އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ސާމާނު ހަދިޔާކުރަނީ

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް: މި މަރުކާގެ ބޯޓަކާއި ހައިޑްރޮގްރަފީ އެކިއުޕްމަންޓު ރާއްޖެއަށް ހަދިޔާކުރަން އޮސްޓްރޭލިއާއިން ވަނީ ނިންމާފަ --- ފޮޓޯ: އޮސްޓަލް

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް: މި މަރުކާގެ ބޯޓަކާއި ހައިޑްރޮގްރަފީ އެކިއުޕްމަންޓު ރާއްޖެއަށް ހަދިޔާކުރަން އޮސްޓްރޭލިއާއިން ވަނީ ނިންމާފަ --- ފޮޓޯ: އޮސްޓަލް

އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.

މިކަން އިއުލާނުކުރީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެއްގައި އެވެ. ރިޗާޑް މިހާރު ހުންނެވީ ރަސްމީ ދަތުރެއްގައި މާލޭގަ އެވެ.

ދެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮސްޓްރޭލިއާއިން ފަރުމާކޮށް އެ ގައުމުގައި ބަންނަ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު، ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރަން ނިންމުމަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

Advertisement

މިއީ ރާއްޖެއިން ދިވެހި ކަނޑުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އަދި އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ކަށަވަރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި، ރާއްޖޭގެ ބޮޑު އިގުތިސޯދީ ސަރަހައްދުގައި ހިނގާ ގައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ދެ ގައުމުން ބުނެފައިވެ އެވެ.

ގާޑިއަން ކްލާސްގެ ބޯޓުތަކަކީ އޮސްޓަލް ޝިޕްސް އިން ބަންނަމުންދާ އެ ގައުމުގެ ކަނޑުގެ ސަލާމަތަށް ބޭނުންކުރާ ކުދި ބޯޓުތަކެކެވެ. ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ މީގެ ބޯޓުތަކެއް ފިޖީ، ޓޮންގާ، ޓިމޯ ލެސޭ ފަދަ ޖަޒީރާ ގައުމުތަކަށް ހަދިޔާކޮށްފަ އެވެ. ދިވެހި އަސްކަރިއްޔާއަށް އައު ބޯޓު ލިބޭނީ އަންނަ އަހަރު އެެވެ.

އޭގެ އިތުރުން އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ މަލްޓި ބީމް އެކޯ ސައުންޑާ އެކެވެ. މިއީ ހައިޑްރޮގްރަފީ ދިރާސާ ކުރުމަށް ބޭނުންކުރާ އާލާތެކެވެ. ދެ ގައުމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެހީއާއެކު ރާއްޖެއިން އަމިއްލައަށް ދިވެހި ކަނޑުތަކުގެ އަޑި މެޕް ކުރުމުގެ ގާބިލުކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ހައިޑްރޮގްރަފީގެ މަސައްކަތް ކުރީ އިންޑިއާގެ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާކޮށް، ޗާޓު ހެދުން ފަދަ މަސައްކަތް ކުރުމަށް އެކުލަވާލި އެ އެއްބަސްވުން އައު ނުކޮށް އުވާލަން މި ސަރުކާރުން ނިންމި އެވެ.

ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމި މައިގަނޑު މަގުސަދަކީ ދިވެހި ކަނޑުފަޅުގެ މައުލޫމާތަކީ "ހަމައެކަނި ދިވެހިންނަށް" އެނގޭ މައުލޫމާތަށް ހެދުން ކަމަށް އޭރު ސަރުކާރުން ބުންޏެވެ. އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަން ކުރުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްއެންޑީއެފުން ނޮވެމްބަރު، 2021، ގައި ހިއްސާކުރި މައުލޫމާތައް ބަލާއިރު، ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން، އެ ސާވޭ ކުރުމަށް އެހީވެދީގެން، އެއްކުރެވޭ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ހަދާ ޗާޓުތައް ބޭރުގެ ފަރާތްތަކުގެ ވިއްކުމުގެ ހުއްދަ އިންޑިއާއަށް ލިބެ އެވެ.

ހައިޑްރޮގްރަފީ ސާމާނު ރާއްޖެއަށް ހަދިޔާ ކުރާނެ ސީދާ ތާރީހެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ. އަންނަ އަހަރު ހަދިޔާކުރާ ބޯޓުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ދެ ގައުމުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox