ހައްލަކީ މޮނިކޮން އަމުރު!

މީހާގެ ހަރަކާތްތަކަށް ފާރަލުމަށްޓަކައި ފައިގައި ޓެގް އަޅުވާފައިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް. -- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

މީހާގެ ހަރަކާތްތަކަށް ފާރަލުމަށްޓަކައި ފައިގައި ޓެގް އަޅުވާފައިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް. -- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ސައިކަލެއްގައި ބޮމެއް ހަރުކޮށް، މާލޭގެ ކާރޫބާރޫ ބޮޑު މަޖީދީމަގުގައި ބަހައްޓައިގެން ގޮއްވާލީ ހުސްވި މެއި މަހުގެ 6 ވަނަ ދުވަހު އެވެ. ހަމަލާ އަމާޒުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކަމަށް ވިޔަސް އެ މަގުގައި އެ ވަގުތު ތިބި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ކޮބައިކަން އެ ބޮމަށް ނޭނގޭނެކަން ގައިމެވެ. އެހެންވީމާ އެ ހަމަލާ އެ ދެވުނީކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަންޏެއް ނޫނެވެ. އެއީ އާންމުކޮށް ހުރިހާ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނެއް ކަމުގައި ބަލަންޖެހެ އެވެ.

މި ނިރުބަވެރި ހަމަލާ ހިންގީ ދިވެހި ރައްޔިތުންގެ ތެރެއިން ބައެކެވެ. އެބައިމީހުންގެ ބަހުންނަމަ ރާއްޖެއަކީ ކުރުފުގެ ބިމެކެވެ. މިއީ ކާފަރު ދައުލަތެކެވެ. ދިވެހި ދައުލަތުގައި ހުންނަނީ ހަރާމް ފައިސާ އެވެ. އާންމު ދިވެހި މުސްލިމުން ސަރުކާރުގެ ވަޒީފާ އަދާކޮށްގެން ހޯދާ އާމްދަނީއަކީ ނަރަކައިގެ އަލިފާނެވެ. އަހަރުމެންގެ ތެރެއިން އެތައް ބަޔަކީ މަރަންޖެހޭ ބައެއް ކަމަށް އެބައިމީހުން ދެކެ އެވެ. މަރުގެ ހުކުމް ކަނޑައެޅި ލޭ ހަލާލުވެއްޖެކަމަށް ނިންމާލަނީ އަހަރުމެންގެ ބަހެއްވެސް އެކަމުގައި ހޯދުމެއް ނެތި އެވެ. ލޭ ހުއްދަ ކަމަށް ކަނޑައެޅޭ މިހާ މަރާލުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި އެތައް މައުސޫމަކު ގުރުބާން ކުރަން ޖެހުނަސް އެއީ ވެސް ހަމަ އެންމެ ހެޔޮ ކަމެއް ކަމަށް މިބައިމީހުން ދެކެ އެވެ. މިއީ މި ހަމަލާ ދިން މީހުންގެ ވިސްނުން ހުރި ގޮތް ކަމަށް ރަސްމީ އިދާރާތަކުން އޮތީ ނިންމާފަ އެވެ.

މި ބަޔާންކުރެވުނު ކަންކަމަކީ ހަގީގަތްނަމަ، އަހަރުމެންނަށް މި އުޅެވެނީ އަބަދުމެ މަރުގެ ތުންފަތް މަތީގަ އެވެ. ހަލާލޭ ގަބޫލުކޮށްގެން ތިބެ އަހަރުމެން ކުރާ ކަމަކީ މިބައިމީހުންގެ ނަޒަރުގައި މުންކަރާތެއްނަމަ ކަންތަކާ ލައިގަތީ އެވެ. ލޭ ހަލާލުކޮށް މަރުގެ ހުކުމް ކަނޑަނާޅާނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ރަސްމީ އިދާރާތަކުން މި ބުނެފައިވާ ގޮތަށް މި މުޖުތަމައުގައި ބައެއްގެ ވިސްނުން ހުރިނަމަ، އެ ފަދަ ބަޔަކު އަބަދުމެ ބައިތިއްބަން ޖެހޭނީ ތަންފީޒީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. ރާއްޖޭގެ ގާނޫނުތަކުން އެކަމަށް މަގުފަހިކޮށްދީފައި އޮތީ ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށެވެ. އެއީ ދިރިހުރުމުގެ ހައްގާއި، ރައްކާތެރި ކަމުގެ އިހުސާސަކީ މި ރާއްޖޭގެ ގާނޫނުގެ ބާރު ހިނގާ ސަރަހައްދުގައި ދިރިއުޅޭ ހަމަ ކޮންމެ އިންސާނެއްގެ އަސާސީ ހައްގަކަށް ވާތީ އެވެ.

ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ މަސައްކަތުގައި ރާއްޖޭގެ ގާނޫނުތަކުގައި ކުށެއް، އުނިކަމެއް ނެތެވެ. ފުދިގެން އިތުރުވާ ވަރަށް ގާނޫނުން އޮތީ ފުރުސަތުތައް ފަހިކޮށްދީފަ އެވެ.

ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 5 އަދި 6 ވަނަ ބާބު ހުޅުވާލަން ހަގީގަތުގައި އެންމެ ރަނގަޅު ވަގުތަކީ މީގެ ދެ އަހަރު ކުރި އެވެ. އެއީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު އެވެ. އެހެނަސް ވީ ގޮތެއް ވެގެން އެވަގުތު އެކަން ނުވެ އޮތީތީ އެކަމަށް ދެން އޮތް އެންމެ ރަނގަޅު ވަގުތަކީ މިހާރެވެ. އެ ބާބުތަކަށް ބެލީމާ ކުރިމަތިވެފައި މި އޮތް ނުރައްކަލުގެ ގާނޫނީ ހައްލާއި ދާންވީ މަގު ސާފު ވެއެވެ. މި ނުރައްކަލުގެ ހައްލަކީ 'މޮނިކޮން' އަމުރެވެ.

'މޮނިކޮން' އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުން 'މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް' ކޯޓުން ނެރޭ އަމުރެކެވެ.

މޮނިކޮން އަމުރެއް މީހެއްގެ މައްޗަށް ނެރުމަށް އެކަށީގެންވާ ތުހުމަތެއް އޮންނަންޖެހޭކަމަށް ގާނޫނު ބުނެ އެވެ. އެ ގޮތުން އެކަށީގެންވާ ތުހުމަތެއް ކަމަށް ގާނޫނު ގަބޫލުކުރާ ދެ ހާލަތެއް އެ ގާނޫނުގައި ބުނެދީފައި އޮވެ އެވެ. ފުރަތަމަ ހާލަތަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުގައި އަމަލީ ގޮތުން އެ މީހަކު ބައިވެރިވާ ކަމަށް ގަބޫލު ކުރެވުމެވެ. ދެވަނަ ހާލަތަކީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ރާވާކަމަށް ނުވަތަ ހިންގާކަމަށް ނުވަތަ އެކަމަށް މަގުފަހިކޮށްދޭކަމަށް ނުވަތަ އެކަމަށް އެހީތެރިވެދޭ ކަމަށް މިނިސްޓަރަށް ގަބޫލު ކުރެވުމެވެ. މި ގަބޫލުކުރެވުންތައް ބިނާވާންޖެހޭ އަދި ވަޒަން ކުރެވެން ޖެހޭ މިންގަނޑަކީ އެކަންކަން ކޮށްފާނޭކަމަށް "ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ހެކިތަކެއް ނުވަތަ ސަބަބުތަކެއް" ހުރުމެވެ. އެއީ ވަރަށް ލުއި މިންގަނޑެކެވެ.

އެމީހެއް މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް މިނިސްޓަރު އެދޭ މީހާގެ ފުރިހަމަ ވާންޖެހެނީ 2 ޝަރުތެކެވެ. އެއީ އެމީހަކީ ބަންދުކުރެވި ނުވަތަ ހައްޔަރުކުރެވިފައިވާ މީހަކަށް ނުވުމާއި، އެ ގާނޫނުގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހަކަށްވުން ނުވަތަ އެ ގާނޫނުގެ ދަށުން އެމީހެއްގެ މައްޗަށް ތަހުގީގެއް ނުވަތަ ޝަރީއަތެއް ހިނގަމުންދާ މީހެއް ކަމަށް ވުމެވެ. އެންމެ ފަހުގެ ޓެރަރިސްޓު ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހުންނަކީވެސް މި ޝަރުތުތައް ފުރިހަމަވާ ބައެކެވެ.

މޮނިކޮން އަމުރެއް ހޯދުމަށް މިނިސްޓަރު ކޯޓަށް ހުށަހަޅާއިރު އިންޓެލިޖެންސް ރިޕޯޓެއް އޮތުން ނުވަތަ ތުހުމަތު ކުރެވޭ މީހާގެ ކުށުގެ ރެކޯޑެއް އޮތުން ގާނޫނު ލާޒިމުކުރެ އެވެ. ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެންމެންނަކީވެސް އެމީހުންގެ އަމަލުގެ ފަތް ތަންފީޒީ އިދާރާތަކުގައި ހުރި މީހުންނެވެ. އެހެންވީމާ އެ ޝަރުތު ފުރިހަމަ ކުރުމުގައިވެސް އުނދަގުލެއް ނެތެވެ.

މޮނިކޮން އަމުރެއްގެ އާންމު މުއްދަތަކީ 1 އަހަރު ދުވަހެވެ. އެހެންނަމަވެސް އެ މުއްދަތު އިތުރު 1 އަހަރަށް އިތުރުކުރުމަށް ގާނޫނުގައި ހުރަހެއް ނެތެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމަށް ބެލެވޭ މީހަކު މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވިދާނޭ ކަންކަން ގާނޫނުގައި ބުނެފައި އެބަހުއްޓެވެ. ވަކި ތަނެއްގައި ދިރިއުޅުމަށް އެންގުމާއި، ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމާއި، ފައިސާގެ މުއާމަލާތްތައް ބެލުމާއި، މުއާސަލާތީ ވަސީލަތްތައް ބަލައި މޮނިޓަރ ކުރުމަކީވެސް ގާނޫނު ހުއްދަކުރާ ފިޔަވަޅުތަކެވެ. އެމީހަކު އުޅޭ ނޫޅޭތަން ބެލުމަށްޓަކައި ޓެގު އެޅުވުމަކީ ވެސް އޮތް ފުރުސަތެކެވެ.

މޮނިކޮން އަމުރަކާ ހިލާފްވުމުގެ އަދަބަކީ 18 މަސްދުވަހަށް ޖަލަށް ލުމެވެ.

މޮނިކޮން އަމުރެއް ނެރެފައިވާ ކޮންމެ މީހަކުވެސް އިސްލާހުކުރުމަށްޓަކައި ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވުމަށް މިނިސްޓަރަށް އަމުރުކުރެވިދާނެ އެވެ. އެފަދަ މީހަކު އަނބުރާ މުޖުތަމައުއަށް ދޫކުރެވޭނީވެސް އެމީހަކު އިސްލާހުވެއްޖެ ކަމުގެ ކަށަވަރުކަން މިނިސްޓަރަށް ލިބުމުންނެވެ.

މަތީގައި މި ބުނެވުނީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ގާނޫނު ދައްކައިދީފައި އޮތް ކުރު މަގެކެވެ. ގާނޫނުން ފަހިކޮށްދީފައި އޮތް މި ފުރުސަތުގެ ބޭނުން މި ދަނޑިވަޅުގައި ކޮށްފިނަމަ، ކުރިއަށް ރޭވިފައި ހުރި ކިތަންމެ ނުރައްކަލަކުން ސަލާމަތް ވެވޭނެ އެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ކުރާ މަސައްކަތުގައި ގާނޫނުގައި އުނިކަމެއް ނެތެވެ. ގާނޫނުން ލިބިދީފައި އޮތް މި ފުރުސަތުގެ ބޭނުން ތަންފީޒުކުރާން ތިބި ފަރާތްތަކުން ނުހިފާންވީ އެއްވެސް ސަބަބެއް ނެތެވެ. ޓެރަރިޒަމް ހުއްޓުވުމަށްޓަކައި، ތަންފީޒީ އިދާރާތަކަށް މިކަމުގައި އެއްބާރުލުން ނުދޭނޭ ދިވެހި ދަރިއެއް ނުހުންނާނޭކަން ކަށަވަރެވެ. ގާނޫނުން އޮތީ މަގު ދައްކާފަ އެވެ. އެކަމަށް ކުރަންޖެހޭ ހަރަދަކީ ލިބޭން އޮތް ފައިދާއާ ބަލާއިރު ބޮޑު ހަރަދެއް ނޫނެވެ. އޮތީ ތަންފީޒީ ބާރުތަކުން ހިތްވަރާއެކު މިމަގަށް މަސައްކަތް ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox