ނައޯމީ އަށް އަމިއްލަ ގައުމުގައި ކުޅޭ އޮލިމްޕިކްސްގެ ދަތުރު ނިމިއްޖެ

Jul 27, 2021, 5:13 PM
މެޗުގެ ތެރެއިން ނައޯމީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ތެރެއިން ނައޯމީ.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ޖުލައި 27) - ޓޯކިޔޯ އޮލިމްޕިކްސްގެ ޓެނިސް އިވެންޓުން ޖަޕާނުގެ މަޝްހޫރު ކުޅުންތެރިޔާ ނައޯމީ އޮސާކާ ކަޓައިފި އެވެ.

އޮލިމްޕިކްސްގެ ތިން ވަނަ ބުރުގައި މިއަދު ކުޅުނު މެޗުން ދުނިޔޭގެ 42 ވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންދްރޮސޯވާ އަތުން ނައޯމީ ބަލިވީ ގިނަ ގޯސްތަކެއް ހެދިގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 6-1، 6-4 އިންނެވެ.

މި މެޗުގެ ކުރިން ނައޯމީ ވަނީ ހާޑް ކޯޓުގައި ކުޅުނު 26 މެޗުން 25 މެޗު ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް އުމުރުން 23 އަހަރުގެ ނައޯމީ ބުނީ މި ފަަހަރުގެ އޮލިމްޕިކްސް އަކީ އޭނާ އަށް ވަރަށް ބޮޑު ޕްރެޝަރުތަކެއް އޮތް މުބާރާތެއް ކަމަށާއި އެހެންވެ މެޗުގައި ގިނަ ގޯސްތަކެއް ހެދުނު ކަމަށެވެ.

"ވެދާނެ އަހަރެން މީގެ ކުރިން އޮލިމްޕިކްސް އެއްގައި ކުޅެފައި ނެތި މި ވަރުގެ ބޮޑު ޕްރެޝަރެއް ނަގައިގެން މި މުބާރާތުގައި ކުޅެން ޖެހުނީމަ ވީ ކަމެއް ކަމަށް. މިއީ އަހަރެންގެ ކުޅުން ނުދެއްކި މުބާރާތެއް ނިންމާލަން ޖެހުނު ފަހަރެއް،" މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވި ރަސްމިއްޔާތުގައި ގޭމްސްގެ ދަންމަރު ދިއްލާލި ނައޯމީ ބުންޏެވެ.

ގައުމަށް ކާމިޔާބީ ހޯދައިދިނުމުގެ ޕްރެޝަރުގެ އިތުރުން ނައޯމީ އަށް އިތުރު ގޮންޖެހުމެއް ވެސް އޮތެވެ. މިއީ ފްރެންޗް އޯޕަން މެދުތެރެއިން އެ މުބާރާތުން ވަކިވެ، ވިމްބަލްޑަން ވެސް ނުކުޅެން ނިންމި ފަހުން ނައޯމީ މުބާރާތަކަށް ނުކުތް ފުރަތަމަ ފަހަރެވެ.

ފްރެންޗް އޯޕަން ކުރިން ނައޯމީ ބުނީ އޭނާ އެ މުބާރާތުގައި އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިނުވާނެ ކަމަށާއި އެއީ ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށެވެ. އެއީ މީޑިއާގެ ޕްރެޝަރުތަކާ ހެދި އޭނާ ޑިޕްރެޝަރުގެ ޝިކާރައަކަށް ވަމުންދާތީ އެވެ.

ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަން ނައޯމީ ނިންމި ނިންމުމާ އެއްގޮތަށް އޭނާ އަމަލުކުރަން ފެށުމާ އެކު، ޓެނިހުގެ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން އޭނާ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދިނެވެ. އެކަން އެގޮތަށް ކުރިއަށްދިއުމާ ތަފާތު ފިއްތުންތަކާ ހެދި ނައޯމީ ފްރެންޗް އޯޕަން އިން ވަކިވީ އެވެ. އަދި އޭގެ ފަހުން ބޭއްވި ވިމްބަލްޑަންގައި ވެސް ނުކުޅެ އެވެ.

މިއަދުގެ މެޗަށް ފަހު ނައޯމީ ބުނީ ބްރޭކަކަށް ފަހު އެނބުރި އައިސް ކުޅެވުނު ފޯމާ މެދު ހިތްހަމަޖެހޭ ކަމަށާއި ދެން އޮތް މުބާރާތްތަކުގައި ރަނގަޅަށް ޕާފޯމް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ނައޯމީގެ މައްޗަށް ކުރިހޯދި ވޮންދްރޮސޯވާ ކުއާޓާ ފައިނަލުގައި ނުކުންނާނީ ސްޕެއިނުގެ ޕޯލާ ބަޑޯސާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox