އޮލިމްޕިކްސް: އެތުލެޓިކްސްގައި އިންޑިއާ އަށް ފުރަތަމަ ރަން މެޑަލް

Aug 8, 2021, 7:35 AM
އިންޑިއާ އަށް ރަން މެޑަލް ގެނެސްދިން ނީރަޖް މެޑަލް ހިފައިގެން.

އިންޑިއާ އަށް ރަން މެޑަލް ގެނެސްދިން ނީރަޖް މެޑަލް ހިފައިގެން.

ޓޯކިޔޯ (އޮގަސްޓް 8) - ޓޯކިޔޯ އޮލިމްޕިކްސްގެ ޖެވެލިން އުކުމުން ޒުވާްން ތަރި ނީރަޖް ޗޯޕުޅާ ހޯދި ރަން މެޑަލާ އެކު އިންޑިއާ އިން އޮލިމްޕިކްސް ތާރީހުގައި އެތުލެޓިކްސްގެ އިވެންޓަކުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހާސިލްކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ނީރަޖް މީގެ ކުރިން ވަނީ ޖެވެލިން އުކުމުން ސައުތު އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސް އަދި އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އެކަމަކު، މި ފަހަރުގެ އޮލިމްޕިކްސްގައި އިއްޔެ 87.58 މީޓަރު ދުރަށް ޖެވެލިން އެއްލައިގެން އޮލިމްޕިކްސްގައި ރަން މެޑަލް ލިބުން ހުރިހާ ގޮތަކުން ވެސް އޭނާ އަށް ހާއްސަަ އެވެ.

"މިއީ ގަބޫލުކުރަން ވެސް ދަތި ވަގުތު ކޮޅެއް. މިއީ އަހަންނަށް ވެސް އަހަރެންގެ ގައުމަށް ވެސް ފަހުރުވެރި ހާއްސަ ކާމިޔާބެއް،" ނީރަޖް ބުންޏެވެ.

Advertisement

"ކޮލިފިކޭޝަން ބުރުގައި ވެސް ވަރަށް ރަނގަޅަށް ދިޔައީ. އެހެންވެ އުއްމީދު އޮތް ފައިނަލުގައި ވަރަށް ދުރަށް ދެވޭނެ ކަމުގެ. އަހަރެން އެއްވެސް ވަރަކަށް މެޑަލަކަށް ނުވިސްނަން. ހިތްހަމަޖެހޭ ވަރަށް ޕާފޯމްކުރަން ވިސްނީ. ރަން މެޑަލް ލިބުމުން ވަރަށް ބޮޑަށް އުފާވޭ. ބުނެދޭން ވެސް ނޭނގޭ އިހުސާސެއް މި ކުރެވެނީ،"

ނީރަޖް އިންޑިއާގެ ދިދަ ހިފައިގެން ޓްރެކުގައި.

މިއީ އިންޑިވިޖުއަލް އިވެންޓަކުން އިންޑިއާ އަށް އޮލިމްޕިކްސްގައި ލިބިގެންދިޔަ ދެ ވަަަނަ ރަން މެޑަލް އެވެ. އެންމެ ފުރަތަމަ ރަން މެޑަލް ހޯދީ ބެއިޖިން އޮލިމްޕިކްސްގައި 10 މީޓަރު އެއާރައިފަލް އިވެންޓުން ރަން މެޑަލް ހޯދި އަބިނަވް ބިންދްރާ އެވެ.

ނީރަޖް ރަން މެޑަލް ހޯދުމާ އެކު އިންޑިއާގެ އޮލިމްޕިކްސް ތާރީހުގައި ކާމިޔާބުގެ އާ ސޮފުހާއެއް ލިޔެވުނީ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި އިންޑިއާ އިން މިހާތަނަށް ހަތް މެޑަލް ހޯދިއިރު، މިއީ އެ ގައުމުގެ އެންމެ ކާމިޔާބު އޮލިމްޕިކްސް އެވެ. މީގެ ކުރިން އޮލިމްޕިކްސްއެއްގައި އިންޑިއާ އިން އެންމެ ގިނަ މެޑަލް ހޯދީ 2012 ވަަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގަ އެވެ. އެ ފަހަރު ލިބުނީ ހަ މެޑަލް އެވެ.

ނީރަޖަށް ހުރިހާ ތައުރީފެއް ހައްގު

ނީރަޖަކީ އިންޑިއާގެ ހަރްޔާނާ ސްޓޭޓްގެ ޕާނީޕަޓްގެ ކުޑަ އަވަށަކަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ކުޅިވަރުން ކުރިއަށްދާން އެ އާއިލާ އިން ބޮޑު ގުރުބާނީއެއްވި އެވެ. އަބަދުވެސް އޭނާއާ ބައިވެރިވެ ގައުމަށް ކާމިޔާބީ ހޯދައިދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަން ހިތްވަރުދީ ހެދި އެވެ.

އާންމު ގޮތެއްގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނީރަޖްގެ އިވެންޓް ކުރިއަށްދާއިރު، އަވަށު އެންމެން އެއްކޮށްގެން ބޮޑު ސްކްރީންގައި ނީރަޖްގެ އިވެންޓް ބަލައި ހަދަ އެވެ. އަދި އެ މަންޒަރުތައް ރެކޯޑްކޮށް ނީރަޖް ގައުމަށް އެނބުރި އައުމުން ގޭ އެންމެން އެކުގައި ތިބެގެން އެ ވީޑިއޯތައް ބަލަ އެވެ.

އޮލިމްޕިކްސްގައި ނީރަޖް ހޯދި ކާމިޔާބީއާ އެކު އިންޑިއާގެ ކުޅިވަރާ ބެހޭ ވަޒީރު އަނޫރާގް ޓާކުރް ކުރި ޓްވީޓެއްގައި ނީރަޖް އަށް ނިސްބަތްކޮށްފައިވަނީ އިންޑިއާގެ "ގޯލްޑަން ބޯއީ" ގެ ނަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނީރަޖް މި ހޯދި ކާމިޔާބީ ތާ އަބަދަށް އިންޑިއާ އިން ހަނދާން ކުރާނެ ކަމަށެވެ.

ނީރަޖްގެ ކާމިޔާބީ ފާހަގަކުރަން އޭނާގެ ގެ ކައިރީގައި ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އެކި ދާއިރާތަކުގެ އެކި ފަންތީގެ މީހުން އަންނަނީ ނީރަޖް އަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ނީރަޖަށް ބޮޑެތި އިނާމްތަކެއް

ނީރަަޖް މި ހޯދި ކާމިޔާބީއާ ގުޅިގެން އޭނާ އަށް ދޭން ނިންމާފައިވާ ގިނަ އިނާމްތަކެއް އިންޑިއާގެ ސަރުކާރާއި ޕްރައިވެޓް ކުންފުނިތަކުން ވަނީ އިއުލާން ކޮށްފަ އެވެ.

އެ ގޮތުން ނީރަޖް ނިސްބަތްވާ ހަރްޔާނާ ސްޓޭޓްގެ ޗީފް މިނިސްޓަރު އެމްއެލް ކައްތަރު ވަނީ ނީރަޖަށް ހަ ކްރޯޑް ރުޕީސް (808،510 ޑޮލަރު)ގެ އިތުރުން ހަރްޔާނާ ސްޓޭޓުން ބިމެއް ދޭން ނިންމަވައިފަ އެވެ. ޕަންޖާބް ޗީފް މިނިސްޓަރު ކެޕްޓަން އަމްރިންދަރު ސިންހް ވަނީ ނީރަޖަށް ދެ ކްރޯޑް ރުޕީސް (269،503 ޑޮލަރު) ހަދިޔާކުރަން ނިންމަވައިފަ އެވެ. އަދި މަނީޕޫރް ސްޓޭޓްގެ ފަރާތުން ނީރަޖަށް އެއް ކްރޯޑް (134،751 ޑޮލަރު) ދޭނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައި އާއި އިންޑިއަން ޕްރިމިއާ ލީގުގެ ކްލަބް ޗެންނާއީ ސުޕަ ކިންގްސްގެ ފަރާތުން ވެސް ނީރަޖަށް ފައިސާގެ އިނާމް ދޭނެ ކަން ވަނީ އިއުލާނުކޮށްފަ އެވެ. އެ ގޮތުން ބީސީސީއައި އާއި ޗެންނާއީ ޓީމުން ޖުމްލަ އެއްކޮށް ދެ ކްރޯޑް ރުޕީސް (269،503 ޑޮލަރު) ދޭނެ އެވެ.

އިންޑިގޯގެ ފަރާތުން ނީރަޖަށް އެއް އަހަރު ދުވަހަށް ބޭނުންވަރަކަށް ހިލޭ ދަތުރުކުރެވޭ ވައުޗަރެއް ދޭން ނިންމާފައިވާއިރު، މަހިންދުރަ ކުންފުނީގެ ފަރާތުން އެންމެ ފަހުގެ މޮޑެލްގެ ކާރެއް ނީރަޖަށް ދޭނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox