އޮލިމްޕިކްސްގެ ކުރިން މަނާބޭހަށް ޗައިނާގެ ފެތުންތެރިން ޓެސްޓްކުރާ މިންވަރު އިތުރުވާނެ

Jul 16, 2024, 9:24 AM
އޮލިމްޕިކްސްގެ ކުރިން މަނާބޭހަށް ޗައިނާގެ ފެތުންތެރިން ޓެސްޓްކުރާ މިންވަރު އިތުރުވާނެ

ޕެރިސް (ޖުލައި 16) - އަންނަ ހަފްތާގައި ޕެރިހުގައި ފަށާ އޮލިމްޕިކްސްގެ ކުރިން ޗައިނާގެ ފެތުންތެރިން މަނާބޭހަށް ޓެސްޓް ކުރާ މިންވަރު އެހެން ގައުމުތަކަށް ވުރެ އިތުރުކުރަން ނިންމައިފި އެވެ.

އެއީ އެންމެ ފަހުން، 2021 ވަނަ އަހަރު ބޭއްވި، 2020 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ހިނގާދިޔަ ކަމެއްގެ ސަބަބުންނެވެ. އޮލިމްޕިކްސް ބާއްވަން އޮތް އަހަރު ނުބޭއްވުނީ، ކޮވިޑް-19އާ ހެދި އެެވެ.

މަނާބޭހަށް ޓެސްޓްކުރާ އެޖެންސީ އަށް ދާދި ފަހުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެއީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހަކަށް ޕޮޒިޓިވްވެފައިވާ ޗައިނާގެ 23 ފެތުންތެރިއަކު، 2020 ގެ އޮލިމްޕިކްސްގައި ވާދަކުރަން ފުރުސަތު ދިނުމުންނެވެ. އޭގެ ތެރެއިން 11 ފެތުންތެރިއަކު، މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ޗައިނާގެ ސްވިމިން ސްކޮޑުގައި ވެސް ހިމެނެ އެވެ.

ވޯލްޑް އެކުއަޓިކްސް އިން، 2020 ވަނަ އަހަރުގެ އޮލިމްޕިކްސްއާ ގުޅޭ އެ މައްސަލައިގެ ރިވިއު އެއް ހެދިއިރު، އޭގައި ބަޔާންކޮށްފައިވަނީ، އެ ވަގުތު ހާލަތު ދިމާވި ގޮތުން، އެންޓި-ޑޯޕިން ސިސްޓަމް (މަނާބޭހަށް ޓެސްޓްކުރާ ސިސްޓަމް) މަސައްކަތްކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ.

މިއާ އެކު، ޕެރިސް އޮލިމްޕިކްސްގެ ކުރިން، ޗައިނާގެ އެތުލީޓުން، އަށް ފަހަރު އެންޓި ޑޯޕިން ޓެސްޓް ހަނދާނެ އެވެ. މީގެ އިތުރުން، ޗައިނާގެ އެތުލީޓުންގެ އެންޓި ޑޯޕިން ޓެސްޓްތައް، އެ ގައުމުގެ އެންޓި ޑޯޕިން އެޖެންސީ، ޗައިނާޑާ އިން ނޫން ތާކުން ހަދަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ކާމިޔާބު އޮލިމްޕިއަން، ފެތުންތެރިޔާ، މައިކަލް ފެލްޕްސް އާއި އެމެރިކާގެ އޮލިމްޕިކް ކޮމިޓީން ވަނީ، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން މަނާބޭހުގެ ކަންކަން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އެއާ އެކު، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ ވާޑާ އަށް އިތުބާރު އެބައޮތް ކަމަށާއި ހުރިހާ ފަރާތަކުން ވެސް ވާޑާ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox