އޮލިމްޕިކްސް: ބޯލްޓަށް ފަހު 100 މީޓަރުގެ އާ ޗެމްޕިއަނަކީ ޖޭކޮބްސް

Aug 1, 2021, 6:33 PM
100 މީޓަރު ރޭސް ކާމިޔާބު ކުރުމަށް ފަހު ޖޭކޮބްސް ޓައިމިން ސްކްރީން ކައިރީގައި ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އޭއެފްޕީ

100 މީޓަރު ރޭސް ކާމިޔާބު ކުރުމަށް ފަހު ޖޭކޮބްސް ޓައިމިން ސްކްރީން ކައިރީގައި ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (އޮގަސްޓް 1) - އެންމެ ފަހުން ބޭއްވި ތިން އޮލިމްޕިކްސްގައި ވެސް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ޖެމެއިކާގެ އުސައިން ބޯލްޓަށް ފަހު، މި ފަހަރުގެ އޮލިމްޕިކްސްގެ އެ އިވެންޓް ކާމިޔާބުކޮށް 100 މީޓަރުގެ އާ ޗެމްޕިއަންގެ ޝަރަފް އެމެރިކާ އަށް އުފަަން އިޓަލީގެ ދުވުންތެރިޔާ ލެމޯން މާސެލް ޖޭކޮބްސް ހޯދައިފި އެވެ.

ޖެމެއިކާގެ ސްޕްރިންޓް ލެޖެންޑް ބޯލްޓް ވަނީ 2008 ވަަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސް އާއި 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސް އަދި 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ 100 މީޓަރު އިވެންޓާއި 200 މީޓަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.

މިހާރު ރިޓަޔަކޮށްގެން ހުރި ބޯލްޓަށް ފަހު އޮލިމްޕިކްސްގެ 100 މީޓަރުގެ އިވެންޓް ކާމިޔާބުކުރި ފުރަތަމަ ދުވުންތެރިޔާގެ ޝަރަފް ހޯދި ޖޭކޮބްސް، 26، އިވެންޓް ނިންމީ 9.80 ސިކުންތުންނެވެ. އޭނާ އަށް 100 މީޓަރު އިވެންޓް 10 ސިކުންތަށް ވުރެ އަވަހަށް އެންމެ ފުރަތަމަ ނިންމުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެހެންވެ، މި ކާމިޔާބީ ޖޭކޮބްސް ހޯދުން ވެގެންދިޔައީ ގިނަ ބަޔަކަށް ޝޮކެއް ލިބުނު ކަމަކަށެވެ.

Advertisement

100 މީޓަރު ދުވުމުގެ ގަދަ ތިން ދުވުންތެރިން: (ކ.ވ) ތިން ވަނަ ހޯދި ޑެ ގްރާސޭ، އެއް ވަނަ ހޯދި ޖޭކޮބްސް އަދި ދެ ވަނަ އަށް ދިޔަ ކޭލީ އެ ދުވުންތެރިއަކު ނިސްބަތްވާ ގައުމުގެ ދިދަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ އަށް ދިޔައީ ޖޭކޮބްސް އަށް ވުރެ 0.04 ސިކުންތު ފަހުން ނިންމި އެމެރިކާގެ ފްރެޑް ކޭލީ އެވެ. އޭނާގެ ޓައިމިން އަކީ 9.84 ސިކުންތެވެ. އަދި ލޯ މެޑަލް ހޯދީ ކެނަޑާގެ އަންދްރޭ ޑެ ގްރާސޭ ރޭސް ނިންމީ 9.89 ސިކުންތުންނެވެ.

ޖޭކޮބްސް އަކީ 1992 ވަނަ އަހަރަށް ފަހު އޮލިމްޕިކްސްގެ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދި ޔޫރަޕްގެ ފުރަތަމަ ދުވުންތެރިޔާ އެވެ. އެ ފަހަރު ރަން މެޑަލް ހޯދީ ގްރޭޓް ބްރިޓިއަން އެތުލީޓެއް ކަަމަށްވާ ލިންފޯޑް ކްރިސްޓީ އެވެ. އެންމެ ފަހުން އިޓަލީ އަށް ނިސްބަތްވާ ސްޕްރިންޓަރެއް އޮލިމްޕިކްސް އިން މެޑަލް ހޯދީ 1980 ވަނަ އަހަރު އެވެ. އެ ފަަހަރު 200 މީޓަރު ރޭސް ކާމިޔާބުކުރީ ޕިއެޓްރޯ މެނީއާ އެވެ.

ޔޫރަޕްގެ އިންޑޯ މުބާރާތުގެ 60 މީޓަރު ދުވުން ކާމިޔާބުކުރި ޖޭކޮބްސް ބުނީ އޮލިމްޕިކްސްގެ ރަން މެޑަލެއް ލިބުމަކީ ކެރިއަރުގެ އެންމެ އުހަށް ދެވުން ކަމަށެވެ.

"މިއީ ތާ އަބަދަށް ހަނދާން ހުންނާނެ ވަގުތެއް. މިއީ ވަރަށް ގިނަ މީހުން އެ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމެއް. އަހަރެން މި ކާމިޔާބީ ހޯދަން އެތައް މަސައްކަތެއް ކުރިން. މިއީ އަހަރެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އޮލިމްޕިކްސް އަކުން ރެން މެޑަލެއް ލިބުމަކީ ކެރިއަރުގައި އަބަދު ވެސް ފަހުރުވެރިވެވޭނެ ކަމެއް،" ޖޭކޮބްސް ބުންޏެވެ.

ޖޭކޮބްސް (މ) 100 މީޓަރުގެ ރޭސް ނިންމަނީ.-- ފޮޓޯ: އޭއެފްޕީ

ޖޭކޮބްސް އަކީ މީގެ ކުރިން ހައި ޖަމްޕްގައި ވެސް ވާދަކުރި އެތުލީޓެކެވެ. އަދިވެސް ބައެއް މުބާރާތްތަކުގެ އެ އިވެންޓްގައި އޭނާ ވާދަކުރެ އެވެ. އެކަމަކު، ފަހަކަށް އައިސް އޭނާގެ ރަސްމީ އިވެންޓަކަށް ވެފައިވަނީ 100 މީޓަރު ދުވުމެވެ. އޭނާގެ ކޯޗަކީ އިޓަލީގެ ކުރީގެ މަޝްހޫރު އެތުލީޓް ޕައޮލޯ ކަމޯސީ އެވެ.

މި ފަހަރުގެ 100 މީޓަރުގެ ފައިނަލުގައި އެ އިވެންޓްގައި މި ވަގުުތު އެންމެ މަގުބޫލު ދެ ދުވުންތެރިން ވާދަނުކުރެ އެވެ. އެއީ ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެމެރިކާގެ ކްރިސްޓިއަން ކޯލްމަން އާއި ޒުވާން ސްޕްރިންޓަރު ޓްރޭވަން ބްރޯމެލް އެވެ. އަނެއްކޮޅުން 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޯލްޓް ނުލައި 100 މީޓަރު ރޭސް ކުރިއަށްދިޔައިރު، މިއީ ފައިނަލުގައި މިދިޔަ 20 އަހަރު ތެރޭ ޖެމެއިކާ އެތުލީޓެއް ނެތި އިވެންޓް ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox