އޮލިމްޕިކްސް: ފައިސާގެ އިނާމް ބޮޑު ގައުމުތަކުގެ ލިސްޓު

Aug 1, 2021, 7:33 AM
އޮލިމްޕިކްސް އިން މެޑަލެއް ހޯދުމުން އެންމެ ބޮޑު ފައިސާގެ އިނާމެއް ދޭ ގައުމަކީ ސިންގަޕޫރު.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

އޮލިމްޕިކްސް އިން މެޑަލެއް ހޯދުމުން އެންމެ ބޮޑު ފައިސާގެ އިނާމެއް ދޭ ގައުމަކީ ސިންގަޕޫރު.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

ޓޯކިޔޯ (އޮގަސްޓް 1) - ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތުން ރަން ވަނަ ހޯދާ އެތުލީޓުންނަށް އެކި ގައުމުތަކުގައި ބޮޑެތި އަދަދުތަކުން ފައިސާގެ އިނާމް ދެ އެވެ. އެ ގޮތުން އޮލިމްޕިކްސް އިން މެޑަލެއް ހޯދާ އެތުލީޓުންނަށް އެންމެ ބޮޑު ފައިސާގެ އިނާމެއް ދޭން ހުށަހަޅާފައިވާ ގައުމަކީ ސިންގަޕޫރެވެ.

މަޝްހޫރު މީޑިއާއެއް ކަމަށްވާ ސީއެންބީސީ އިން ތައްޔާރުކޮށްފައިވާ އޮލިމްޕިކްސްގެ މާލީ ރިޕޯޓްތަކުގައިވާ ގޮތުން ސިންގަޕޫރުން ރަން މެޑަލަކަށް 737،000 ޑޮލަރު ދެ އެވެ. އަދި ރިހި މެޑަލަކަށް 369،000 ޑޮލަރު ދޭން ނިންމާފައިވާއިރު، ލޯ މެޑަލަކަށް 184،000 ޑޮލަރު ދޭނެ އެވެ.

މެޑަލަށް ފައިސާގެ އިނާމް ދިނުމުގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ކަޒަކްސްތާން އެވެ. ކަޒަކްސްތާނުން ރަން މެޑަލަކަށް 250،000 ޑޮލަރު ދޭއިރު، ރިހި މެޑަލަކަސް ވަނީ 150،000 ޑޮލަރު ދޭން ނިންމައިފަ އެވެ. އަދި ލޯ މެޑަލަކަށް 75000 ޑޮލަރު ދޭނެ އެވެ. އެމެރިކާ އިން ރަން މެޑަލަކަށް ދެނީ 37،500 ޑޮލަރެވެ. އަދި ރިހި މެޑަލަކަށް 22،500 ޑޮލަރު ދޭއިރު، ލޯ މެޑަލަކަށް 15،000 ޑޮލަރު ދޭ ގޮތަށް އޮވެ އެވެ.

Advertisement

މި ފަހަރުގެ އޮލިމްޕިކްސްގައި ފިލިޕީންސް އިން ވަނީ ރަން މެޑަލެއް ހޯދައިފަ އެވެ. މިއީ އެ ގައުމުގެ 97 އަހަރުވީ އޮލިމްޕިކްސް ތާރީހުގައި ހޯދި ފުރަތަމަ ރަން މެޑަލް އެވެ. ފިލިޕީންސަށް މި ތާރީހީ ކާމިޔާބީ ހޯދައިދިނީ ވެއިޓްލިފްޓަރު ހިޑިލީން ޑިއާޒް އެވެ. ފިލިޕީންސް ސަރުކާރުން ޑިއާޒަށް ދޭނީ 200،000 ޑޮލަރެވެ. ފިލިޕީންސް ސަރުކާރާއި ސަރުކާރުގެ ސްޕޯޓްސް ކޮމިޝަންގެ ފަރާތުން ޑިއާޒަށް ލިބޭ އިނާމް ފައިސާ އެއްކޮށްލުމުން ޖުމްލަ އެއްކޮށް 660،000 ޑޮލަރަށް އަރަ އެވެ.

ސީއެންބީސީގެ ލިސްޓުގައިވާ ގޮތުން އޮލިމްޕިކްސް އިން މެޑަލް ހޯދައިފިނަމަ އެންމެ ބޮޑު އިނާމް ފައިސާއެއް ދޭ ލިސްޓުގެ ކުރީގައި ގައުމުތަކަށް ބަލާއިރު، މެލޭޝިއާ، އިޓަލީ، ފިލިޕީންސް، ހަންގޭރީ، ބްރެޒިލް، ޖަޕާން، އެމެރިކާ، ދެކުނު އެފްރިކާ، ކެނަޑާ އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

މި ލިސްޓުގައި ރާއްޖޭގެ ނަން ނެތް ނަމަވެސް ނިސްބަތުން ބަލާއިރު، އޮލިމްޕިކްސްގެ މެޑަލަކަށް ރާއްޖޭން ވެސް ރަނގަޅު ފައިސާގެ އިނާމެއް ދޭ ގޮތަށް އުސޫލުތަކުގައި އޮވެ އެވެ. އެކަމަކު، ރާއްޖެ އަށް އޮލިމްޕިކްސް އިން މިހާތަނަށް މެޑަލެއް ލިބިފައިނުވާތީ، އެ ލިސްޓުގައި ރާއްޖެ ނުހިމެނެނީ ކަމަށް ބެލެވެ އެވެ.

ސީއެންބީސީން އެކުލަވާލާފައިވާ ފައިސާގެ އިނާމްތަކުގެ ތަފްސީލް.-- ފޮޓޯ: ސީއެންބީސީ

ރާއްޖޭން ދެނީ ކިހާ ވަރެއް؟

ބައިނަލްއަގުވާމީ މުބާރާތްތަކުން ރަން ވަނަ ހޯދާ އެތުލީޓުންނަށް ފައިސާގެ އިނާމް ދޭ އުސޫލެއް ރާއްޖޭގައި ވެސް އެކުލަވާލެވިފައި އޮވެ އެވެ. އެންމެ ފުރަަތަމަ އުސޫލެއް އެކުލަވާލީ މިދިޔަ ސަރުކާރުގަ އެވެ. އެއީ 2017 ވަނަ އަހަރުގެ ޖޫން މަސް ތެރޭގަ އެވެ. އޭގެ ފަހުން އިނާމް ފައިސާ ދޭނެ އުސޫލަށް ބަދަލު ގެންނަން މި ސަރުކާރުން މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އަދި މިހާތަނަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވެ އެވެ. މި ސަރުކާރުން ވަނީ އެކި ކުޅިވަރު މުބާރާތްތަކުގައި މެޑަލް ހޯދި އެތުލީޓުންނަށް އިނާމް ފައިސާ ދީފަ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އެންމެ ބޮޑު ކާމިޔާބެއް ހޯދި ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންނަށް ޖުމްލަ 1.1 މިލިއަން ރުފިޔާ ލިބުނެވެ.

އޮލިމްޕިކްސް ފަދަ ބޮޑު ކުޅިވަރު މުބާރާތަކުން ރާއްޖެ އަށް މެޑަލް ލިބިއްޖެނަމަ ދޭ އިނާމް ފައިސާ އަށް އޮތީ މިހާތަނަށް ބަދަލެއް ނުގެނެސް އެވެ. އެ އުސޫލުގައިވާ ގޮތުން އޮލިމްޕިކްސްގެ ޓީމު އިވެންޓް ކުޅިވަރުތަކުގެ ބައިން ރަން މެޑަލް ހޯދައިފިނަމަ ކޮންމެ ކުޅުންތެރިއަކަށް 100،000 ރުފިޔާ ދޭނެ އެވެ. މިއީ ޑޮލަރުން ބަލާނަމަ 6485 ޑޮލަރެވެ. ޓީމު އިވެންޓް ބައިން ރިހި މެޑަލް ހޯދައިފިނަމަ ކޮންމެ ކުޅުންތެރިއަކަށް 75،000 ރުފިޔާ (4863 ޑޮލަރު) ދޭނެ އެވެ. އަދި ޓީމު އިވެންޓެއްގެ ކެޓަގަރީން ލޯ މެޑަލް ލިބިއްޖެނަމަ 50،000 ރުފިޔާ (3242 ޑޮލަރު)، ކޮންމެ ކުޅުންތެރިއަކަށް ލިބޭނެ އެވެ.

އޮލިމްޕިކްސްގެ އިންޑިވިޖުއަލް ކެޓަގަރީގެ ކުޅިވަރުތަކަށް ބަލާއިރު ރަން މެޑަލަކަށް 1،500،000 ރުފިޔާ (97،276 ޑޮލަރު) ލިބެ އެވެ. އިންޑިވިޖުއަލް ބައިން ރިހި މެޑަލަކަށް 1،000،000 ރުފިޔާ (64،850 ޑޮލަރު) ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ލޯ މެޑަލަކަށް ދޭނީ 750،000 ރުފިޔާ (48،638 ޑޮލަރު) އެވެ.

ރާއްޖޭން މިހާތަނަށް އޮލިމްޕިކްސްގައި ވާދަކޮށްފައިވަނީ ކޮލިފައިން ޖާގަތަކުގެ ބަދަލުގައި އެހެން ގޮތްގޮތުން ލިބޭ ފުރުސަތުތަކުގަ އެވެ.

އޮލިމްޕިކްސް އަށް 2.5 ބިލިއަން ޑޮލަރުގެ އިންޝިއުރެންސް ޕެކޭޖެއް

މިދިޔަ އަހަރު ބާއްވަން އެންމެ ފުރަަތަމަ ތާވަލުކުރި އޮލިމްޕިކްސް ކޮވިޑް-19ގެ ސަަބަބުން މި އަހަރަށް ފަސްކުރި އެވެ. މި އަހަރު ވެސް އޮލިމްޕިކްސް ބޭއްވޭނެ ކަމާ މެދު ސުވާލު އުފެދޭ ފަދަ ހާލަތްތަކެއް ދިޔަ އެވެ. ޖަޕާނުގައި ކޮވިޑް-19ގެ ހާލަތު ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ ވަރަށް ގޯސްކޮށެވެ.

އެކަމަކު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްގެން، ސަޕޯޓަރުން ވެސް ނުވައްދައި، ގޭމްސް ކުރިއަށް ގެންދަން ނިންމީ މި އަހަރު ނުބޭއްވިއްޖެނަމަ މާލީ ގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ އިންޝިއުރެންސް ޕެކޭޖްގެ އަގަަކީ 2.5 ބިލިއަން ޑޮލަރެވެ. މި ޕެކޭޖް ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ޓޯކިޔޯ އޮލިމްޕިކް ކޮމިޓީން ކުރާ ހަރަދުތަކުގެ އިންޝިއުރަންސްގެ ގޮތުގައި 1.4 ބިލިއަން ޑޮލަރާއި ބްރޮޑްކާސްޓަރުންނަށް ހާއްސަކޮށްފައިވާ 800 މިލިއަން ޑޮލަރުގެ އިތުރުން ޓީމުތަކާއި ސްޕޮންސަރުން އަދި ހޮސްޕިޓަލިޓީ (އެކޮމަޑޭޝަން) އަށް ހާއްސަކޮށްފައިވާ 300 މިިލިއަން ޑޮލަރެވެ.

ވަކިވަކި އެތުލީޓުންގެ އާމްދަނީ އަށް ބަލާއިރު، އިޝްތިހާރުގެ ޑީލްތަކުގެ ތެރެއިން ގިނަ ކުޅިވަރު ތަރިންނަށް ބޮޑެތި އަދަދުތަކުން އާމްދަނީ ލިބެ އެވެ. އެ ގޮތުން ޖަޕާނުގެ ޓެނިސް ތަރި ނައޯމީ އޮސާކާ އަށް އަހަރެއްގެ މައްޗަށް އިޝްތިހާރުތަކުން އެކަނި 55 މިލިއަން ޑޮލަރު ލިބޭ ކަމަށް ފޯބްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ނައޯމީގެ އިޝްތިހާރު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އޭޝިއާ މާކެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox