މިނިވަންވުމުގެ ކުރިން ރާއްޖޭގެ އިގުތިސޯދީ ހާލަތު އޮތީ މިހެން!

މާލެ ބަނދަރު 1962 ގައި: އޭރުވެސް ދިވެހިންގެ މައި ވިޔަފާރި މަރުކަޒަކީ މާލެ. -- ފޮޓޯ: ނެޝަނަލް އާކައިވްސް

މާލެ ބަނދަރު 1962 ގައި: އޭރުވެސް ދިވެހިންގެ މައި ވިޔަފާރި މަރުކަޒަކީ މާލެ. -- ފޮޓޯ: ނެޝަނަލް އާކައިވްސް

މީގެ 57 އަހަރު ކުރިން ރާއްޖެއަކީ މިއަދު މިދެކޭ ރާއްޖެއާ ހާސްބައި ތަފާތު ގައުމެކެވެ. މިހާރާ އެހަރާ ދޭތެރޭގައި ބައި ގަރުނަކާއި އަހަރުތަކެއްގެ ތަފާތު ހުރި ނަމަވެސް، މިހާރުގެ ދިވެއްސަކަށް އޭރު ގައުމުގެ ކަންކަން ރޭވިފައި ހުރި ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ބީރައްޓެއްސެވެ. ދައުލަތުގެ ހިންގުމާއި ގައުމުގެ އިގުތިސޯދާއި އާންމު ދިރިއުޅުމުގެ ކަންކަން ރުކުރުވާލެފައި އޮތީ މުޅިން ތަފާތުކޮށެވެ.

އިގުތިސޯދަށް އެކަނި ބަލާލި ނަމަވެސް، އޭރުގެ އިގުތިސޯދާއި މިހާރުގެ އިގުތިސޯދާ އަޅާވެސް ނުކިޔޭހާ ތަފާތެވެ. މިހާރު ޓޫރިޒަމަށް ބަރޯސާ ވިޔަސް، އޭރު އޮންނަނީ މަސްވެރިކަމެވެ. މިހާރު ޓޫރިސްޓޫން އަތުން ބޭރު ފައިސާ ލިބުނަސް، އޭރު އެ ފައިސާ ލިބެނީ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްގެންނެވެ. މިހާރު އަމިއްލަ ވިޔަފާރިވެރިންނަށް އިގުތިސޯދު ހުޅުވާލާފައި އޮތް ނަމަވެސް، އޭރު ވިޔަފާރީގެ ހުރިހާ ހަރަކާތެއްގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ސަރުކާރުގެ މުށުތެރޭގަ އެވެ.

މިއީ މީގެ 57 އަހަރު ކުރިން، 1964ގައި ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރިން ރާއްޖޭގެ އިގުތިސޯދު އޮތް ހާލަތެވެ.

ދައުލަތުގެ ބަޖެޓު، ހަރަދު އަދި އާމްދަނީ

ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރީ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނީ 20،962،200ރ. އެވެ. އެ އަހަރު ދިވެހި ދައުލަތުގެ ބަޖެޓުގެ ހަރަދަކީ 19،621،200ރ. އެވެ. އެހެންކަމުން އޭރު ދައުލަތުގެ ބަޖެޓަކީ ސާޕްލަސް ބަޖެޓެކެވެ.

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގީ ސަރުކާރުގެ އިދާރީ ކަންކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށެވެ. އެކަމަށް 11،981،100ރ. ހަރަދުކުރި އެވެ. އަދި ގައުމުގެ ދިފާއީ ކަންކަމަށް 2,452,650 ހަރަދު ކުރި އެވެ. ބާކީ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލުތައް އެނގެން ނެތެވެ.

ދައުލަތުގެ އާމްދަނީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރުން ކުރާ ވިޔަފާރިން ލިބޭ އާމްދަނީ އެވެ. އެގޮތުން ވިޔަފާރިކޮށްގެންނާއި ސަރުކާރު ކުންފުނިތަކުގެ ހިއްސާއިން 16،337،400ރ. ލިބުނެވެ. އެހެނިހެން ގޮތްގޮތުން ސަރުކާރަށް 4،462،800ރ. އާމްދަނީ ލިބުނުއިރު އޭގެ ތެރޭގައި ހިމެނެނީ އިމްޕޯޓް އެކްސްޕޯޓު ޑިއުޓީންނާއި، ވަރުވާއަށް ދީފައި ހުރި ރަށްތަކުން ލިބުނު އާމްދަނީގެ އިތުރުން ވިޔަފާރި ލައިސަންސް ފީ އަދި ސްޓޭމްޕް ވިއްކައިގެންނެވެ.

އޭގެ އިތުރުން ބޭރު އެހީގެ ގޮތުގައި ހިމެނެނީ ލަންކާއިން 995،740ރ. އަދި އިނގިރޭސި ސަރުކާރުން ދެމުންދިޔަ ޕައުންޑުގެ އެހީ އެވެ. އަދި އޭރު ދިވެހި ދައުލަތުގެ އެއްވެސް ދަރަންޏެއް ނެތެވެ.

މާލެ އިރުމަތީ ބަނދަރު ސަރަހައްދު 1961 ގައި. -- ފޮޓޯ: ނެޝަނަލް އާކައިވްސް
މާލެ އިރުމަތީ ބަނދަރު ސަރަހައްދު 1961 ގައި. -- ފޮޓޯ: ނެޝަނަލް އާކައިވްސް

މާލެ އިރުމަތީ ބަނދަރު ސަރަހައްދު 1961 ގައި. -- ފޮޓޯ: ނެޝަނަލް އާކައިވްސް

އިމްޕޯޓް، އެކްސްޕޯޓް އަދި ބޭރުގެ ވިޔަފާރި

ރާއްޖޭގެ އިގުތިސޯދު އޭރު ބަރޯސާވަނީ މަސްވެރިކަމަށެވެ. އަދި ދައުލަތަށް ވިޔަފާރިކޮށްގެން ލިބޭ އާމްދަނީގެ ބޮޑު ބައެއް ލިބެނީ މަސްވެރިން ބާނާ މަހާއި މަހުގެ އުފެއްދުންތައް އަވައްޓެރި ލަންކާ (އޭރު ސިލޯން)އަށް ބޭރުކޮށްގެންނެވެ.

އޭރު ރާއްޖޭގެ ހަމައެކަނި ވިޔަފާރީގެ ބައިވެރިއަކީ ލަންކާ އެވެ. އަދި ދިވެހި ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން މި އުފެއްދުންތައް ލަންކާއަށް ބޭރު ކުރަނީ "މޯލްޑިވްސް ފިޝް"ގެ ނަމުގަ އެވެ. އޭރު ވެސް ލަންކާގައި ދިވެހި ކަނޑުމަހުގެ އުފެއްދުންތައް މަގުބޫލެވެ.

އެގޮތުން މަހާއި މަހުގެ އުފެއްދުންތައް ލަންކާއަށް ބޭރުކޮށްގެން އެ އަހަރު ދައުލަތަށް 9،581،000ރ. އާމްދަނީއަށް ލިބުނެވެ. މި މަހުގެ އުފެއްދުންތަކުގެ ތެރޭގައި ގިނައީ ހިއްކި މަހުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ހިކި ކަނޑުމަހާއި، ކަށި ކުނޑިޔާއި، މިޔަރު އުރަހަ ހިމެނެ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ހިކި ކަނޑުމަހަށެވެ. އެހެން ބާވަތްތައް ބޭރުކުރަނީ މަދު އަދަދަކަށެވެ.

ރާއްޖޭން އޭރު އެކްސްޕޯޓް ކުރާ އެހެނިހެން ބާވަތްތަކަކީ ކުފުރާ (ނާށި ވަކިކޮށް ހިއްކާފައި ހުންނަ ކާށި) އާއި ރޯނެވެ. އެކަމަކު މި ބާވަތްތައް ވެސް ބޭރުކުރަނީ ވަރަށް މަދު އަދަދަކަށެވެ. އެގޮތުން އެކްސްޕޯޓް ވިޔަފާރިން އެ އަހަރު ލިބުނު 9،653،000ރ. ގެ ތެރެއިން މި އުފެއްދުންތަކުން ލިބުނު އާމްދަނީގެ ހިއްސާ ހަތަރު ޕަސެންޓަށް ވެސް ނާރަ އެވެ.

މިހާރެކޭ އެއްގޮތަށް އޭރު ވެސް ރާއްޖޭގައި ބޭނުންކުރާ ގިނަ ބާވަތްތަކަކީ ބޭރުން އެތެރެކުރާ ތަކެއްޗެވެ. އެގޮތުން މަހުގެ ބާވަތްތަކާއި، ކާށްޓާއި، ކުކުޅާއި، ކުކުޅު ބިސް އަދި މަދު ވައްތަރެއްގެ މޭވާ އާއި ތަރުކާރީ ފިޔަވައި އެހެން ބާވަތްތައް އެތެރެކުރަނީ ބޭރުންނެވެ. އޭރު މައިގަނޑު ގޮތެއްގައި އެތެރެކުރަނީ ކާޑުގެ ބާވަތްތަކާއި، އަންނައުނާއި، އިންޖީނަށް އަޅާ ތެލެވެ. މި ބާވަތްތައް އެތެރެކުރަން އެ އަހަރު 9،492،000ރ. ހަރަދުވި އެވެ.

މި މުދަލުގެ ތެރެއިން ޒަރޫރީ ކަމަށް ބަލާ ހުރިހާ މުދަލެއް އެތެރެކުރަނީ ސަރުކާރުންނެވެ. އަމިއްލަ ވިޔަފާރިވެރިންނަށް ޒަރޫރީ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް މުދަލެއް ވިއްކެނީ ސަރުކާރުން ހުއްދަ ލިބިގެންނެވެ. އަދި އެކަމަށް ހާއްސަ ލައިސަންސެއް ދޫކުރެ އެވެ. މި ލައިސެންސް ނަގައިގެން މުދާ އެތެރެކުރި ނަމަވެސް، އެއްވެސް ފައިދާއެއް ނުލެވެ އެވެ. އަގުގެ ތެރޭގައި ހިމެނެނީ ހަމައެކަނީ މުދާ ގަންނަން ހިނގި ހަރަދާއި ރާއްޖެއާ ހަމައަށް ގެންނަން ހިނގި ހަރަދު އެކަންޏެވެ. އެ ނޫން މުދަލުގައި ސަރުކާރުން އެއްވެސް ކޮންޓްރޯލެއް ނުގެންގުޅެ އެވެ.

މުދާ ބޭރު ކުރުމަށާއި އެތެރެކުރުމަށް ސަރުކާރުން ބޭނުންކުރަނީ ލަންކާގައި ރަޖިސްޓަރީ ކޮށްފައިވާ މޯލްޑިވިއަން ނެޝަނަލް ޓްރޭޑް ކޯޕަރޭޝަނާއި މާލޭގައި ހުންނަ ބޮޑު ތިން އިސްޓޯރެވެ. އަދި ވިޔަފާރިވެރިންގެ މުދާ ލަންކާއަށް ބޭރުކުރުމާއި، އެންމެ ރަނގަޅު އަގު ހޯދާނީ މި ކުންފުނިތަކުންނެވެ. އެއީ ވިޔަފާރިވެރިން ކުރަން ޖެހޭ ކަމެއް ނޫނެވެ. މި ކުންފުނިތަކުން ލިބޭ ހުރިހާ ފައިދާއެއް ވަންނަނީ ސަރުކާރުގެ އާމްދަނީއަށެވެ.

ދަނބު ގޯޅިގައި ހުންނަ ފިހާރަތައް 1970ގައި. -- ފޮޓޯ: ނޭޝަނަލް އާކައިވްސް
ދަނބު ގޯޅިގައި ހުންނަ ފިހާރަތައް 1970ގައި. -- ފޮޓޯ: ނޭޝަނަލް އާކައިވްސް

ދަނބު ގޯޅިގައި ހުންނަ ފިހާރަތައް 1970ގައި. -- ފޮޓޯ: ނޭޝަނަލް އާކައިވްސް

ދިވެހި ފައިސާ އަގާއި ފައިސާ ރައްކާކުރުމުގެ ނިޒާމު

1964ގައި ދައުރުވަމުން ދިޔަ ދިވެހި ނޫޓުގެ އަގަކީ ގާތްގަނޑަކަށް 18،000،000 ރުފިޔާ އެވެ. އޭރު މި ފައިސާގެ އަގު ހުރީ ލަންކާ ރުޕީސްއާ އެއް އަގެއްގަ އެވެ. އެގޮތުން އެމެރިކާ ޑޮލަރުން 21 ސެންޓަށް ޖެހެނީ ރުފިޔާއެކެވެ. އޭރު ދިވެހި ފައިސާއާ ބެހޭ އެއްވެސް ގާނޫނެއް ނޯވެ އެވެ.

އޭރު ރާއްޖޭގައި އެއްވެސް ބޭންކެއް ނުހުރެ އެވެ. ބޭންކެއްގެ ރޯލު އަދާކުރަމުން ދިޔައީ އިމްޕޯޓް އެކްސްޕޯޓުގެ ބޭނުންތަކަށް ގާއިމްކޮށްފައި ހުރި ކުންފުނިތަކުންނެވެ. ބޭންކުގައި ފައިސާ ރައްކާ ކުރެވެން ނެތުމުން، ގިނަ ދިވެހިން ފައިސާ ރައްކާކުރަނީ ގަހަނާ އަދި ރަނާއި ރިހިންނެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox