ފްލޯޓިން ގެސްޓްހައުސް: ތިމާވެއްޓާ އެއްކީލި ތަރައްގީއަކީ މިއީ

ފުޅަދޫ ފަޅުތެރޭގައި އަޅަމުން އަންނަ ފްލޯޓިން ގެސްޓްހައުސް: މި ގެސްޓްހައުސްގައި ހުންނަނީ އަށް ކޮޓަރި. -- ފޮޓޯ: ޓްވިޓާ/މުޖޫކޭނީ

ފުޅަދޫ ފަޅުތެރޭގައި އަޅަމުން އަންނަ ފްލޯޓިން ގެސްޓްހައުސް: މި ގެސްޓްހައުސްގައި ހުންނަނީ އަށް ކޮޓަރި. -- ފޮޓޯ: ޓްވިޓާ/މުޖޫކޭނީ

މީގެ ދެތިން ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔައީ ބ. ފުޅަދޫ ފަޅުތެރޭގައި އަޅަމުން އަންނަ ފްލޯޓިން ގެސްޓްހައުސްއެއްގެ ކުޑަ ވީޑިއޯކޮޅެކެވެ. ފުރަތަމަ ވެސް ހިތަށް އެރީ މިއީ ހަމަ އަސްލެއް ބާވަ އެވެ. މަންޒަރުން ފެންނަން ހުރި ކަންކަމުން އެއީ ރާއްޖެކަން ކަށަވަރުވި އެވެ. އެކަން ގަބޫލުކުރަން ދަތިވީ، ފްލޯޓިން ކޮންސެޕްޓްގެ ތަފާތު އެކި ފަރުމާތައް ދިވެހިންނަށް ފެނިފައި ހުއްޓަސް، އޭގެ ތަނެއް ހަމަ ލޮލަށް ފެންނަށް ނެތީމަ އެވެ. އެހެނަސް، މިފަހަރު ފެނުނީ ހަމަ އަސްލެކެވެ. ރާއްޖޭގެ ފުރަތަމަ ފްލޯޓިން ގެސްޓްހައުސް އެވެ.

މި ފްލޯޓިން ގެސްޓްހައުސްއަކީ ރާއްޖޭގައި ކަނޑުފަޅުގެ ދިރާސާ އަދި ކޮންސަލްޓަންސީގެ ހިދުމަތްދޭ ރީފްސްކޭޕާސް ކުންފުނިން ހިންގަމުން އަންނަ ޕައިލެޓް ޕްރޮޖެކްޓެކެވެ. ބޭނުމަކަށްވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލެއް ހޯދައި ދިނުމެވެ. ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމާ އެކު ރާއްޖޭގެ މުސްތަގުބަލާ ވެސް ގުޅިފައިވާ ކަމެއްގައި ތިމާވެއްޓާ ރައްޓެހި ހައްލުތައް ހުރިކަން އަންގައިދިނުމެވެ.

ރީފްސްކޭޕާސްގެ ޕްރޮޖެކްޓާ ގުޅޭގޮތުން އެ ކުންފުނީގެ ފައުންޑަރުން ތޯމަސް ލު ބެއާ އަދި މަރީ ސަލީމް "އަދަދު"އަށް ވިދާޅުވީ، މި ހިޔާލު އުފަންވީ ޗުއްޓީ ހޭދަކުރަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ދެމަފިރިންގެ ސަފާރީގައި ދަތުރުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"އޭރު ވެސް ސަފާރީގައި ކްރޫސް ކުރުމުގެ ބަދަލުގައި ކޮންމެވެސް ތަނެއްގައި ނަގިލި އަޅައިގެން އެތަނެއްގެ ކައިރީގައި އޮންނަ ފަޅުތަކާއި ފަރުތަކަށް ފީނަނީ. ދެން ހިތަށް އެރީ އެއް ތަނެއްގައި އަޅާފަ އޮންނަ ފްލޯޓިން ގެޔެއް މާ ރަނގަޅުވާނެއޭ،" ތޯމަސް ވިދާޅުވި އެވެ.

ރީފްސްކޭޕާސްއިން މި ފްލޯޓިން ގެސްޓްހައުސްގެ މަސައްކަތް ފެށީ މީގެ ހަތަރު އަހަރު ކުރިން ރ. މާކުރަތުގަ އެވެ. އެ ރަށުގައި ކުރި މަސައްކަތްތަކުގެ ތެރޭގައި މިތަނުގެ ފައިބަރު މަސައްކަތާއި އެތެރޭގެ ލަކުޑީގެ މަސައްކަތްތައް ހިމެނެ އެވެ. އެ މަސައްކަތްތައް ނިންމުމަށް ފަހު ފުޅަދޫ ފަޅުތެރެއަށް ގެސްޓްހައުސް ގެންދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މި ގެސްޓްހައުސް ބަހައްޓަން ފުޅަދޫ ފަޅުތެރެ އިހުތިޔާރު ކުރި ސަބަބު އޮޅުންފިލުވައި ދެމުން، ތޯމަސް ވިދާޅުވީ ފުޅަދޫގެ އެ ސަރަހައްދަކީ ރާޅު ނުޖަހާ ސަރަހައްދެއް ކަމަށެވެ. އަދި އެއީ މިކަހަލަ ތަނެއް ބަހައްޓަން އެންމެ އެކަށީގެންވާ ލޮކޭޝަނަކަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ތޯމަސް ފުޅަދޫ އިހުތިޔާރުކުރި އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ އޭނާ އެ ރަށަށް ޖެހިފައި ހުރި ލޯތްބެއްގެ ބޮޑު ކަމެވެ. މީގެ 11 އަހަރު ކުރިން ކުރި ދަތުރެއްގައި ތޯމަސް އާއި މަރީ އެ ރަށަށް ލޯބި ޖެހުނީ ގުދުރަތީ ރީތިކަމާއި ހިތްގައިމު މާހައުލުގެ ތަޖުރިބާއިންނެވެ.

އެކަމަކު ފުޅަދޫއަށް ގެސްޓްހައުސް ގެންދިޔަ ތަނާހެން ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ގެނައި ލޮކްޑައުނާ އެކު، އެ ތަނުގެ މަސައްކަތްތައް ހުއްޓުމަކަށް އައެވެ. އެ ނޫން ނަމަ މިހާރު އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ތޯމަސް ވިދާޅުވި އެވެ. އެހެންވިޔަސް މިހާރު މަސައްކަތްތައް ދާ ސްޕީޑުގައި ކުރިޔަށް މިއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ގެސްޓްހައުސްގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ކޮންސެޕްޓް ބިނާވަނީ ތިމާވެށީގެ ރައްކަލަށް

ރީފްސްކޭޕާސް ފްލޯޓިން ގެސްޓްހައުސްގައި ދެ ފަންގިފިލާ އަދި ސަންޑެކެއް ހިމެނެ އެވެ. ޖުމްލަ 256 އަކަމީޓަރު (2755 އަކަފޫޓު)ގެ މި ގެސްޓްހައުސްގެ ތިރީ ފަންގިފިލާގައި ހުންނަނީ ބަދިގެ އާއި ލިވިން އޭރިއާ އެވެ. ދެވަނަ ފަންގިފިލާގައި ހުންނަނީ އެއް ފަރުމާއެއްގެ އަށް ކޮޓަރި އެވެ. އަދި ގެސްޓްހައުސް އޮޕަރޭޝަނަށް އައުމުން ވޯޓާ ސްޕޯޓްސް، ޑައިވިން އަދި ޓޫރިސްޓުންނަށް ބޭނުންވާ އެހެން ހިދުމަތްތައް ވެސް ލިބޭނެ އެވެ.

މި ފްލޯޓިން ގެސްޓްހައުސް ފެނުން މަތީގައި އޮތުމުގެ އިތުރަށް ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ގެސްޓްހައުސްގެ ހުރިހާ ކަމެއްގައި ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރަން ކޮށްފައިވާ ބުރަ ބޮޑު މަސައްކަތެވެ. ހަރަދު ވެސް ބޮޑު މަސައްކަތެވެ. އެގޮތުން ފަރުމާއިން ފެށިގެން ގޮސް، ފެން ރައްކާ ކުރުމާއި، ކަރަންޓް އުފައްދަން ވެސް ވިސްނާފައި ހުރީ ތިމާވެއްޓާ ރައްޓެހި ހައްލުތަކާއި އީޖާދުތަކެވެ.

ފުރަތަމަ ކަމަކަށް، މި ގެސްޓްހައުސް ނަގިލި ލާފައި އޮންނަނީ އެންމެ ތަނަކަށެވެ. އަދި މުޅި ގެސްޓްހައުސް ވަޔާ އޮޔެވަރާ އެއްގޮތަށް އެނބުރޭނެ އެވެ. ދެން އޮތީ ސަންޑެކަށް ވެހޭ ވާރޭ ފެން ރައްކާ ކުރާ ނިޒާމެވެ. މިއީ ވާރޭ ނުވެހޭ ދުވަސްވަރު ފެނަށް ކުރާ ހަރަދުތައް ކުޑަކުރުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. ގެސްޓްހައުސްއަށް ބޭނުންވާ ކަރަންޓު އުފައްދަން ހަރުކުރަނީ ސޯލާ ޕެނަލެވެ. އަދި އެއްވެސް ކޮޓަރިއެއްގައި އެއާ ކޮންޑިޝަނެއް ހަރު ނުކުރަން ވަނީ ނިންމާފަ އެވެ. އޭގެ ބަދަލުގައި ހަރުކުރަނީ ފަންކާ އެވެ.

މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ވެސް، ތިމާވެއްޓާ ރައްޓެހި ކަންކަން ހިމަނައިގެން ވެސް ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ކަން އަންގައިދިނުމެވެ. ތޯމަސް އާއި މަރީގެ އުއްމީދަކީ މި މަސައްކަތުން އެހެން ބަޔަކަށް މިއީ ވެސް ކުރެވިދާނެ، އަދި ކުރެވޭނެ ކަމެއް ކަން ކަށަވަރުކޮށްދިނުމެވެ.

ބޭނުންވަނީ ތިމާވެއްޓަށް ހޭލުންތެރި ޓޫރިސްޓުން

މި ގެސްޓްހައުސް ހެދި މަގުސަދުތަކުގެ ތެރޭގައި ރީފްސްކޭޕާސްއިން ކުރާ ރިސާޗް މަސައްކަތަށާއި ތިމާވެއްޓާ ރައްޓެހި އީޖާދުތަކަށް ފަންޑިން ހޯދުން ހިމެނެ އެވެ. އަދި ޓޫރިޒަމަށް ވަނުމުގެ ވިސްނުން ވެސް އެއީ އެ މަސައްކަތުގެ ތެރެއިންނެވެ. މިހާތަނަށް މި ޕްރޮޖެކްޓަށް އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ހޭދަކޮށްފައިވާ އިރު، އެއްކޮށް މަސައްކަތް ނިންމާލަން އިތުރު ހަރަދު ހިނގާނެ އެވެ. އެކަމަކު ވެސް މި ފްލޯޓިން ގެސްޓްހައުސްއަކީ ވިޔަފާރި ފައިދާއަށް ވުރެ ބޮޑަށް، މޫސުމަށް އަންނަ ބަދަލުތަކާއެކު ނުރައްކަލަށް ހުށައެޅިފައިވާ ރާއްޖޭގެ ވެއްޓަށް ވިސްނައިގެން ކުރި މަސައްކަތެކެވެ. މުޅި ކޮންސެޕްޓަކީ ރާއްޖެ އާއި ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ ކޮންސެޕްޓެކެވެ.

ފުޅަދޫ ފަޅުތެރޭގައި އަޅަމުން އަންނަ ގެސްޓްހައުސް: މިތަނުގައި ވާރޭ ފެން ރައްކާ ކުރާ ނިޒާމަކާއި އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލް ހުރޭ -- ފޮޓޯ: ޓްވިޓާ/މުޖޫކޭނީ
ފުޅަދޫ ފަޅުތެރޭގައި އަޅަމުން އަންނަ ގެސްޓްހައުސް: މިތަނުގައި ވާރޭ ފެން ރައްކާ ކުރާ ނިޒާމަކާއި އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލް ހުރޭ -- ފޮޓޯ: ޓްވިޓާ/މުޖޫކޭނީ

ފުޅަދޫ ފަޅުތެރޭގައި އަޅަމުން އަންނަ ގެސްޓްހައުސް: މިތަނުގައި ވާރޭ ފެން ރައްކާ ކުރާ ނިޒާމަކާއި އަވިން ހަކަތަ އުފައްދާ ސޯލާ ޕެނަލް ހުރޭ -- ފޮޓޯ: ޓްވިޓާ/މުޖޫކޭނީ

ތޯމަސް އާއި މަރީ ބޭނުންވަނީ، މިތަނަށް އަންނަ ދޭސީންނާއި ބިދޭސީންނަކީ ވެސް ތިމާވެއްޓަށް ލޯބިކުރާ މޫސުމީ ނުރައްކާތަކަށް ލޯހުޅުވިފައި ތިބި ބަޔަކަށް ވުމަށެވެ. ލަގްޒަރީ ޓޫރިޒަމަށް ނުގޮސް އެންވަޔަރަމެންޓަލީ ކޮންޝަސް (ތިމާވެއްޓަށް އަހުލުވެރި) ޓޫރިސްޓުންތަކެއް އައިސް އެތަނުގައި ޗުއްޓީ ހޭދަކުރުމަށެވެ.

"އަހަރަމެން ދެ މީހުންނަކީ ދެ ސައިންސްވެރިން. ކުރާ މަސައްކަތަކީ ވެސް އެއީ. މިއަދު ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ހޫނުވުމުގެ މައްސަލައަކީ. މި ޕައިލެޓް ޕްރޮޖެކްޓުގެ ކޮންސެޕްޓްކީ އެކަންކަމާ ގުޅިގެން އުފެދުނު ކޮންސެޕްޓެއް" ތޯމަސް ވިދާޅުވި އެވެ.

ތޯމަސް އާއި މަރީގެ އުއްމީދަކީ މި ފްލޯޓިން ގެސްޓްހައުސް ތިމާވެއްޓާ އެއްކީލި ތަރައްގީގެ ލާމަސީލު ނަމޫނާއަކަށް ވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox