އޮލިމްޕިކްސް: ފައިނަލުގައި ސްޕެއިނާއި ބްރެޒިލްގެ ކުރިމަތިލުމެއް

Aug 3, 2021, 2:38 PM
ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ އަސެންސިއޯ އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ އަސެންސިއޯ އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (އޮގަސްޓް 3) - މި ފަހަރުގެ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓްގެ ފައިނަލުގައި އެންމެ ފަހުން ރަން މެޑަލް ހޯދި ބްރެޒިލާއި މި ފަހަރުގެ ގޭމްސް އަށް އެންމެ ވަރުގަދަ ޓީމަކާ އެކު ނުކުތް ސްޕެއިން ކުރިމަތިލާން ޖެހިއްޖެ އެވެ.

ތޭވީސް އަހަރުން ދަށަށް ހާއްސަކޮށްގެން ކުޅޭ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ސީނިއާ ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެ އެވެ.

މިއަދު ކުޅުނު ފުރަތަމަ ސެމީގައި ބްރެޒިލުން ވަނީ ޕެނަލްޓީ ޖަހައިގެން 4-1 އިން މެކްސިކޯ ބަލިކޮށްފަ އެވެ. ދެ ވަނަ ސެމީިގައި އިތުުރު ވަގުތުގެ ދެ ވަނަ ހާފްގައި ސްޕެއިނުން ވައްދާލި ގޯލުން ވަނީ 1-0 އިން މި ފަހަރުގެ ގޭމްސްގެ ހޯސްޓް ޖަޕާން ބަލިކޮށްފަ އެވެ.

ބްރެޒިލް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ވަނީ އެ ޓީމަށް ޕެނަލްޓީއެއް ދީފަ އެވެ. ޑަގްލަސް ލުއީޒް އަށް މެކްސިކޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ޕެނަލްޓީ ދޭން ފުރަތަމަ ރެފްރީ ނިންމި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނުއިރު، ބްރެޒިލުން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ ކެޕްޓަން ޑެނީ އަލްވޭސް، ގަބްރިއެލް މާޓިނޭލީ، ބްރޫނޯ ހީމާރޭސް އަދި ރެއިނީއޭ ހީސޫސް އެވެ.

މެކްސިކޯގެ ކުޅުންތެރިއަކު ކައިރިން ބްރެޒިލްގެ އަލްވޭސް (ކ) ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެކްސިކޯގެ ޑެނިއަލް އަގީރޭ ފުރަތަމަ ޕެނަލްޓީ ފޮނުވާލުމުން ބްރެޒިލްގެ ކީޕަރު ސަންޓޯސް މަތަކުރި އެވެ. މެކްސިކޯގެ ދެ ވަނަ ޕެނަލްޓީ ފިލިޕޭ ވަޒްކޭޒަށް ގޯލާ ސީދާކޮށްނުލެވުނެވެ. އެ ޓީމުން ތިން ވަނަ ޕެނަލްޓީ ކާމިޔާބުކުރީ އަލްބާޓޯ ރޮޑްރިގޭޒް ގޯމޭޒް އެވެ. އެކަމަކު އިތުރު ޕެނަލްޓީއެއް ޖަހަން ނުލިބި މެކްސިކޯ ވަނީ ބަލިވެފަ އެވެ.މ

މިއީ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓްގައި ބްރެޒިލުން ޖެހިޖެހިގެން ފައިނަލްގައި ކުޅޭ ތިން ވަނަ ފަހަރެވެ. ލަންޑަން އޮލިމްޕިކްސްގައި 2012 ވަނަ އަހަރު ބްރެޒިލް ބަލިވީ ފައިނަލްގައި މެކްސިކޯ އަތުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ފަސް ގަނޑުގައި ވަނީ ޖަރުމަނު ބަލިކޮށް ރަން މެޑަލް ހޯދައިފަ އެވެ.

ކުއާޓާ ފައިނަލުގައި އައިވަރީ ކޯސްޓް އަތުން ވެސް ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ. ސެމީ ފައިނަލުގައި ވެސް މިއަދު ސްޕެއިން އަށް އިތުރު ވަގުތުގެ ދެ ވަނަ ހާފް ކުޅެން ޖެހުނުއިރު، އެ ޓީމަށް މޮޅުވެވުނީ އުނދަގުލުންނެވެ. މެޗުގައި ސްޕެއިނުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މިކޭލް އޮޔާޒަބާލް ދިން ބޯޅައަކުން މާކޯ އަސެންސިއޯ އެވެ. އަސެންސިއޯ އަކީ ސީނިއާ ތިން ކުޅުންތެރިންގެ ޖާގައިގެ ތެރެއިން ޓީމުން ފުރުސަތު ދިން ކުޅުންތެރިއެކެވެ. ސްޕެއިނުން ފައިނަލާ ހަމައަށް ކުރި ދަތުރުގައި އަސެންސިއޯގެ ދައުރު ބޮޑެވެ.

ސްޕެއިނުން ވަނީ 1992 ވަނަ އަހަރު ބާސެލޯނާގައި ބޭއްވި އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ސިޑްނީގައި ބޭއްވި އޮލިމްޕިކްސްގެ ފައިނަލުން ސްޕެއިން ވަނީ ކެމަރޫން އަތުން ބަލިވެފަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ސްޕެއިން ފައިނަލުގައި ބްރެޒިލާ ދެކޮޅަށް ނުކުންނައިރު، އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ޖަޕާނާއި މެކްސިކޯ ކުޅޭ ލޯ މެޑަލް މެޗު އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox