް ވެސް ލިބިވަޑައިގަތުމުން ކަަމަށެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދީފައި ވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

އެ ހަމަލާއާ ގުޅޭ ގޮތުން މިދިޔަ އަންގާރަދުވަހު ޕްރޮސިކިއުޓަ ޖެނެރަލް ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު ނަޝީދުގެ ބަޔާނެއް މިހާތަނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެމަނިކުފާނުގެ ބަޔާނެއް މުހިއްމު ކަމަށް އެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވި އެވެ.

"އަދި ބަޔާނެއް ދެއްވާފައި ނެތް. އަޅުގަނޑުމެން މަސައްކަތް އެބަކުރަން ބަޔާނެއް ހޯދަން ނުވަތަ މިކަމާމެދު ދެކެވަޑައިގަންނަވާ ގޮތެއް ހޯދުމުގެ މަސައްކަތްތަކެއް. އަދިއެއް ކާމިޔާބެއް ނުވޭ އަޅުގަނޑުމެންނަކަށް،" ޝަމީމް ވިދާޅުވި އެވެ.

ހަމަލާގައި ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ނަޝީދުގެ ބަޔާނެއް ތަހުގީގަށް ހޯދަން މަސައްކަތް ކުރި ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާއަށް ނަޝީދު ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވުމުން ސިޓީއަކުން ނޫނީ އީމެއިލް މެދުވެރިކޮށް ވެސް އެ ބަޔާން ހޯދަން މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.

ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ "ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ" އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

ހަމަލާއާ ގުޅިގެން ޖަރުމަންގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު ނިމޭހާ ތަނުގައި ރާއްޖެ ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޮން ގޮއްވި މީހާ އާއި ބޮން ހަދައި ހަރުކުރި މީހާގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހިމެނޭ މީހުން ހައްޔަރުކޮށްފައިވާ އިރު އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox