ކޮވިޑް 19 ގެ ބަލިމަޑުކަމާއެކު ކިޔަވައި ދިނުމަށް ގެނުވި ބަދަލުގެ ސަބަބުން ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް ނުވަތަ ލެޕްޓޮޕެއް މުހިންމު ވެއްޖެ އެވެ. ނަމަވެސް ބަލެނިވެރިންނަށް އެންމެ ދަތިވާ ކަމަކީ ރަނގަޅު ބްރޭންޑެއްގެ ލެޕްޓޮޕެއް ނުވަތަ ޓެބްލެޓެއް، ވޮރަންޓީއާއެކު އެކަށޭނެ އަގެއްގައި ހޯދުމެވެ.
މި ފަހަރު މެކްސްކޮމް އިން ވަނީ އެކަމަށް ހައްލެއް ދީފަ އެވެ. މެކްސްކޮމްގެ ސްކޫލް ޕްރޮމޯޝަންގައި ލެނޯވޯ އައިޑިޔާޕެޑް 3 އެންމެ 7،900ރ. އަށް ލިބެން އެބަ ހުއްޓެވެ.
ލެޕްޓޮޕްގެ ސްޕެކްސް:
- އިންޓެލް ޕްރޮސެސާ
- 1 ޓީބީ ހާޑްޑިސްކް
- 4 ޖީބީ ރޭމް
"އަޅުގަނޑުމެން މި އޮފާ މި ދެނީ ވަރަށް ރަނގަޅު ގޮތެއްގައި. 1 ޓީބީގެ ހާޑްޑިސްކްގެ ބަދަލުގައި، 256 ޖީބީގެ އެސްއެސްޑީއަކަށް ބަދަލުކުރަން ބޭނުންވާ ނަމަ އެ އޮޕްޝަން ލިބޭނެ. އަދި އެއް އަހަރުގެ ވޮރަންޓީ ލިބޭނެ،" މޮކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ވިދާޅުވި އެވެ.
ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު ޕެންޑްރައިވްއަކާއި މައުސްއެއް ހިލޭ ލިބޭނެ އެވެ.










