އޮލިމްޕިކްސް: ހަތް މެޑަލް ހޯދައި އެމާ ރެކޯޑް ފޮތުން ޖާގަހޯދައިފި

Aug 1, 2021, 5:45 PM
އޮސްޓްރޭލިއާގެ ފެތުންތެރިޔާ އެމާ ރަން މެޑަލް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާގެ ފެތުންތެރިޔާ އެމާ ރަން މެޑަލް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (އޮގަސްޓް 1) - މި ފަހަރުގެ އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްތައް މިއަދު ނިމުނުއިރު، އޮސްޓްރޭލިއާގެ ކުޅަދާނަ އަންހެން ފެތުންތެރިޔާ އެމާ މެކްކިއޯން ހަތް މެޑަލް ހޯދައި ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

އެމާ، 27، އަކީ އޮލިމްޕިކްސްގެ އެއް މުބާރާތެއްގަައި ފެތުމުން ހަތް މެޑަލް ހޯދި ފުރަތަމަ އަންހެން އެތުލީޓެވެ.

މީގެ ކުރިން އޮލިމްޕިކެއްގެ އެއް މުބާރާތުގައި ފެތުމުން ގިނަ މެޑަލް ހޯދުމުގެ ރެކޯޑް އޮތް ފިރިހެން ފެތުންތެރިންނަކީ މައިކަލް ފެލްޕްސް، މާކް ސްޕިޓްޒް އަދި މެޓް ބިއޯންޑީ އެވެ. މީގެ ތެރެއިން ފެލްޕްސް ވަނީ 2004 ވަަނަ އަހަރުގެ އެތަންސް އޮލިމްޕިކްސްގައި ހަ ރަން މެޑަލާއި ދެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި 2008 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސް އިން އަށް ރަން މެޑަލް ހޯދި އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އެމާ ވަނީ ހަތަރު ރަން މެޑަލާއި ތިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

އެމާ މެޑަލް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ރަން މެޑަލް ހޯދި އިވެންޓްތަކަކީ 100 މީޓަރު ފްރީސްޓައިލް، ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ، ހަތަރެއް ގުނަ 100 މެޑްލީ ރިލޭ އިވެންޓާއި 50 މީޓަރު ފްރީ ސްޓައިލް އިންނެވެ. އަދި ލޯ މެޑަލް ހާސިލްކުރީ މިކްސް ހަތަރެއް ގުނަ 100 މެޑްލީ ރިލޭ، 100 މީޓަރު ބަޓަފްލައި، ހަތަރެއް ގުނަ 200 ފްރީސްޓައިލް ރިލޭ އިވެންޓުންނެވެ.

"އަހަރެން މެޑަލް ތާވަލަކަށް ނުބަލަން. ހަގީގަތުގައި މި ހިސާބަށް އަންނަން އަހަރެން ކުރީ ވަރަށް ބުރަ މަސައްކަތް. މި ވަރުގެ ކާމިޔާބެއް ލިބުމުން ވަރަށް ބޮޑަށް ފަހުރުވެރިވޭ. ހަގީގަތުގައި މިއީ އަހަރެން އުއްމީދުކުރި ވަރަށް ވުރެ ބޮޑު ކާމިޔާބެއް،" އެމާ ބުންޏެވެ.

އެހެން ކުޅިވަރަކުން އެއް އޮލިމްޕިކްސްގައި ހަތް މެޑަލް ހާސިލްކުރި ހަމައެކަނި އަންހެން އެތުލީޓަކީ 1952 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ޖިމްނާސްޓިކް އިވެންޓުން މެޑަލްތައް ހޯދި ސޯވިއެޓްގެ އެތުލީޓް މާރިއޯ ގޮރޮހޯވްސްކައީއާ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އެމާ އަށް ފަހު ދެން އެންމެ ރެކޯޑް ރަނގަޅު ފެތުންތެރިއަކީ އެމެރިކާގެ ފިރިހެން ފެތުންތެރިޔާ ކޭލެބް ޑްރެސެލް އެވެ. އުމުރުން 24 އަހަރުގެ ކޭލެބް ވަނީ ފަސް ރަން މެޑަލް ހޯދައިފަ އެވެ. ކޭލެބް ބުނީ މިއީ ކުރިއަށް ހުރި މުބާރާތްތަކަށް ދާއިރު ކޮންފިޑެންސާ އެކު ވާދަކުރަން ލިބުނު ހިތްވަރެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox