ލަލީގާ އަށް ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

Aug 4, 2021, 1:05 PM
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން މެސީ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން މެސީ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޮގަސްޓް 4) - މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ސީވީސީ ކެޕިޓަލް އިން ސްޕެނިޝް ލީގު (ލަލީގާ)ގެ 10 ޕަސެންޓް ހިއްސާ ތިން ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވެފައިވާ ކަމަށް ލަލީގާ އިން އިއުލާނުކޮށްފި އެވެ.

މި އެއްބަސްވުން ފާސްކުރެވޭނީ ސްޕެއިނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަންގެ 42 ކްލަބްގެ ވޯޓުގެ މެޖޯރިޓީ ކްލަބްތަކުގެ ތާއީދު ލިބިއްޖެނަމަ އެވެ.

މީގެ ކުރިން ސީވީސީ ކެޕިޓަލް އިން ވަނީ އިޓާލިއަން ލީގުގެ ހިއްސާއެއް ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ކުޑަ ވަގުތު ކޮޅެއްގެ މާލީ މަންފާ އަށް ބަލައި ދުރުރާސްތާ ވިސްނުމެއް ނެތި ލީގުގެ ހިއްސާއެއް ވިއްކާލުމުގެ ގޯސް އަސަރުތަކެއް ކޮށްފައިވާނެތީ މަޝްހޫރު ކްލަބްތަކުން ވެސް އެ ޑީލަށް ނޫނެކޭ ބުނުމުން ސީވީސީ އަށް އެ ޑީލް ކުރިއަށް ނުގެންދެވުނެވެ. އިޓަލީގެ ބޮޑެތި ކްލަބްތަކުން ސީވީސީއާ އެކު އެއްބަސްވި ޑީލަށް ވޯޓު ނުދިން އަނެއް ސަބަބަކީ މުޅި ލީގުގެ ހައިބަތަށް ބަލާއިރު ސީވީސީން ހުށަހެޅި ތިން ބިލިއަން ޑޮލަރަކީ ކުޑަ އަގެއް ކަމަށް ފެންނާތީ އެވެ.

އިޓަލީގެ ކުރިން ސީވީސީން ޖަރުމަނު ލީގުގެ ހިއްސާއެއް ގަނެ، އިންވެސްޓްކުރަން ކުރި މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އިންޓަވިއު ދެނީ.-- ފޮޓޯ: އޭއެފްޕީ

ސީވީސީން ލަލީގާގެ ރައިޓްސް ގަންނަން މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅަކީ ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް މާލީ ގޮތުން އަޑިގަނޑެއްގެ ތެރޭގައި ވަނިކޮށެވެ. ސީވީސީގެ ޑީލް ކުރިއަށް ގޮސްފިނަމަ ބާސެލޯނާ އާއި ރެއާލްގެ މި ވަގުތު އޮތް މާލީ މައްސަލަތަކަށް ލުޔެއް ލިބޭނެ އެވެ. އެއީ ޑީލް ފާސްވުމާ އެކު ލަލީގާ އަށް ދޭ ފުރަތަމަ ޕޭމަންޓްގައި ހިމެނޭ ބޮޑު ޕަސެންޓަކީ ކްލަބްތަކަށް ބަހަން ޖެހޭ ފައިސާ ކަމަށްވާތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކްލަބްތަކުގެ ހައިބަތަށް ބަލައިގެން އެ ޕޭމަންޓްތައް ބަހާއިރު، އެންމެ ގިނައިން ލިބޭނެ ދެ ކްލަބަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށެވެ. ސީވީސީ އާއި ލަލީގާގެ މި ޑީލާ ބެހޭގޮތުން ރެއާލާއި ބާސެލޯނާ އިން އަދި ރަސްމީކޮށް ބަހެއް ނުބުނެ އެވެ.

ލަލީގާ އިން ބުނީ މި ޑީލް ކުރިއަށްގެންދިޔަ ނަމަވެސް ސީވީސީ އަށް ވުރެ ބޮޑަށް ލީގުގެ ރައިޓްސްގެ ކަންކަމުގައި ފަހު ބަސް ބުނުމުގެ އިހުތިޔާރު އޮންނާނީ ލީގުގެ ބޯޑަށް ކަމަށެވެ.

ލަލީގާގެ އޮފިޝަލަކު ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިއީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން ވަގުތީ ހައްލަކަށް ވިސްނައިގެން ކުރާ ކަމެއް ނޫން ކަަމަށެވެ. މި އިވެންސްޓްމަންޓްގެ ބޮޑު ބޭނުމަކީ ލަލީގާގެ ބްރޭންޑާއި ކްލަބްތަކުގެ ޑިވެލޮޕްމަންޓަށް ކުރާ މަސައްކަތްތައް ރައްކާތެރި އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް އޮފިޝަލް ބުންޏެވެ.

"ޓާގެޓަކީ ހަ އަހަރު ތެރޭގައި ޔޫރަޕްގައި އެންމެ މާލީ ގޮތުން ވަރުގަދަ ލީގަކަށް ލަލީގާ ހެދުން،" އޮފިޝަލް ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ސީވީސީން ވަނީ ޔޫރަޕްގެ ކުޅިވަރު ދާއިރާ އަށް ގިނަ ހަރަދުތަކެއް ކޮށްފަ އެވެ. އެ ގޮތުން ޔޫރަޕްގައި ކުރިއަށްދާ މަޝްހޫރު ރަގްބީ މުބާރާތް، ސިކްސް ނޭޝަންސް ޗެމްޕިއަންޝިޕްގެ އޮގަނައިޒިން ކޮމިޓީއާ އެކު ވިޔަފާރި ޑީލެއް ހެދިއިރު، އެއީ 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އަދި ސީވީސީން ވަނީ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީއާ ގުޅޭ ބެޓް ކުރުމުގެ ވިޔަފާރީގައި 300 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ.

އޭގެ އިތުރުން ސީވީސީން ވަނީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއާ ގުޅިގެން ފުޓްބޯޅައިގެ އެކި އިންވެސްޓްމަންޓްތަކުގައި ކުރިއަށްދާން ވެސް މަޝްވަރާކޮށްފަ އެވެ. އެ ގޮތުން އުމުރުފުރާ އެކި މުބާރާތްތަކުގެ ބްރޯޑްކާސްޓިން ރައިޓްސްގެ ކޮންޓްރޯލް ލިބޭ ވިޔަފާރި ޑީލްތަކެއް ކުރިއަށްގެންދަން ސީވީސީން ވަނީ ހުށަހަޅައިފަ އެވެ.

ސީވީސީގެ ހެޑްކުއާޓަރު ހުންނަނީ ލަގްޒެމްބާގްގަ އެވެ. އެންމެ ފަހުން އާންމުކުރި މި ސީވީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ކުންފުނީގެ މިލްކިއްޔާތުގައި 111 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox